Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ދީނުގެ މަގު

އަނެކާއަށް ދުޢާކޮށްދޭށެވެ.

މީހަކު އެހެން މުސްލިމަކަށް ދުޢާކޮށްދީފިނަމަ، އެ ދުޢާކުރި މީހާގެ މައްޗަށް މަލާއިކަތަކު ހަމަ އެ ދުޢާ ކޮށްދެއްވާ

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2023 | ބުދަ 08:15
މިސްކިތުގައި މީހަކު ނަމާދުކޮށް ދުޢާ ކުރަނީ

މިސްކިތުގައި މީހަކު ނަމާދުކޮށް ދުޢާ ކުރަނީ

ތިބާ ނޫން އަނެކާއަށް ޓަކައި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ، ދުނިޔެއާއި އާޚިރަތުގައި ނުހަނު ގިނަގުނަ ސަވާބާއި ދަރުމަ، ދުޢާކުރާ މީހާއަށް ލިބޭނެ ކަމެކެވެ. ނަބިއްޔާ ﷺގެ އިރުޝާދުން އެނގޭ ގޮތުގައި މީހަކު އެހެން މުސްލިމަކަށް ދުޢާކޮށްދީފިނަމަ، އެ ދުޢާކުރި މީހާގެ މައްޗަށް މަލާއިކަތަކު ހަމަ އެ ދުޢާ ކޮށްދެއްވަތެވެ. މިސާލަކަށް މީހަކަށް ހިދާޔަތް ދެއްކެވުމަށް ދުޢާކޮށްދީފިނަމަ، މަލާއިކަތަކު ތިބާއަށް ހިދާޔަތް ދެއްކެވުމަށް އެދި ދުޢާކުރައްވައެވެ.

މި އުންމަތުގެ ސަލަފުއްޞާލިޙުން އެ ބޭފުޅުންގެ އަމިއްލަ ނަފުސުތަކަށް ދުޢާކުރައްވާ ފަދައިން މި އުންމަތުގެ އެހެން މުސްލިމް އަޚުންނާއި އުޚްތުންނަށް ވެސް ދުޢާކޮށްދެއްވައެވެ. އެގޮތުން އަބްދުއްދަރްދާ ރަޟިޔައްﷲ އަހަދު ފާހަގަކޮށްލެވެއެވެ. އެކަލޭގެފާނު ސަޖިދައިގައި ވަކިވަކީން އެވެނިމިވެނި މުސްލިމެއްގެ ނަން ބަޔާންކޮށް 70 ބޭކަލެއްގެ މައްޗަށް ދުޢާކޮށްދެއްވާ ކަމަށް ވެއެވެ. މިގޮތަށް އަމިއްލަ ނަފްސު ނޫން އެހެން ފަރާތްތަކަށް ހިތްނިޔަތް ޚާލިޞްކޮށް ދުޢާކޮށްދިނުމަކީ މުސްލިމް މުޖުތަމަޢުތަކުން ފެންނާން ޖެހޭ ސިފައެކެވެ. މީހަކަށް ކިނބިއްސެއް އެޅުނަސް އޭނާއަށް ދުޢާކޮށްދިނުން ޝަރުޢުގައި ވަނީ އައިސްފައެވެ. މިފަދަ ކަންކަމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިވެ އެކަކު އަނެކާ މެދު އޮންނަ ކުލުނާއި ލޯބި އިތުރުވާނެ ކަންކަމެވެ.

އެކަކު އަނެކަކަށް ދުޢާކުރުމުގެ ވާހަކައަކީ އެކަން އެގޮތަށް ކުރުމަށް ބުނެލާފައި ދޫކޮށްލާވަރު ކަމެއް ނޫނެވެ. އެކަކު އަނެކަކަށް ދުޢާކޮށްދިނުމަށް އަޅުގަނޑުމެންގެ ދީނުގައި ދަސްކޮށްދެއްވާފައި އެބަހުއްޓެވެ. މިގޮތަށް ކުރާ ބައެއް ދުޢާތައް ދެނެގަންނަމާތޯއެވެ؟ ކޮންމެ ނަމާދެއްގައި ސަލާމް ދިނުމުގެ ކުރިން އަޅުގަނޑުމެންގެ ނަބިއްޔާ ﷺ އަށް ޞަލަވާތްކިޔަމުއެވެ. އެހެނަސް، އެއީ އެ ނަބިއްޔާ ﷺ އަށް ކޮށްދެވޭ ދުޢާއެއްކަން ގިނަ މީހުންނަށް ނޭންގެއެވެ. އެނގުނުކަމުގައި ވިޔަސް، ހަނދާނުގައި ނުހުރެއެވެ. އެހެންކަމުން އެ ވަގުތުގައި ނަބިއްޔާ ﷺ އަށް ދުޢާކޮށްދެނީކަން އެނގި އޭގެ މާނައާ މެދު ރަނގަޅަށް ވިސްނައިގެން މި ދުޢާ ކިޔައިފި މީހަކަށް ނަމާދުގައި ޚުޝޫއަތްތެރިކަން އިތުރަށް ލިބޭނެއެވެ.

ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ފަހު ދެން ދުޢާކޮށްދިނުން އެންމެ ބޮޑަށް ޙައްޤީ އަޅުގަނޑުމެންގެ މައިންބަފައިންނަށެވެ. އެހެންކަމުން އިސްރާއު ސޫރަތުގައިވާ މިދުޢާ ދަސްކުރައްވާށެވެ.

"އަޅުގެ ވެރި ރައްބެވެ. ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީ ދުވަހު، އެ ދެ މީހުން މި އަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް ރަޙުމަތް ލައްވާންދޭވެ."

މައިންބަފައިންނަށް ފަހު އަނބިދަރީންނަށް ދުޢާކޮށްދިނުމަށް ވެސް އަޅުގަނޑުމެން ދަސްކުރަން ޖެހެއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ.

"އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާންދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާންދޭވޭ!"

އިސްލާމްދީނުގައި ކޮންމެ މުސްލިމަކީ ވެސް އިމާންކަމުގެ ސަބަބުން އަޚުންނާއި އުޚުތުންނެވެ. ވީމާ، ހުރިހާ މުސްލިމުންނަށް ވެސް ދުޢާކޮށްދިނުމަށް ވާރިދުވެފައިވާ ދުޢާތައް ދަސްކުރަންވާނެއެވެ. އެންމެ ކުޑަމިނުން ހެޔޮކަމެއް ކޮށްދީފި މީހަކަށް جَزَاكَ ٱللَّٰهُ خَيْرًا މާނައީ: "މާތް ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި!" މިހެން ބުނެލަންވާނެއެވެ. އުންމީދަކީ މި ދިވެހި މުޖުތަމަޢަކީ އެކަކު އަނެކަކަށް ދުޢާކޮށްދޭން އިސްކަންދޭ މުޖުތަމަޢަކަށް ވުމެވެ.

ނޯޓް: "ދީނުގެމަގު" މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު