Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަމާދުގެ މުހިންމުކަން

ކޮންމެ ދުވަހެއްގެ ތާވަލްގައި އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމަށް ހަދަންޖެހޭ: އައްޝައިޚް ޙުސައިން

އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާލުމުން ފެންނަނީ ނަމާދަކީ ކުރަން ހުންނަ އެހެނިހެން ކަންކަން ކޮށްފައި ހުސްވަގުތެއް ލިބިއްޖެނަމަ ކުރާ ކަމެއްގެ ގޮތުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 އެޕްރީލު 2023 | ހުކުރު 06:11
އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު

އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު

ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދުކަމަށް ހަދަންޖެހޭ ކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ”ނަމާދު- މުސްލިމާގެ ދީނާއި ދުނިޔެ” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. 9 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވާފައިވަނީ އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު އަދި އައްޝައިޚް އަޙްމަދު ސަމީރެވެ.

Advertisement - newsAdvertisement

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޙުސައިން ވަނީ ނަމާދުގެ މުހިންމުކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން މުސްލިމެއްގެ ދިރިއުޅުން ކުރިއަަށް ގެންދިއުމުގައި އެންމެ އިސްކަންދޭން ޖެހޭ ތަރުތީބަށް ބައްލަވަމުން ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަކަމަކީ ނަމާދުކަމަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ. ނަމާދު ކުރުމަށް ކޮންމެ ދުވަހަކުވެސް އިސްކަންދޭންޖެހޭ ކަމަށާއި އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާލުމުން ފެންނަނީ ނަމާދަކީ ކުރަން ހުންނަ އެހެނިހެން ކަންކަން ކޮށްފައި ހުސްވަގުތެއް ލިބިއްޖެނަމަ ކުރާ ކަމެއްގެ ގޮތުގައެވެ. އެހެން އެކަން ނުކުރުމަށް ނަސޭހަތްތެރިވަމުން ޝައިޚް ވަނީ އަބަދުވެސް ކުރާ މަސައްކަތެއް ކުރަންޖެހޭނީ، ރާވަންޖެހޭނީވެސް އެންމެ ފުރަތަމަ ނަމާދު ކުރެވޭ ގޮތަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަންތަނުގެ އިސްވެރިންނާއި ކަންކަން ރާވާ ހިންގާ ބޭފުޅުންވެސް އެ ބޭފުޅުންގެ ދަށަށް ތިއްބަވާ މުވައްޒަފުންނަށް ނަމާދުކުރުމަށް ބާރުއެޅުމާއި ނަމާދުކުރުމަށް ވަގުުތު ދިނުމާއި އިމާރާތްތައްކުރާއިރުވެސް ނަމާދުކުރެވޭނެ ތަންތަން ހަދައި ނަމާދަށް ބާރު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.

ނަމާދުކުރާ މީހާއާއި ނަމާދު ނުކުރާ މީހެއްގެ ދިރިއުޅުމަށް ބައްލަވަމުން ޝައިޚް ހުސައިން ވިދާޅުވީ ނަމާދު ނުކުރާ މީހަކާ ނަމާދު ކުރާ މީހެއްގެ ތަފާތު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެގޮތުން ނަމާދު ކުރާ މީހާގެ ދިރިއުޅުން ވަރަށް ތަރުތީބުވާނެ ކަމަށެވެ. ވަގުތަށް ނަމާދުކުރާ މީހާ އަކީ ވަކި ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުވެގެންވާ މީހެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެންނަކީ ވަގުތަށް ނަމާދުކުރާ ބަޔަކަށްވުމަށްޓަކައި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވައި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަދައަކުން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ބަޔަކަށް ވެވޭތޯ ދުއާ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ނަމާދަކީ ހުރިހާ އުންމަތަކަށްވެސް ފަރުޟުކުރެވިފައިވާ ކަމެއް ކަމަށެވެ.

އެއީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށްޓަކައި މުސްލިމުން އެންމެ އިސްކަންދޭން ޖެހޭ ކަންތައްތަކަމަށާއި ނަމާދާ ނުލައި ކުރާ އެހެން އަޅުކަންތައް ގަބޫލުވެގެން ނުވާކަމަށެވެ. ނަމާދު ނުކުރާ މީހާ ޤިޔާމަތްދުވަހު ވާނީ ފިރުޢައުނާއެކުގައިކަމަށާއި މަޙްޝަރުކުރެވޭ ހިނދު އެފަދަ ނުބައި އިންސާނަކާއިއެކު ވާން ބޭނުން ނުވާނަމަ ވަގުތަށް ނަމާދު ޤާއިމްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ނަމާދަކީ ކޮންމެ ޙާލެއްގައިވެސް ކުރަން އަމުރުކުރައްވާފައިވާ އަޅުކަމަށް ވާއިރު ވަގުތަށް ނަމާދުކުރުމަކީ އެއީ މާތް ﷲގެ ހަޟްރަތުގައި އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަންކަމަށް ވިދާޅުވިއެވެ.

ނަމާދަށް ރައްކާތެރިވާ މީހާއަށް އެއީ ނޫރެއް، ޙުއްޖަތެއްކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. ޝައިޚް ސަމީރު ވަނީ ސުލޫކީ ގޮތުން ނަމާދުގެ ދައުރު މުޖުތަމަޢުގައި އޮންނަގޮތަށާއި، ނަފްސާނީ ދުޅަހެޔޮކަމާ ނަމާދާ އޮންނާ ގުޅުމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ސިއްޙީ ދުޅަހެޔޮކަމާއި ނަމާދާ ހުރި ގުޅުމާ ގުޅޭ ގޮތުން ތަޖުރިބާކާރު ޑޮކްޓަރެއްގެ ބަސްކޮޅެއްވެސް ހިމަނާފައިވެއެވެ.

ރަމަޟާން 1444އިހްޔާ ފޯރަމްއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު