Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރުޓީއެލް ފެރީ ނިޒާމު

މިއަހަރު ނިމުމުގެކުރިން ދެކުނުގެ ތިން އަތޮޅު އާރުޓީއެލް ފެރީ ނިޒާމުން ގުޅާލެވޭނެ: އާޒިމް

އާރުޓީއެލްގެ ދަތުރުތައް ޖުލައި މަހުގެ ތެރޭގައި ހުވަދުއަތޮޅުގައި ފެށުމަށް އަންނަނީ މަސައްކަތްކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އެޕްރީލު 2023 | ހޮނިހިރު 02:20
އާރުޓީއެލް ފެރީ

އާރުޓީއެލް ފެރީ

މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ނިޒާމުން ދެކުނުގެ ތިން އަތޮޅު ގުޅާލެވޭނެކަމަށް އެޚިދުމަތް ދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާރުޓީއެލްގެ ދަތުރުތައް ޖުލައި މަހުގެ ތެރޭގައި ހުވަދުއަތޮޅުގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެގޮތުން "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހުވަދު އަތޮޅަށް ބޭނުންވާ ލޯންޗުތަކުގެ ތެރެއިން ފުރަތަމަ ލޯންޗާ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު އެމްޓީސީސީން ވަނީ ހަވާލުވެފައެވެ. އެ ލޯންޗު ވަނީ ތިލަފުށީ ބޯޓްޔާޑުން މޫދަށް ބާލައިފައެވެ.

Advertisement - newsAdvertisement

އާރުޓީއެލް ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތްކުރަމުންދާއިރު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަހަރު ނިމެންވާއިރަށް ހުވަދު އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ ސިޓީ ފެރީ ނިޒާމުން ގުޅާލެވޭނެކަމަށެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ދޭން ފެށިފައެވެ. މީގެ އިތުރުން ޅ އަތޮޅުގައި ވެސް މި ހިދުމަތްވަނީ ދޭން ފަށާފައެވެ.

މި މަޝްރޫޢުގެ ފޭސް 2 އަދި ފޭސް 3 ގައި 17 އަތޮޅަށް ޚިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.

އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޙިދުމަތް 6 ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޙިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 188 ފެރީ ޓާރމިނަލް ހުންނާނެއެވެ. އަދި މި އުޅަނދުތަކަށް ޙިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމުކުރެވިފައި ހުންނާނެއެވެ.

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުގެ ވަޢުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ.

އާރްޓީއެލް އެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު