Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
"ރަންތާޖު" ޤުރުއާން މުބާރާތް

"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި

މުބާރާތުގެ 1 ވަނައަށް ތިން ލައްކަ ރުފިޔާ، ދެވަނައަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް 75000 ރުފިޔާ ލިބޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2023 | ހުކުރު 17:20
ރަންތާޖު ޤުރުއާން މުބާރާތުގެ 3 ވަނަ އެޕިސޯޑުގެ ތެރެއިން

ރަންތާޖު ޤުރުއާން މުބާރާތުގެ 3 ވަނަ އެޕިސޯޑުގެ ތެރެއިން

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ކަމަށްވާ "ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އޮތް މުބާރާތުގެ ތިން ވަނަ އެޕިސޯޑުގައި، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާ ބައިވެރިންގެ ގޮތުގައި އިއުލާންކޮށްފައި ވަނީ

Advertisement - newsAdvertisement

1) އަބްދުﷲ ތާލިބު، މަރަދޫ

2) އަހުމަދު ސުޖާއު، ހއ. ހޯރަފުށި

3) މުހައްމަދު ސާއީ މުބާރިކް، ނ. ހޮޅުދޫ

4) މަރިޔަމް މާއިސާ އިބްރާހީމް، ރ. ކަނދޮޅުދޫ

5) މުހައްމަދު މުސްތަފާ، ބ. އޭދަފުށި

6) ޔައީޝް މުހައްމަދު ނިޔާޒް، މާލެ

7) މަރިޔަމް އަރީން އީސާ، ކ. ކާށިދޫ

8) މަރިޔަމް ޒަހުވާ އާދިލް، މާލެ

9) ފާތިމަތު ތުގާ ހަލީމް، މާލެ

10) ދަހްލާން މުހައްމަދު ރިޒާ، ށ. ފުނަދޫ

11) އާމިލާ މުހައްމަދު، މ. މުލައް

ރަންތާޖު ޤުރުއާން މުބާރާތުގެ 15 ވަނަ ބައިވެރިއަކަށް ހޮވިފައި ވަނީ އިޖާޒަތު ހަމޫދާ އަބްދުﷲ، ޅ. ނައިފަރެވެ. އަދި ރަންތާޖު ޤުރުއާން މުބާރާތުގެ 14 ވަނަ އާސިމާ އާދަމް، ދ. ކުޑަހުވަދޫ ހާސިލްކުރިއިރު، މުބާރާތުގެ 13 ވަނަ ހާސިލްކޮށްފައި ވަނީ ލިޔޫޝާ ހަސަން، ފ. ނިލަންދޫއެވެ. މީގެ އިތުރުން މުބާރާތުގެ 12 ވަނަ ހާސިލްކޮށްފައި ވަނީ އާއިޝަތު ޝަރުފާ، ހއ.ހޯރަފުށިއެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ މި ވަނަތައް ހާސިލްކުރި ބައިވެރިންނަށް މެކްސްކޮމް ޓެކްނޮލޮޖީސް، ބެސްޓް ބައި މޯލްޑިވްސް، އަދި ޕޮއިސް ޕަރފިއުމްސްގެ ފަރާތުން ވަނީ އިނާމު ހުށަހަޅާފައެވެ.

ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ގެނެސްދޭ މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތެވެ. ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފަނޑިޔާރުންނަކީ އަލްގާރީ އިބްރާހީމް ޝިފާއުއާއި އަލްގާރީ މުހައްމަދު ތައުފީގާއި އަލްގާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ.

6 އެޕިސޯޑަށް ކުރިއަށް މި މުބާރާތަކީ އަގުހުރި އިނާމުތަކަކާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.

ރަންތާޖު 1444ރާއްޖެއެމްވީރަންތާޖު ޤުރުއާން މުބާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ މިއަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ނަޖާހް، އުއްމީދީ މުވައްޒަފަކަށް އަލާއު

ރާއްޖެޓީވީގެ މިއަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ނަޖާހް، އުއްމީދީ މުވައްޒަފަކަށް އަލާއު

21 ޑިސެމްބަރު 2023
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ހަތަރު ބައިވެރިން ވަކިވާނެ

ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ހަތަރު ބައިވެރިން ވަކިވާނެ

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް

ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް

26 މާރިޗު 2023
ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"

ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"

26 މާރިޗު 2023

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު