Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ވެލެންސިޔާ އަކީ ތާރީޚެއް އޮތް ކުލަބެއް، ނަތީޖާ ބުރަވަނީ އީގަލްސް ކޮޅަށް: ސާންތީ

އީގަލްސްގެ ރިޒޭ އާއި ބިދޭސީ ޑިފެންޑަރު މެޗުގައި ފެނުމުގެ ފުރުސަތު ކުޑަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 19:31
ކުލަބް އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

ކުލަބް އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

މިއަހަރުގެ ޕެރްޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ވެލެންސިޔާއާ ދެކޮޅަށް ނިކުންނައިރު އެ ޓީމަކީ މުބާރާތުގެ ތާރީޚެއް އޮތް ޓީމެއް ކަމަށާއި، ނަމަވެސް ނަތީޖާ ބުރަ ވަނީ ކުލަބް އީގަލްސް ކޮޅަށް ކަމަށް އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) ބުނެފިއެވެ.

ވެލެންސިޔާ މެޗުގެ ކުރިން ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސާންތީ ބުނީ، މެޗުގެ ކުރިން ޓީމެއްގެ ގޮތުގައި ރަނގަޅަށް ފަރިތަކޮށްފައި އޮތީވެސް އީގަލްސް ކަމަށެވެ. މެޗަށް ފުރިހަމަ އަށް ތައްޔާރުވީ ނަމަވެސް ސާންތީ ފާހަގަ ކުރި ގޮތުގައި ބޮޑު ޗެލެންޖެއްވެސް އެބައޮތެވެ. އެއީ މިހާރު ވެލެންސިޔާ ގައި ތިބީ ކޮން ކުޅުންތެރިންނެއްކަން ނޭނގުމާއި، އެ ޓީމުން މިހާރު ކުޅޭނެ ވައްޓަފާޅި އެނގިފައި ނެތުމުން ކަމަށެވެ. މެޗުގައި ބަދަލެއް ގެންނާނެ ގޮތްވެސް އިނގޭނީ މެޗުގެ އޮއިވަރު ދާ ގޮތަކަށް ބެލުމަށްފަހުކަން ފާހަގަކޮށް ސާންތީ ބުނީ، ވެލެންސިޔާ އަކީ މިކަހަލަ މުބާރާތްތަކުގައި ތާރީޚެއް އޮތް ބައެއް ކަމަށެވެ. ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަދި އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ނިކުންނައިރު، އީގަލްސްގެ އަމާޒަކީ މެޗު އެއްވެސް ވަރަކަށް ފަސޭހަ ނުކޮށް މެޗުން މޮޅުވުން ކަމަށްވެސް ސާންތީ ބުންޏެވެ.

މީގެ އިތުރުން ސާންތީ ބުނީ ސީޒަން ފެށުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި އީގަލްސްގެ ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާއިރު، ވެލެންސިޔާ އަތުން މޮޅު ނުވެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެކަން ފާހަގަކޮށް ސާންތީ ބުނީ އީގަލްސް އަކީ އަބަދުވެސް ހުރިހާ ކުޅުންތެރިން ކުރާ މަސައްކަތުން ނަތީޖާ ނެރޭ ޓީމެއް ކަމަށާއި، ކުޅުންތެރިން ބުނާގޮތް ހެދުމާއި މަސައްކަތަށް ބަލާއިރު މެޗުން މޮޅުވެވޭނެ ކަމަށެވެ. އޭނާ ބުނީ އީގަލްސް އަށް ގިނަ ފަރިތަކުރުންތަކެއް ކުރެވިފައި އޮތުމުން އެކަމުގެ ފައިދާތަކެއް އޮންނާނެ ކަމަށާއި، ނަމަވެސް ވެލެންސިޔާ މެޗުގައި ކޯޗެއްގެ ހައިސިއްޔަތުން ޗެލެންޖުތަކެއް އޮތް ކަމަށެވެ. އެގޮތުން އީގަލްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަޙުމަދު ރިޒްވާން (ރިޒޭ) ވެލެންސިޔާއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށެވެ. ސަބަބަކީ މިވަގުތު ރިޒޭ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައި ވުމާއި، ސީޒަންގެ ބާކީ އޮތް ބަޔަށް ވިސްނާފައި ރިޒޭ މެޗުގައި ނުފެނުމަކީ ގާތް ކަމެއް ކަމަށް ސާންތީ ބުންޏެވެ. މީގެ އިތުރުން އީގަލްސްގެ ބިދޭސީ ޑިފެންޑަރު ވެސް އެ މެޗުގައި ކުޅެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ސާންތީ ބުނީ ކޮންމެ ގޮތެއްވީ ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗަކީ ވެސް ޕްރެޝަރު ބޮޑު މެޗަކަށް ވާނެ ކަމަށެވެ. އަނެއްކޮޅުން ވެލެންސިޔާގެ އެއްވެސް މައުލޫމާތެއް ނެތި، ކުޅުންތެރިންގެ އެއްވެސް ކަމެއް ދެނެނުގަނެ ކުޅުމަކީ ޕްރެޝަރެއް ކަމަށެވެ. ނަމަވެސް މެޗުގެ ކުރިން އީގަލްސް އިން ކުރި ފަރިތަކުރުމާއި، އީގަލްސްގެ ކުޅުންތެރިންގެ ބުންވަރާއި، މަސައްކަތަށް ބަލާއިރު އެކަންކަން ފަހަތަށް ޖައްސާލެވޭނެ ކަމަށް ވެސް ސާންތީ ވަނީ ބުނެފަ އެވެ.

އީގަލްސް އިން އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިޔާއާ ދެކޮޅަށް ކުޅޭނީ އާދިއްތަ ދުވަހުގެ ރޭ 22:00 ގައެވެ.

ޕްރެޒިޑެންޓްސް ކަޕް 2023ކުލަބު އީގަލްސްއިހުސާން ޢަބްދުލްޣަނީ (ސާންތި)

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު