Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބް ގްރީން ސްޓްރީޓްސް

ކުލަބުތަކާމެދު ތަފާތުކުރުންތައް ގެންގުޅޭތީ ގްރީން ސްޓްރީޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި

އެ ކުލަބުން ބުނީ ކުޅިވަރު ވުޒާރާގެ ޒިންމާއަކަށް ވާންވާނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުން ކަމަށާއި، ނަމަވެސް އެފަދަ ނިންމުންތަކުގެ ސަބަބުން ކުޅިވަރަށް ގެއްލުންވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އެޕްރީލު 2023 | ހޯމަ 05:51
އެފްއޭ ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން

އެފްއޭ ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން

ކުލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުގައި ކުޅިވަރު ވުޒާރާ އިން ހަމަހަމަ އުސޫލެއް ނުގެންގުޅޭކަމަށް ބުނެ، ކުލަބް ގްރީން ސްޓްރީޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކުލަބުން އެކަން ހާމަކޮށްފައި ވަނީ ނެރުނު ބަޔާނެއްގަ އެވެ. އެކުލަބުން ކަންބޮޑުވުން ފާާޅުކޮށް ބަޔާނެއް ނެރުނީ، ކުޅިވަރު ވުޒާރާ އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިލިއަނަކަށްވުރެ ގިނަ ފައިސާ މިއަހަރުގެ ތެރޭގައި ދީފައިވާ ކަމަށް ހާމަވެފައި ވަނިކޮށެވެ. ގްރީން ސްޓްރީޓްސް އިން ބުނީ ކުޅިވަރު ވުޒާރާގެ އަމަލާމެދު އެ ކުލަބުން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ. އެ ކުލަބުން ބުނީ ކުޅިވަރު ވުޒާރާގެ ޒިންމާއަކަށް ވާންވާނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުން ކަމަށާއި، ނަމަވެސް އެފަދަ ނިންމުންތަކުގެ ސަބަބުން ކުޅިވަރަށް ގެއްލުންވާނެ ކަމަށެވެ. މީގެ އިތުރުން އެއީ އެހެން ކުލަބުތަކުން ކުރަމުން އަންނަ ބުރަ މަސައްކަތާއި، ޚިދުމަތަށް އެޅޭ ހުރަހެއް ކަމަށެވެ. މީގެ އިތުރުން ގްރީން ސްޓްރީޓްސް އިން ވަނީ ކުޅިވަރު ވުޒާރާގެ ނިންމުން ވަގުތުން ވަގުތަށް މުރާޖާ ކުރުމަށް ވެސް ގޮވާލައިފަ އެވެ. އެއީ ކުލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ވާނީ ހަމަހަމައަށް ކަމަށާއި، އެއްވެސް ކުލަބެއްގެ މެދުގައި ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހާމަވެފައިވާ މައުލޫމާތުތަކުން ފެންނަ ގޮތުގައި ޔޫތު މިނިސްޓްރީން ވަނީ އަހަރުގެ މިހާތަނަށް ތިން ފަހަރެއްގެ މަތިން މާޒިޔާ އަސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެެވެ. އެގޮތުން ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ވަނީ އެ ކުލަބަށް 368،299.60 (ތިން ލައްކަ ފަސްދޮޅަށް އަށް ހާސް ނުވަދިހަ ނުވަ ރުފިޔާ، ފަސް ދޮޅަށް ލާރި) ދީފަ އެވެ. އެއީ އޭއެފްސީ ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ބައިވެރިވުމަށް އިންޑިއާ އަށް ކުރި ދަތުރުގެ ޓިކެޓު ފައިސާ އެވެ. އޭގެ ފަހުން ފެބްރުވަރީ އެއް ވަނަ ދުވަހު ވަނީ 1،000،000 (އެއް މިލިއަން ރުފިޔާ) ދީފަ އެވެ. އެއީ މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދީފައިވާ ފައިސާ އެވެ. އޭގެ ހަ ދުވަސް ފަހުން ފެބްރުވަރީ ހަތް ވަނަ ދުވަހު ވަނީ 247،500.00 (ދެ ލައްކަ ސާޅީސް ހަތް ހާސް ފައްސަތޭކަ ރުފިޔާ) ދީފަ އެވެ. އެއީ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދީފައިވާ ފައިސާ އެވެ. މި ފައިސާތަކުގެ ޖުމުލަ އަކީ 1،615،799.60 (އެއް މިލިއަން ހަ ލައްކަ ފަނަރަ ހާސް ހަތް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ، ފަސް ދޮޅަށް ލާރި) އެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު މަޚްލޫފް ރާއްޖެ އެމްވީ އަށް ވިދާޅުވީ، އެއީ ސަރުކާރުން ޓީމުތަކަށް ދެމުން އަންނަ އެހީތެރިކަމެއް ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިންގެ މުސާރަ ބޮޑު ކަމަށާއި، އިންޑިއާ ކަހަލަ ޤައުމުތަކާ ވާދަކުރަންދާއިރު އެކަމުގައި ސަރުކާރުގެ ސަޕޯޓެއް ވެސް އޮންނަން ވާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ވާހަކަ ވާނީ އެކި ފަހަރު މަތިން ރައްޔިތުންގެ މަޖިލީހުގައި ވެސް އަަދި އެކިއެކި ކުޅިވަރު ޕްރޮގްރާމްތަކުގައި ވެސް ދައްކާފައިވާނެ ކަމަށެވެ. އަދި އެއީ މާޒިޔާ އަށް އެކަނި ކޮށްދެމުން އަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން މީގެ ކުރިން 2020 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބުން އޭއެފްސީ ކަޕްގައި ވާދަކުރިއިރު ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެފަހަރު ޓީސީ އަށް ގާތްގަނޑަކަށް 1.49 މިލިއަނެއްހާ ރުފިޔާ ދީފާއިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

އިލިއާގެ ޕެނަލްޓީއާއެކު ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް

14 އެޕްރީލު 2017
ގްރީން ސްޓްރީޓުގެ ޓްރަޔަލް އަށް ބޮޑު ތަރުހީބެއް

ގްރީން ސްޓްރީޓުގެ ޓްރަޔަލް އަށް ބޮޑު ތަރުހީބެއް

08 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް

ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް

12 މާރިޗު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު