Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

ޖިރޫޑާއެކު އޭސީ މިލާނަށް އެއްބަސްވުމަކަށް އާދެވިއްޖެ

އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އެޕްރީލު 2023 | އާދީއްތަ 02:09
ޖިރޫޑް އޭސީ މިލާންގެ ޕްރެކްޓިސްގައި

ޖިރޫޑް އޭސީ މިލާންގެ ޕްރެކްޓިސްގައި

އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑުގެ އެއްބަސްވުން އައު ކުރުމަށް އޭނާއާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އެ ކުލަބުން ހާމަކޮށްފި އެވެ.

އުމުރުން 36 އަހަރުގެ ފޯވާޑް އޭސީ މިލާނަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޗެލްސީ ދޫކޮށް ޖިރޫޑް އޭސީ މިލާނަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ ދުވަސްތަކެއް ކުރިން އޭސީ މިލާނުން ވަނީ ޖިރޫޑާއެކު މަޝްވަރާތައް ވެސް ފަށައިފަ އެވެ. މިލާނުން ކުލަބުގައި ޖިރޫޑް ބަހައްޓަން ބޭނުންވާއިރު، އޭނާ ބޭނުންވަނީ ވެސް އެ ކުލަބުގައި މަޑު ކުރުމަށެވެ.

އެކަމާ ގުޅިގެން އޭސީ މިލާންގެ ޑިރެކްޓަރު މަސާރާ ވިދާޅުވީ، ވަރަށް އަވަހަށް ޖިރޫޑާއެކު އައު އެއްވަސްވުމެއްގައި ސޮއި ކުރެވޭނެކަމުގެ ޔަޤީންކަން މިހާރު ދޭ ކަމަށެވެ. އަދި އެކަމުގައި މަޝްވަރާތައް ކުރެވި ގޮތެއް ނިމިފައިވާ ކަމަށާއި، އެއީ މިހާރު ފައިނަލްވެފައި އޮތް ނިންމުމެއް ކަމަށެވެ. މީގެ އިތުރުން މަސާރާ ވިދާޅުވީ، މިލާނުން ޖިރޫޑަށް އައު އެއްބަސްވުމެއް ދޭން ބޭނުންވީ ވެސް ކުލަބުގައި އޭނާ ދައްކަމުން އަންނަ ކުޅުމާއި، ކުރިއަށް އޮތް ތަނުގައި އޭނާގެ ފަރާތުން ކުލަބަށް ވާނެ ފައިދާތަކަށް ބެލުމަށްފަހު ކަމަށެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޖިރޫޑު މިލާނާއެކު ދެންވެސް ސޮއި ކުރާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ހަފްތާ އިން ފެށިގެން ދެ ފަރާތަށް އެއްބަސްވުމަށް އާދެވިފައިވާއިރު، މިހިނގާ އޭޕްރީލް މަހުގެ ތެރޭގައި އައު އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ.

އޭސީ މިލާނަށް ބަދަލުވެ ޖިރޫޑް ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 74 މެޗުގައި 26 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު 22-2021 ވަނަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ފްރާންސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޖިރޫޑް އަންނަނީ މިހާރު ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރު ޤަތަރުގައި ނިމުނު ވޯލްޑް ކަޕްގައި އޭނާ ވަނީ ފްރާންސްގެ ތިއެރީ އޮންރީ ހަދާފައިވާ ރެކޯޑެއް ވެސް މުގުރާލާފަ އެވެ. އެއީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. ޖިރޫޑް ވަނީ ޤައުމީ ޓީމަށް ކުޅެދިން 122 މެޗުގައި 53 ލަނޑު ޖަހައިފަ އެވެ.

އޭސީ މިލާންއޮލިވިއޭ ޖިރޫ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
28 ޖޫން 2025

ޖިރޫޑް، ފްރާންސްގެ ލީލް އަށް ބަދަލުވަނީ

28 ޖޫން 2025
ޖިރޫޑް، ފްރާންސްގެ ލީލް އަށް ބަދަލުވަނީ
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު