Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް

‏މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ކޮމިޓީން ސިޓީ ކައުންސިލާއި ޕްލޭނިންގ މިނިސްޓްރީއާ ބައްދަލުކޮށްފި

މިއީ އިދާރީ ދާއިރާތަކުގެ ގާނޫނާ ޚިލާފަށް އެއްބަސްވުން އުވާލިކަމަށް ބުނެ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ މައްސަލައެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 އެޕްރީލު 2023 | ހޯމަ 17:47
ލާމަރުކަޒީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ލާމަރުކަޒީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ފެށި "މާލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ކުރިއަށް ގެންދަން މާލޭ ސިޓީކައުންސިލާއެކު ހަދާފައިވާ އެއްބަސްވުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނާ ޚިލާފަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ބާތިލުކޮށްފައިވާކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ލާމަރުކަޒީ ކޮމިޓީގެ ސަބް ކޮމިޓީގައި މަޝްވަރާކޮށްފިއެވެ.

ހޯމަ ދުވަހު ކުރިޔަށްދިޔަ ލާމަރުކަޒީ ކޮމިޓީގެ ސަބް ކޮމިޓީގައި މާލޭ ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރ އަހުމަދު ނަރީޝް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓް ކޯޑިނޭޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މިބައްދަލުވުމުގައި ސިޓީ ކައުންސިލުގެ ފަރާތުން ވަނީ މާލޭ ސްޓްރީޓްސް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަންފީޒުކުރުމަށް ހަވާލުކޮށްފައިވާ އެއްބަސްވުން 23 ޖޫން 2022ން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން އަންގާފައިވާކަމަށާއި، އެއީ ކޮން އުސޫލަކުން ކުރިކަމެއްތޯ ކޮމިޓީން ބަލައިދިނުމަށް އެދޭކަމަށެވެ. މާލޭ ސްޓްރީޓްސް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިޔަށްގެންދިޔުމަށް ސިޓީ ކައުންސިލާއި އާރްޑީސީއާއެކު 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ހިނގަމުން އައިސް 2022 ވަނަ އަހަރުގެ މާރޗް މަހު އެ އެއްބަސްވުމަށް 3 ވަނަ އިސްލާހެއް ގެނެސް، ތާރު އަޅަން ބޭނުންވާ މަގުތައް ފާހަގަކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ނަމަވެސް ފަހުން 2022 ވަނަ އަހަރުގެ ޖޫން 23 ވަނަ ދުވަހު އެ އެއްބަސްވުން އުވާލައި، އަމީނީ މަގު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކޮމިޓީގައި ވާހަކަދައްކަމުން ޕްލޭނިންގ މިނިސްޓްރީން ބުނީ، އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ މުޅިން އައު މަޝްރޫއެއްކަމަށެވެ. އަދި މަޝްރޫއުގެ އަގު ބޮޑުވެފައިވަނީ އާ ސްޓޯން ވޯޓަރ މެނޭޖްމަންޓް ސިސްޓަމަކާއި ޕަންޕް ސްޓޭޝަންތައް ގާއިމްކުރެވިގެން، މުޅިން އައު ޑިޒައިނަކަށް އަމީނީ މަގު ތަރައްގީކުރެވިގެންދާތީ ކަމަށެވެ.

މި މައްސަލާގައި ކޮމިޓީން ނިންމާފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު