Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ޚިދުމަތުގެ ފެންވަރު

ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ : ރައީސް

7 އެޕްރީލު 2025 | ހޯމަ 06:30

ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 އެޕްރީލު 2025 | ހޯމަ 06:30
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން ފޮނުއްވި ޚާއްސަ މެސެޖުގައެވެ.

Advertisement - newsAdvertisement

އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް ހިއްސާކުރައްވާފައިވާ މި މެސެޖުގައި ވިދާޅުވެފައި ވަނީ ސަރުކާރުން މައިންނާއި ކުޑަކުދިންގެ ޞިއްޙަތު ރަނގަޅުކުރުމަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، މިއަހަރުގެ ތީމް "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރޒް" ކަށަވަރުކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޕްރައިމަރީ ހެލްތު ކެއަރ، ޔުނިވަރސަލް ހެލްތު ކަވަރޭޖްގެ އަލީގައި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ. އެކަމުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ކަށަވަރުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެވެ.

ރައިސް ވަނީ ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެކުވެރި ދައުލަތްތައް ފަދަ އިދާރާތަކާއި ޖަމުޢިއްޔާ، ޖަމާޢަތްތަކާއި ވަކިވަކި ފަރުދުުންގެ އެހީތެރިކަމުގައި ވެކްސިންޖެހުމާއި، ކުޑަކުދިންގެ މިންހެޔޮ ކާނާއާއި، ގާތުން ދިނުމުގެ ކާމިޔާބު މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގިފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި، މިފަދަ ޚިދުމަތްތައް ދިނުމުގައި ހެލްްތް ކެއަރ ވޯކަރުން އަދާކޮށްފައިވާ ދައުރަށްޓަކާ އެ ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހާސިލްކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ޕްރީނޭޓަލް، އެންޓިނޭޓަލް އަދި ޕޯސްޓްނޭޓަލް ކެއަރ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވިފައިވާ ކަމަށާޢި ކޮންމެ މަޔަކީ، ޤާއިމްކުރެވިފައިވާ ޞިއްޙީ މަރުކަޒެއްގައި ވިހާ އަދި ވިހެއުމުގައި ތަމްރީނުވެފައިވާ ޚިދުމަތްތެރީންގެ ޚިދުމަތްލިބޭ މައެއްކަން ކަށަވަރުކުރެވިފައިވާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދުޅަހެޔޮ ދިރިއުޅުމަކަށް، ހަރަކާތްތެރިވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ފޯކަސް ކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް ގެއްލުންވާ ޢަމަލުތަކުން ދުރުވުމަށް ގޮވާލައްވާފައިވެއެވެ. އަދި، ޞިއްޙީ ނިޒާމުތައް ހަރުދަނާކޮށް، ކޮންމެ މަންމައަކާއި ދަރިއަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކުރެވޭނެ މުޖުތަމަޢެއް އުފެއްދުމަށްޓަކައި، ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2018

ނައިފަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން: ކައުންސިލް

02 އޯގަސްޓު 2018
ނައިފަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން: ކައުންސިލް
08 ޖުލައި 2018

ރައީސް ޔާމީން ވަނީ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެންނަވާފައި: އެޑިއުކޭޝަން މިނިސްޓަރު

08 ޖުލައި 2018
ރައީސް ޔާމީން ވަނީ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެންނަވާފައި: އެޑިއުކޭޝަން މިނިސްޓަރު
25 މެއި 2018

އިންސާނުންނަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފު ކުރުން ހިމެނޭ: ޚުތުބާ

25 މެއި 2018
އިންސާނުންނަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފު ކުރުން ހިމެނޭ: ޚުތުބާ
24 ޑިސެމްބަރު 2017

ރައްޔިތުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަން، ސިއްހީ ދާއިރާއަށް ކުރިއެރުމެން ނުލިބޭ: އަލީ ހުސެއިން

24 ޑިސެމްބަރު 2017
ރައްޔިތުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަން، ސިއްހީ ދާއިރާއަށް ކުރިއެރުމެން ނުލިބޭ: އަލީ ހުސެއިން
23 އޯގަސްޓު 2017

ސަރުކާރުގެ މެންބަރުން އިދިކޮޅު މެންބަރުންނަށް ހަމަލާދެނީ ސިފައިންގެ އެހީތެރިކަމާއެކު:ގުޅިފައިވާ ޕާޓީތައް

23 އޯގަސްޓު 2017
ސަރުކާރުގެ މެންބަރުން އިދިކޮޅު މެންބަރުންނަށް ހަމަލާދެނީ ސިފައިންގެ އެހީތެރިކަމާއެކު:ގުޅިފައިވާ ޕާޓީތައް
25 ޖުލައި 2017

ގާސިމް ކޯޓަށް ވަޑައިގެންނެވީ ބޮޑީގާޑުގެ އެހީތެރިކަމާއެކު!

25 ޖުލައި 2017
ގާސިމް ކޯޓަށް ވަޑައިގެންނެވީ ބޮޑީގާޑުގެ އެހީތެރިކަމާއެކު!
22 މެއި 2017

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ
29 އެޕްރީލު 2017

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި

29 އެޕްރީލު 2017
ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި
07 އެޕްރީލު 2017

ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

07 އެޕްރީލު 2017
ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް