Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯ

މިފްކޯގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެ، ތިން ބޯޓު ޖުލައި މަހުގެ ތެރޭގައި ގެނެވޭނެ: ސީއީއޯ

10 އެޕްރީލު 2023 | ހޯމަ 07:06

ތިން ބޯޓު މިހާރު ވަނީ ތައިލޭންޑުގައި ޑޮކުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 އެޕްރީލު 2023 | ހޯމަ 07:06
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ

ކުރިއަށް އޮތްތަނުގައި މިފްކޯގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި، ތިން ބޯޓު ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ރާއްޖެއަށް ގެނެވޭ ތިން ބޯޓުތަކުގެ ތެރެއިން އެއް ބޯޓަކީ ގދ.އަތޮޅުގައި ހަރަކާތްތެރިވާނެ ބޯޓެއް ކަމަށެވެ. އެހެންކަމުން ފަރެސްމާތޮޑާ ހިސާބުގައި މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވާ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިސްމާއީލް ފައުޒީ ވިދާޅުވީ ތިން ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ތައިލޭންޑުގައި ޑޮކުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއިން ކޮންމެ ބޯޓެއްގައި ދުވާލަކު 60 ޓަނު މަސް ގަނެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ.

އުތުރާއި ދެކުނުގެ މަސްވެރިންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބޭނެކަން ފާހަގަކުރައްވައި އިސްމާއީލް ވިދާޅުވީ އިހަވަންދޫގައި 100 ޓަނުގެ ބްރައިން ފްރީޒިންގއާއެކު 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރެވޭނެ ކަމަށެވެ. ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާއިރު، ފެސިލިޓީ ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ފައިނޭންސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އިސްމާއީލް ވިދާޅުވީ ކޫއްޑޫގައި ބްރައިން ފްރީޒިންގ އިތުރު ކުރުމުގެ މަސައްކަތް މިހާރު ފަށައި ކުރިއަށްދާ ކަމަށާއި، މެޝަނަރީތަކަށް އޯޑަރ ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބިލްޑިންގެ ސްޓަރަކްޗަރ މަސައްކަތް ނިމުމާއެކު، ޖޫން މަހުގެ ތެރޭގައި މަސައްކަތުގެ ބޮޑު ބައެއް ނިންމޭނެ ކަމަށެވެ. އަދި ވިދާޅުވީ ގދ.ތިނަދޫ، އައްޑޫ، ފެލިވަރު އަދި މ.ފިޝަރީޒް ކޮންޕްލެކްސްއާއެކު ދެހާސް ދުވިސައްތަ ޓަނު ކެޕޭސިޓީ މިފްކޯއަށް އިތުރު ކުރެވިގެންދާނެ ކަމަށެވެ.

އިސްމާއީލް ވިދާޅުވީ ސަރުކާރުން ނިންމާފައި އޮތީ އެންމެ ފުރަތަމަ މަސްވެރިން ގެންނަ މަސް ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުން ކަމަށެވެ. އެހެންކަމުން މިފްކޯ ތަރައްގީ ކުރަމުން ދަނީ އެމަގުން ކަމަށް އޭނާ ވިދާޅުވިއެވެ. އިސްމާއީލް ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ މަހުގެ އަގު ހޯދައި، ޔޫރަޕްގެ މަރކެޓުން ފަހި ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރާ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް