Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް

ޖުލައި 15ން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކުން ކަނޑު އުޅަނދުފަހަރަށް ޑިޖިޓަލް ލައިސަންސް ލިބޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ

ޤަވާއިދަށް އަމަލުކުރަން ފެށުމުން މިހާރު ދޫކުރާ ލައިސަންސް ފޮތް އުވިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އެޕްރީލު 2023 | އަންގާރަ 18:39
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ޖުލައި 15ން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކުން ކަނޑު އުޅަނދުފަހަރަށް ޑިޖިޓަލް ލައިސަންސް ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ލޯކަލް ނުވަތަ އެތެރޭގައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އާ ބެހޭ އާ ގަވާއިދާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީ އޮފް މޯލްޑިވްސް ގެ އެސިސްޓަންޓް ޑައިރެކްޓަރ ހުސެން ނަޒީރު ވިދާޅުވީ ކަނޑުގައި ދުއްވާ އުޅަނދުތަކަށް ދޫކުރަމުން އަންނަނީ ލައިސަންސް ފޮތެއް ކަމަށާއި ޤަވާއިދަށް އަމަލުކުރަން ފެށުމުން ދޫކުރާނީ ޑިޖިޓަލް ލައިސަންސް ކަމަށެވެ. އަދި އޭގެ ފަހުން ފޮތްތައް އުވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކަނޑުމަތީގައި އުޅޭއިރު ރޭންޖް ނުލިބޭ ހާލަތްތަކުގައި ޑިޖިޓަލް ލައިސަންސް ބަލަން އުނދަގޫވާނެކަން ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ އެފަދަ ފަރާތްތަކަށް ލައިސަންސް ޕްރިންޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ކޮންމެ 10 އަހަރަކުން ލައިސަންސް އައު ކުރަން ޖެހޭ ކަމަށާއި ޤަވާއިދަށް އަމަލުކުރަން ފެށުމުން މިހާރު ދޫކޮށްފައިވާ ލައިސަންސް ކެޓެގަރީތައް ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ޤަވާއިދުގެ ކުށްތައް ކޮށްގެން ލިބޭ އަދަބުތައް ވެސް ތަފްސީލުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުތައް ދުއްވުމަށް މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާ ވާނެއެވެ.

ގަވާއިދުގައި ވާގޮތުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. އަދި މިނިސްޓްރީން ގަބޫލުކުރާ، ރާއްޖެއިން ބޭރުގެ ފަރާތަކުން ދޫކޮށްފައިވާ ލައިސަންސެއްގެ މައްޗަށް ބިނާކޮށް، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމުގެ ވަގުތީ ލައިސަންސް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއަކަށް ދޫކުރެވިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު