Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ފަރުވާތެރިކަން ކުޑަ، ގޯލް ކުރިމަތީގައި ބޮޑު ވަޅުގަނޑެއް!

6 އެޕްރީލު 2023 | ބުރާސްފަތި 07:57

ޕްރެކްޓިސް ދަނޑުތަކުގެ މަރާމާތުކޮށްފައިނެތް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 6 އެޕްރީލު 2023 | ބުރާސްފަތި 07:57
ޓާފް ދަނޑު 2ގެ ކުރިމަތީގައި ހެދިފައިހުރި ވަޅުގަނޑު

ޓާފް ދަނޑު 2ގެ ކުރިމަތީގައި ހެދިފައިހުރި ވަޅުގަނޑު

ރާއްޖޭގެ އައު އަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ކުލަބުތަކުން މިހާރު ވަނީ ތައްޔާރުވާން ފަށައިފަ އެވެ. ނަމަވެސް ޕްރެކްޓިސް މާހައުލުން ފެންނަނީ މާޔޫސްކަމެވެ.

މާލޭގައި ކުލަބުތަކުން ފަރިތަކުރަން އާއްމުކޮށް ލިބެނީ ޓާފް އެއް ނަންބަރު ދަނޑާއި ދެ ނަންބަރު ދަނޑެވެ. މީގެ ތެރެއިން އިސްކަންދަރު ކޮށި ކުރިމަތީގައި އޮތް ޓާފް ދެ ނަންބަރު ދަނޑުގެ އަމީނީ މަގާވީކޮޅުގެ ގޯލް އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވެ އެވެ. ގޯލް ކުރިމަތީގައި އޮތީ ބޮޑު ސިންގާ ވަޅުގަނޑަކާއި އެއަށްވުރެ ކުޑަ ވަޅެއް ހެދިފަ އެވެ. މި ގޯލް ކުރިމަތި ބޭނުން ނުކުރެވޭތީވެ އެ ދަނޑުގައި ފަރިތަކުރަމުންދިޔަ ބުރު ސްޕޯޓްސް ކުލަބުން ބައި ބަހާލައިގެން ކުޅުނުއިރު ވެސް ގޯލް ހުރި ހިސާބު ބޭނުމެއް ނުކުރެ އެވެ. އަދި ފަހުން އެތަނަށް ކީޕަރު ޕްރެކްޓިސް ކުރަން އައި އަންހެން ޓީމެއްގެ ކީޕަރުން ފަރިތަކުރަމުންދިޔައީ ވެސް ދަނޑުގެ އަރިމަތީގައި މިނީ ގޯލެއް ބަހައްޓައިގެންނެވެ.

މީގެ އިތުރުން ޕްރެކްޓިސް ދަނޑުތަކުގެ އަލިމަޑުވުމާއި ގޯލް ދާގަނޑުތަކުގައި ވަރަށް ބޮޑަށް ވަރަށް ބޮޑަށް ބާވެ، ވީދި، ހަލާކުވެފައި ހުއްޓެވެ. މީގެ އިތުރުން ދަނޑުމަތީގައި ބުޅާ ގުއި ހުރުމާއި ދަނޑު ވަށައިގެން ކުނި ބަހައްޓާފައި ހުރުމުން ކުޅުންތެރިންނާއި އޮފިޝަލުން އެކަމުގެ އުނދަގޫތައް އުފުލަން ޖެހުނެވެ.

ހަތް މަސް ދުވަހު ނުކުޅެ ތިބުމަށްފަހު އައު އަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕަށް ހަތަރު ޓީމަކުން ތައްޔާރުވާން ފަށާފައިވާއިރު މިފަދަ ކަންކަން މެދުވެރިވުމުން އާއްމުންގެ ފާޑުކިއުންތައް ވެސް ވަނީ ކުޅިވަރުތައް ރާވައި ހިންގާ ފަރާތްތަކަށް އަމާޒުވެފަ އެވެ.

ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން 2004 ވަނަ އަހަރު އަދި އޭގެ ހަތަރު އަހަރު ފަހުން ހެދި މި ދެ ދަނޑު މަރާމާތު ކުރަނީ ވަރަށް މަދުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް