Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާރިސާތަކަށް އިޖާބަ ދިނުން

ރަށްރަށުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތަކެއް އެކުލަވައިލަނީ

8 އެޕްރީލު 2023 | ހޮނިހިރު 15:59

ރަށުގެ އާބާދީއަކީ 10،000 މީހުންނަށްވުރެ އިތުރުނަމަ، 60 މެންބަރުން ތިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އެޕްރީލު 2023 | ހޮނިހިރު 15:59
އެމްއެންޑީއެފުން މަގުތަކުގެ ފެން ހިއްކަނީ

އެމްއެންޑީއެފުން މަގުތަކުގެ ފެން ހިއްކަނީ

ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތަކާގުޅޭ އުސޫލެއް އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަކީ ދިވެހިރާއްޖެއަކީ ވިލުންވެރި މުޖުތަމަޢެއް ބިނާވެގެންވާ ގައުމަކަށް ހެދުމަށްޓަކައި ކާރިސާގެ ހާލަތުގައި އިޖާބަދިނުމުގެ މަސައްކަތްކޮށް، މީހުންގެ ފުރާނައާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ފެންވަރުގައި ހަރަކާތްތެރިވާނެ ތަމްރީނާއި ހުނަރު ލިބިފައިވާ ގާބިލު ފަރާތްތަކެއް ހިމެނޭގޮތުން، ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތައް އެކުލަވައިލުމަށްޓަކައި، ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ)ގެ ދަށުން ބާރު ލިބިގެން އެކުލަވައިލާފައިވާ އުސޫލެކެވެ.

Advertisement - newsAdvertisement

މި އުސޫލުގެ ދަށުން ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތައް އެކުލަވައިލުމުގެ މަގުސަދުތަކުގެ ތެރޭގައި؛ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކާރިސާތަކަށް އިޖާބަދިނުން އަވަސްކުރުމާއި، ކާރިސާގެ ހިރާސް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ކާރިސާތަކަށް ވިލުންވެރިކަން އިތުރުކުރުމާއި، ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި އާންމު ރައްޔިތުންގެ ހިއްސާ އިތުރުކުރުމުގެ އިތުރުން، ހާލުގައި ޖެހިފައިވާ ފަރާތްތައް އާންމު ހާލަތަށް ރުޖޫއަވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ކާރިސާގެ ކަންކަން ބެލެހެއްޓުން ލާމަރުކަޒީ އުސޫލުން ކުރުމަށް ބާރުއެޅުމެވެ.

ރާއްޖޭގެ ރަށްރަށުގައި ދިމާވާ ކާރިސާތަކަށް އިޖާބަދިނުން އަވަސްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް، ގެދޮރާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމަށްޓަކައި އެކުލަވައިލާ ޓީމުތަކުގައި ހިމެނޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައްވެސް މި އުސޫލުގައި ބަޔާންކުރެއެވެ.

މި އުސޫލުގައި ވާގޮތުން, ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުގައި މެންބަރުން ހިމަނަންވާނީ، އެ ރަށެއްގެ އާބާދީގެ ނިސްބަތުންނެވެ. އެގޮތުން، ޓީމުގައި މަދުވެގެން ހިމަނަންޖެހޭ ފަރާތްތަކުގެ އަދަދުތައް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ރަށު ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމަށް މެންބަރުން ހަމަޖައްސަންވާނީ، 50 އިންސައްތަ އަންހެނުންނާއި 50 އިންސައްތަ ފިރިހެނުން ހިމެނޭ ގޮތަށެވެ.

ސިޓީގެ ލެވެލްގައި ހިނގާ ކާރިސާތަކާއި ހާދިސާތަކުގައި އިމަރޖެންސީ އޮޕަރޭޝަނުގެ އެންމެ އިސްފަރާތަކީ، ސިޓީގެ މޭޔަރެވެ. އަތޮޅު ކައުންސިލެއްނަމަ ނުވަތަ ރަށު ކައުންސިލެއްނަމަ، ކައުންސިލުގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައިނަމަ، ރައީސް ނުވަތަ ނާއިބު ރައީސް ކަނޑައަޅާ ފަރާތެކެވެ.

މި އުސޫލުގައި ރަށު ފެންވަރުގައި އިޖާބަ ދިނުމުގައި ޓީމު ލީޑަރުގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާއި، ރަށު ފެންވަރުގައި އިޖާބަ ދިނުމުގައި ޓީމު މެންބަރުންގެ އާންމު މަސްއޫލިއްޔަތުގެ އިތުރުން, ރަށު ފެންވަރުގައި އިޖާބަދިނުމުގައި ޓީމު މެންބަރުންގެ ޒިންމާތައް ކަނޑައަޅާފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީލޯކަލް ކައުންސިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
10 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި
14 ސެޕްޓެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި

14 ސެޕްޓެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި
21 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!

21 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!
07 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

07 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ
05 އޯގަސްޓު 2025

ކައުންސިލްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތައް ހުއްޓުވާލަން ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

05 އޯގަސްޓު 2025
ކައުންސިލްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތައް ހުއްޓުވާލަން ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި
04 ޖެނުއަރީ 2024

ވިއްސާރައިގައި ގެއްލުންވި 70 ގޭބީސީއަކަށް ހަތަރުލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އެހީ ދެނީ

04 ޖެނުއަރީ 2024
ވިއްސާރައިގައި ގެއްލުންވި 70 ގޭބީސީއަކަށް ހަތަރުލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އެހީ ދެނީ
31 ޑިސެމްބަރު 2023

މާލެ ސިޓީގައި ފެންބޮޑުވެ 140 ގެއަކަށް ގެއްލުންވެ، 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

31 ޑިސެމްބަރު 2023
މާލެ ސިޓީގައި ފެންބޮޑުވެ 140 ގެއަކަށް ގެއްލުންވެ، 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި
29 ޑިސެމްބަރު 2023

ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ފުވައްމުލައް ފެނު އަޑީގައި

29 ޑިސެމްބަރު 2023
ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ފުވައްމުލައް ފެނު އަޑީގައި
05 ޑިސެމްބަރު 2023

އާމްދަނީ ހޯދުމަށް ވަކި އުސޫލެއްގެ މަތިން ފަޅުރަށްތައް ހޯދުމުގެ ފުރުސަތު ކައުންސިލުތަކަށް

05 ޑިސެމްބަރު 2023
އާމްދަނީ ހޯދުމަށް ވަކި އުސޫލެއްގެ މަތިން ފަޅުރަށްތައް ހޯދުމުގެ ފުރުސަތު ކައުންސިލުތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް