Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލުބްނާނުގެ ވިޔަފާރިވެރިން

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

މީގެ ކުރިން ކިލޯ ކިރައިގެން ވިއްކި މޭވާއާއި ތަރުކާރީ، މިހާރު ވިއްކަނީ ވަކިވަކިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2023 | އާދީއްތަ 10:42
މި ދުވަސްވަރަކީ މީގެ ކުރިން ދުވަހަކުވެސް ލުބްނާން ތަޖުރިބާކޮށްފައި ނުވާފަދަ މާލީ ކާރިޘާއެއްގައި އެ ގައުމު ޖެހިފައިވާ ދުވަސްވަރެއް

މި ދުވަސްވަރަކީ މީގެ ކުރިން ދުވަހަކުވެސް ލުބްނާން ތަޖުރިބާކޮށްފައި ނުވާފަދަ މާލީ ކާރިޘާއެއްގައި އެ ގައުމު ޖެހިފައިވާ ދުވަސްވަރެއް

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އިސްލާމީ ޤައުމުތަކުގެ ބާޒާރުތަކުގެ އާންމު ހަރަކާތަށް ބޮޑު ބަދަލެއް އަންނަ ދުވަސްވަރެކެވެ. ވަކިން ޚާއްޞަކޮށް، މި އަހަރުގެ ރަމަޟާން މަހަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ތަދުތަކާއި، ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ތަކުލީފު ބޮޑު ވޭންވަރާއެކު، ބާޒާރުކުރާ ފަރާތްތަކަށް ގޮންޖެހުން ބޮޑު މަހަކަށް ވަނީ ވެފައެވެ. އެފަދަ ދަތި ޙާލެއްގައި ރަމަޟާން މަހުގެ ދުވަސްތައް ގުނަމުންދާ އެއް ބަޔަކީ ލުބްނާންގެ މުސްލިމުންނެވެ. ލުބްނާންގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލުނު ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް އުޅެނީ 3 އަކުރުގެ ޢަދަދުތަކުގައެވެ.

ލުބްނާނުގެ ވިޔަފާރިވެރިން ފާހަގަކުރާގޮތުގައި، މި ފަހަރުގެ ރަމަޟާން މަހާ ދިމާވިއިރު ހާލަތު މިވަނީ މުޅިން ބަދަލުވެފައެވެ.

ލުބްނާނުގެ ވެރިރަށް، ބެއިރޫތުގެ އެންމެ ބައިބޯ ބާޒާރުތަކުގެ ތެރެއިން ބާޒަރަކަށް ބަލައިލުމުންވެސް އެކަން ފެނިގެންދެއެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ފުދޭ މިންވަރު ކޮށްލުމަކީވެސް މިއަދު އެތައް ބަޔަކަށް ތަކުލީފެކެވެ. މަސް ވިއްކުމުގެ މަސައްކަތުގައި އުޅޭ، ޢުމުރުން 45 އަހަރުގެ މުޙައްމަދު ކަރްވާން ބުނި ގޮތުގައި؛ މިދިޔަ ހަތަރު، ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ލުބްނާނުގެ ހާލަތު މުޅިން ބަދަލުވެއްޖެއެވެ.

ކާރޫބާރު ބޮޑު، ޞަބްރާއޭ ކިއުނު ބާޒާރުގައި ކަރްވާންގެ އިތުރުން ވިޔަފާރި ހިންގަމުންދިޔަ އެހެން މީހުންވެސް ވަނީ ރައްޔިތުން ވިޔަފާރިކޮށް އުޅޭ އާދަކާދައަށް އައިސްފައިވާ ބަދަލު ފާހަގަކޮށްފައެވެ. މީގެ ކުރިން ކުނީގެގޮތުގައި އުކާލި މަހު ބޯތަކަކީ, ސޫޕު ތައްޔާރު ކުރަން ވިއްކާ ބައިތަކަކަށް ވެއްޖެއެވެ.

މީގެ ކުރިން ކިލޯ ކިރައިގެން ވިއްކި މޭވާއާއި ތަރުކާރީ، މިހާރު ވިއްކަނީ ވަކިވަކިންނެވެ.

މި ދުވަސްވަރަކީ މީގެ ކުރިން ދުވަހަކުވެސް ލުބްނާން ތަޖުރިބާކޮށްފައި ނުވާފަދަ މާލީ ކާރިޘާއެއް އެ ޤައުމަށް ދިމާވެފައިވާ ދުވަސްވަރެކެވެ. ވޯރލްޑް ބޭންކުން ސިފަކޮށްފައިވާގޮތުގައި ލުބްނާނަށް މިއަދު ކުރިމަތިލާންޖެހިފައި ވާ ހީނަރު ކަމަކީ، އަދުގެ ޒަމާނީ ތާރީޚުގައިވެސް ޤައުމެއް ވެއްޓިފައިވާ އެންމެ ބޮޑު، އެންމެ ފުން އަނދަވަޅެވެ.

2019 ވަނަ އަހަރުން ފެށިގެން، އެމެރިކާ ޑޮލަރާ އަޅައިބަލާއިރު، ލުބްނާން ފައިސާގެ އަގު ވަނީ 98 ޕަސެންޓް ދަށަށް ގޮސްފައެވެ. އެއީ އެތައް އަހަރެއްގެ ނުރަނގަޅު އާދަތަކުން ކުރިމަތިވިކުރުވި ކަމެއް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. ޚަރަދަށް ބެލުމެއް ނެތި އިސްރާފު ކުރުމާއި، ކޮރަޕްޝަންގެ އިލްޒާމްތައް އިންތިހާއެވެ. އިޤްތިޞާދެއް ނެތޭވެސް ދެންނެވިދާނެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ މަހެކެވެ. ރަމަޟާން މަހަކީ އުފާވެރިކަމުން ފުރިގެންވާ މައްސަރެކެވެ. ޢާއިލާއާއި ރަޙުމަތްތެރިން އެއްތަންވެ، ރޯދަވީއްލުންތަކާ އެނޫންވެސް މަޖިލީސްތަކުން ސުފުރާމަތި ފަޅުފިލުވާލާ ދުވަސްވަރެކެވެ. ނަމަވެސް، މާލީ ހީނަރުކަމާއެކު، ލުބްނާނުގެ އެތައް ބަޔަކަށް މިއަދު އެ ޘަޤާފަތް ގެއްލިއްޖެއެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އަހަރުން އަހަރަށް ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް އެންމެ ބޮޑަށް މައްޗަށް ދިޔަ ޤައުމަކީވެސް ލުބްނާނެވެ. ލުބްނާނުގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް މިއަހަރު ވަނީ 139 ޕަސެންޓަށް އަރާފައެވެ.

ލުބްނާންގެ ރޯދަވީއްލުންތަކުގައި ޒަމާނުއްސުރެ ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި ކަދުރު، ކުކުޅު އަދި ފައްތޫޝް ސެލަޑް ހިމެނެއެވެ. މިއީ އާދައިގެ ފަތާއި ތަރުކާރީއާއި، ޓޮމާޓޯ އަދި ކިއުކަމްބާއާއި ޕީޓާ ޕާން ބޭނުންކޮށްގެން ތައްޔާރުކުރާ ސެލަޑެކެވެ. މި ބާވަތްތަކުގެ އަގުތައްވެސް ވަނީ އުފުލިފައިވަނީ އޭގެ އިންތިހާއަށެވެ. 2019 ވަނަ އަހަރު މާލީ ހީނަރުކަން ކުރިމަތިވުމުގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު އެތައް ގުނައެއް ބޮޑެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، ސަރުކާރުގެ މުވައްޒަފުންނަށް އަދިވެސް ފައިސާ ދެނީ ލުބްނާންގެ ފައިސާއިންނެވެ. އެހެންކަމުން، ބޭރު ފައިސާ ހޯދުމާއި ވިޔަފާރި ކުރުމުގެ ތަކުލީފުތައް އެހާމެ ބޮޑެވެ.

ލުބްނާނުގެ ތަފާސް ހިސާބުތަކާބެހޭ އެންމެ އިސް އެއް އިދާރާގެ ރެކޯޑްތަކަށް ބަލާއިރު، ލުބްނާންގެ އިންފްލޭޝަން ރޭޓް، 2022 ވަނަ އަހަރު ވަނީ 171.2 ޕަސެންޓަށް އަރާފައެވެ. ލުބްނާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހާލަތަކީ، ސަމާލުވެ ނުތިބެއްޖެނަމަ، ހަމަ ކޮންމެ ޤައުމަކަށްވެސް ކުރިމަތިލާން ޖެހިދާނެ ހާލަތެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ލެބަނަންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު