Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރިޔަމް އީމާ މުހައްމަދު

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

25 އޯގަސްޓު 2026 | އަންގާރަ 13:49

ވިއެޓްނާމްގައި ކުރިއަށްދާ 73 ވަނަ މިސް ވޯރލްޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ މަރިޔަމް އީމާ މުހައްމަދު، ތިމާވެށީގެ މުހިންމުކަމާ ގުޅޭގޮތުން ދެއްކި ވާހަކަތަކާއެކު އެ ބައްރުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނިއްޖެ. އަމިއްލަ ޖަމިއްޔާއެއްގެ ފަރާތުން ބައިވެރިވި އީމާގެ މި ކާމިޔާބީއަށް ގިނަ ބަޔަކު މަރުހަބާ ކިޔަމުންދާއިރު، މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރު

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 25 އޯގަސްޓު 2026 | އަންގާރަ 13:49
މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ | ސޯޝަލް މީޑިއާ

މިސް ވޯރލްޑްގައި ދިވެހިރާއްޖެ ތަމްސީލު ކުރާ މަރިޔަމް އީމާ މުހައްމަދު، މިސް ވޯރލްޑްގެ "ހެޑް ޓު ހެޑް ޗެލެންޖު" ގެ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ އެވެ. 

ވިއެޓްނާމްގައި ކުރިއަށްދާ 73 ވަނަ މިސް ވޯރލްޑް މުބާރާތުގައި އީމާ އަންނަނީ ދިވެހި ރާއްޖެ ތަމްސީލު ކުރަމުންނެވެ. މިއީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އެއް ރީތީގެ މުބާރާތެވެ. އަދި މިސް ވޯރލްޑްގައި ދިވެހިރާއްޖެ ތަމްސީލް ކުރާ މިއީ ފުރަތަމަ ފަހަރެވެ. 

Advertisement - newsAdvertisement

އޭޝިއާ އަދި އޯޝޭނިއާ ބައްރުން އީމާއާ އެކު ގަދަ ފަހެއްގައި ހިމެނެނީ ކުކް އައިލެންޑްސް، ކޮރެއާ، ފިލިޕީންސް އަދި ވިއެޓްނާމްގެ ބައިވެރިން ކަމަށް މިސް ވޯރލްޑް އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ. 

މި ޗެލެންޖުގެ ގަދަ ފަހަކުން އީމާއަށް ޖާގަ ލިބުނީ އޭނާ ދެއްކި ވާހަކަތަކާއި ހިއްސާކުރި ކަންކަމަށް ބިނާކޮށެވެ. އެގޮތުން އޭނާ ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގެ އިތުރުން ރާއްޖޭގެ ރަށްތަކުގެ މުސްތަގުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި އެވެ. 

އީމަގެ ވާހަކައިގައި، ދިވެހިރާއްޖެއަކީ ކަނޑުގެ ލެވެލްއަށްވުރެ އެވްރެޖްކޮށް އެންމެ 1.5 މީޓަރު އުސްމިނުގައި އޮތް ގައުމަކަށް ވުމާއެކު، ދިވެހިންގެ ދިރިއުޅުން ވަނީ ކަނޑާ ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަށާއި ރާއްޖޭގެ ފަރުތަކަކީ ހަމައެކަނި ރީތި މަންޒަރެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި 2004 ވަނަ އަހަރު ކުރިމަތިވި އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއިން ފަރުތަކަކީ ރަށްތަކުގެ ގޮނޑުދޮށްތަކާއި އާންމު ރައްޔިތުން ހިމާޔަތްކޮށްދޭ މުހިންމު އައްޑަނައެއްކަން ހަނދާންކޮށްދިން ވަރުގަދަ ހާދިސާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.    

އީމާ މިސް ވޯލްޑް މުބާރަތުގައި ބައިވެރިވަނީ އަމިއްލަ ޖަމިއްޔާއެއްގެ ފަރާތުން، ސަރުކާރުގެ ބައިވެރިވުމެއް ނެތި އެވެ. 

އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިފައިވުމުން އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެފަ އެވެ.

މިސް ވޯރލްޑް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
24 މާރިޗު 2017

މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

24 މާރިޗު 2017
މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި
08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
28 ފެބުރުއަރީ 2017

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް  ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް