Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފައިނޭޝިއަލް އެކްސްޕޯ

މޯލްޑިވްސް ފައިނޭޝަލް އެކްސްޕޯ ފަށައިފި

އެކްސްޕޯގައި 30 މާލީ އިދާރާ ބައިވެރިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 6 ޖުލައި 2017 | ބުރާސްފަތި 07:57
އެކްސްޕޯގައި ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފައި

އެކްސްޕޯގައި ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފައި

ގާތްގަނޑަކަށް 30 އެކްޒިބިޓަރުންނާ އެކު މޯލްޑިވްސް ފައިނޭޝަލް އެކްސްޕޯ 2017 ފަށައިފި އެވެ.

މިމަހުގެ 6 އަކުން 8 އަށް ކުރިއަށްދާ މި އެކްސްޕޯގައި ރާއްޖޭގެ މާލީ ގިނަ އިދާރާތަކުން ވަނީ ބައިވެރިވެފަ އެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯގެ މިފަހަރުގެ ތީމް އަކީ " ހައުސިން އެންޑް ފައިނޭންސް" އެވެ.

މޯލްޑިވްސް ފައިނޭޝިއަލް އެކްސްޕޯއަކީ އާންމުންގެ މެދުގައި މާލީ އަދި އިގްތިސާދީ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އާންމުންނާއި މާލީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިކުރުމަށް ބާއްވާ މިފަދަ ދެވަނަ އެކްސްޕޯ އެވެ. މީގެ ކުރިން މި އެކްސްޕޯ ބާއްވާފައި ވަނީ 2015 ވަނަ އަހަރު އެވެ.

މި އެކްސްޕޯގެ ތެރެއިން ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިން ގަތުމަށް ހުރި ފުރުސަތުތަކާއި މާލީ އިދާރާތަކުން އެކަން ކަމަށް ފައިސާ ހޯދޭނެ ގޮތްތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ. މީގެ އިތުރުން މާލީ އިދާރާތަކުން ލިބޭ މައުލޫމާތުތައް ފޯރުކޮށްދިނުމާއި ބައެއް ހިދުމަތްތަކުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެެވެ.

މީގެ އިތުރުން އިގްތިސާދީ މާލީ އިދާރާތަކުން އަލަށް ތައާރަފް ކުރާ ހިދުމަތްތައް އިފްތިތާހު ކުރުން ވެސް މި އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެ އެވެ.

މި އެކްސްޕޯގެ ތެރެއިން އިގްތިސާދާއި މާލީ ކަންކަމާ ބެހޭ ގޮތުން މައުލޫމަތު ދިނުމާއި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އާންމުންނަށް ހުޅޫވާލެވިގެން ތަފާތު ސެމިނާތަކެއް ކުރިއަށްދާނެ އެވެ.

މި އަހަރުގެ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ހިދުމަތްދޭ ހުރިހާ ބޭންކުތަކާއި އިންޝިއުރެންސް ކުންފުނިތަކުގެ އިތުރަށް ހައުސިން ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ އާއި މޯލްޑިވްސް ފެންޝަން އެޑްމިނިސްޓްރޭޝަންގެ ސްޓޯލުތައް ވެސް ހިމެނެ އެވެ.

މި އެކްސްޕޯގައި ބައިވެރިވި ދިވެހި އިންޝިއުރެންސް އިން ބުނީ އެ އެކްސްޕޯގެ ތެރެއިން ދިވެހި އިންޝިއުރަންސްގެ ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ. އަދި ތިން ދުވަހަށް ކުރިއަށްދާ މި އެކްސްޕޯގެ ތެރެއިން ހާއްސަ އިނާމުތަކެއް ހޯދާލުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

" އަންނަ ވިޒިޓަރސް އަށް ފަން ކޮށް އިންޓަރެކްޓިވްކޮށް ކުރިއަށްގެންދިއުމަށް ސްޕިން ވީލް އެކްޓިވިޓީއެއް އިންނާނެ. އޭގެ ތެރެއިން ދިވެހި އިންޝީއުރެންސްއާ ބެހޭ ސުވާލު ކޮށްލާފަ މައުލޫމާތު ދިނުން ވެސް އިންނާނެ. ހަދިޔާ ވެސް ހުންނާނެ. ދެން ގްރޭންޑް ޕްރައިސްގެ ގޮތުގައި ވެސް ވަރަށް ބޮޑު ހަދިޔާއެއް އިންނާނެ. އޭގެ ތެރޭގައި ބާސެލޯސް މޯލްޑިވްސް އިން ހަތަރު ބޭފުޅަށް ޑިނަރއެއް ލިބިގެންދާނެ،" ދިވެހި އިންޑިއުރެންސްގެ މުވައްޒަކު މައުލޫމާތުދިނެވެ.

މީގެ އިތުރުން ފައިނޭޝަލް އެކްސްޕޯގައި މީރާގެ ސްޓޯލެއް ވެސް ވަނީ ބެހެއްޓިފަ އެވެ.

"ޓެކްސްއާ ބެހޭ މައުލޫމާތު ދިނުން ކުރިއަށްދާނީ. މި އެކްސްޕޯގައި މިފަހަރު ބޮޑަށް މި ހާއްސަކޮށްލާފައި ވަނީ ހައުސިންނަށް. އެހެންވީމަ ރާއްޖޭގައި މިހާރު ގެއެއް ގަނެ، އޭގެއިން ވިޔަފާރިކުރާ ފަރާތްތަކަށް ހުންނަ ޓެކްސް ކޮމްޕޮނެންޓްތައް އަންނަނީ ކިހިނެއްތޯ ކިޔާދެވޭނެ،" މީރާގެ މުވައްޒަފަކު ބުންޏެވެ.

މިއަހަރުގެ ފައިނޭޝިއަލް އެކްސްޕޯގައި އާ ހިދުމަތަކެއް ބައެއް ކުންފުނިތަކުން ތައާރަފްކުރުމަށް ހަމަޖެހިފައިވާ އިރު ދިރާގުން ވެސް އެކުންފުނިން އަލަށް ތައާރަފްކުރާ ހިދުމަތަކާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް މި އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

"ދިރާގު ޕޭގެ ހިދުމަތާއި ގުޅޭ ގޮތުން މި އެކްސްޕޯގެ ތެރެއިން މައުލޫމާތު ދެވިގެންދާނެ. އޭގައި ހުރި ފީޗާސްތަކާއި އެކު ޑެމޯއެއް ދައްކާލެވޭނެ. މި ސަރވިސް ވަރަށް އަވަހަށް ކަސްޓަމަރުންނާއި ހަމައަށް އަންނާނެ. ކަސްޓަމަރުންނަށް ވަރަށް ފަސޭހަވެގެންދާނެ،" ދިރާގުގެ މުވައްޒަފަކު މައުލޫމާތު ދިނެވެ.

މި އެކްސްޕޯގައި 30 އަށް ވުރެ ގިނަ މާލީ އިދާރާތައް ބައިވެރިވެފައިވާ އިރު އެކްސްޕޯ ކުރިއަށްދަނީ ދަރުބާރުގޭގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު