Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ސިއްހަތު ދުވަސް

މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

7 އެޕްރީލު 2023 | ހުކުރު 07:47

75 އަހަރުން ގިނަ ބަލިތަކެއް ނައްތާލައިފި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 އެޕްރީލު 2023 | ހުކުރު 07:47
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

މި ހިނގާ 2023 ވަނަ އަހަރުތެރޭގައި ރާއްޖެއިން ރުބެއްލާ ފޮހެލަން މަސައްކަތްކުރުމަށް އަމާޒު ހިފައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ދެއްވި ޚިޠާބުގައެވެ.

Advertisement - newsAdvertisement

މި ދުވަހަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނީ "ހެލްތް ފޮރ އޯލް" ނުވަތަ އެންމެންނަށް ސިއްހަތު މި ޝިއާރެވެ. މިނިސްޓަރުގެ ޚިޠާބުގައި ވިދާޅުވީ މި ޝިއާރާ ގުޅޭ ސިޔާސަތު މިވަގުތު އެންމެ ބާރަށް ތަންފީޒުކުރާ އެއް ގައުމަށް ރާއްޖެ ވާނެ ކަމަށެވެ. ސަރަހައްދުތަކަކަށް ބަހާލައިގެން ޓަރޝަރީ އަމާޒުގައި "ހެލްތް ފޮރ އޯލް" ޓަރގެޓުގައި ރާއްޖެއިން ދަނީ ކުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި 75 އަހަރަކީ ބޮޑެތި ބަލިތަކާއި، ތަކުލީފުތަކަށް ނިމުން ގެނުވި 75 އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކަށިވިދުރިއާ، ލެޕްރަސީއާ ފައިލޭރިއާ އާއި މެލޭރިއާ ފަދަ ބަލިތަކަކީ އިންސާނިއްޔަތުގެ ބޮޑު ބިރުކަމަށާއި، އެހާލަތުން މިހާރު އަރައިގަނެވިފައިވުމަކީ ފާއިތުވި 75 އަހަރުގެ ކާމިޔާބީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސިއްހީ ގޮތުން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ހޯދި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކަމާ ގުޅޭ އދ. ގެ ހުރިހާ ޖަމިއްޔާތަކާއެކު މަސައްކަތްކޮށްފައިވާކަމަށާއި، އަދި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ކަންކަމުގައި ޝާމިލުވެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތަކުގެ ކާމިޔާބީ މިއަދު ފެންނަމުންދާކަމަށެވެ. ބޮޑެތި ބައެއް ބަލިތަށް ނައްތާލެވި، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާކަމަށާއި، މެލޭރިއާ އާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިންގެ ކަވަރޭޖް ހޯދައިދެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އަދިވެސް ހައްލު ހޯދަންޖެހޭ ކަންކަން އެބަހުރި ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. މިގޮތުން މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން މަސައްކަތްކުރުމާއި، 2025 ގެ ނިޔަލަށް ދިވެހިރާއްޖެއިން ޓީބީ ނައްތާލުމާއި، ލެޕްރަސީ ވެސް މުޅިން ފޮހެލަންޖެހޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއިން ކުރި މަސައްކަތްތަކާ ހޯދި ކާމިޔާބީތަކަށް މިނިސްޓަރ ވަނީ އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން ޕްރައިމަރީ ހެލްތްކެއަރ ނިޒާމަށް ހިޖުރަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ލިބޭ ނަތީޖާ ބަދަލުވާ ކަމެއް ކަމަށާއި، ކުރިން އޮތް ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާރގެ ނިޒާމް ބަލިކަށިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ދިގު މުއްދަތުގެ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކާ އާދަތައް ބަހައްޓަންވާ ގޮތާމެދު ސަމާލުވާން ޖެހޭ ކަމަށެވެ. ކިއުރޭޓިވްކެއާރ އަށްވުރެ ޕްރެވެންޓިވް ކެއާރ އަށް ބަރޯސާ ވާން އެބަޖެހޭކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސްހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްސިއްހީ ދާއިރާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

28 ނޮވެމްބަރު 2025
ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ
11 ނޮވެމްބަރު 2025

ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް

11 ނޮވެމްބަރު 2025
ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް
16 އޮކްޓޯބަރު 2025

ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ

16 އޮކްޓޯބަރު 2025
ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ
26 ސެޕްޓެމްބަރު 2025

ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ރައީސް މުއިއްޒުގެ ވައުދުތައް ތަކުރާރު ކުރައްވައިފި

26 ސެޕްޓެމްބަރު 2025
ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ރައީސް މުއިއްޒުގެ ވައުދުތައް ތަކުރާރު ކުރައްވައިފި
17 ޖުލައި 2025

ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ

17 ޖުލައި 2025
ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ
11 ޖުލައި 2025

ސިއްހީ ދާއިރާ ކުރި އެރުވުމާއި ގިނަ ދިރާސާތަކެއް ހައްދަވާފައިވާ ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވެއްޖެ

11 ޖުލައި 2025
ސިއްހީ ދާއިރާ ކުރި އެރުވުމާއި ގިނަ ދިރާސާތަކެއް ހައްދަވާފައިވާ ޑރ. އިބްރާހިމް މުޞްޠަފާ އަވަހާރަވެއްޖެ
07 އެޕްރީލު 2024

ދުނިޔޭގެ ސިއްޙަތުގެ ދުވަހުގެ މި އަހަރުގެ ޝިއާރު: "އަހަރެންގެ ޞިއްޙަތު-އަހަރެންގެ ޙައްޤު"

07 އެޕްރީލު 2024
ދުނިޔޭގެ ސިއްޙަތުގެ ދުވަހުގެ މި އަހަރުގެ ޝިއާރު: "އަހަރެންގެ ޞިއްޙަތު-އަހަރެންގެ ޙައްޤު"
25 އޮކްޓޯބަރު 2023

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

25 އޮކްޓޯބަރު 2023
ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!
07 އެޕްރީލު 2023

އާންމުން ސިއްހަތާމެދު ހޭލުންތެރިވަނީ ކިހާ މިންވަރަކަށް؟

07 އެޕްރީލު 2023
އާންމުން ސިއްހަތާމެދު ހޭލުންތެރިވަނީ ކިހާ މިންވަރަކަށް؟
07 އެޕްރީލު 2023

ވިހަ މާއްދާތަކުން ދުރުވެ، ފައިދާހުރި ކާނާއާ ގާތްވުން މުހިންމު: ރައީސް

07 އެޕްރީލު 2023
ވިހަ މާއްދާތަކުން ދުރުވެ، ފައިދާހުރި ކާނާއާ ގާތްވުން މުހިންމު: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް