Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދައުލަތުގެ ޚަރަދު

ފުރަތަމަ 3 މަސް ނިމުނުއިރު ދައުލަތުގެ ޚަރަދު ބޮޑުތަނުން އިތުރު

މާރޗް 30 ގެ ނިޔަލަށް މިއަހަރު 11.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 އެޕްރީލު 2023 | އާދީއްތަ 02:27
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

އަހަރުގެ ފުރަތަމަ 3 މަސް ނިމުނުއިރު ދައުލަތުގެ ޚަރަދު 11 ބިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޚަރަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. މާރޗް 30 ގެ ނިޔަލަށް މިއަހަރު 11.1 ބިލިއަން ރުފިޔާ ޚަރަދުގެ ގޮތުގައި ހިނގާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 9.8 ބިލިއަން ރުފިޔާއެވެ.

މިއަހަރު ހިނގާފައިވާ ޚަރަދުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދުންނެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ. މިއީވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަލާ ބަލާއިރު 1 ބިލިއަން އިތުރު އަދަދެކެވެ. މިގޮތުން މުސާރައާއި ޕެންޝަނަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ޚަރަދުގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ހިލޭ އެހީއާއި ސަބްސިޑީ ދިނުމަށެވެ. މިކަމަށް 2.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިގޮތުން ސަބްސިޑީއަށް 1.2 ބިލިއަން ރުފިޔާ ވަނީ ހިނގާފައެވެ.

ރިކަރަންޓް ޚަރަދުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ހިނގާފައެވެ. މިގޮތުން އިންފްރާސްޓްރަކްޗަރ އެސެޓަށް 2.6 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ.

މީގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 2.69 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 278.4 މިލިއަން ރުފިޔާ ފޮނުވާފައިވާއިރު، 788.9 މިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހޭދަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީސަރުކާރުގެ ޚަރަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު