Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ މަސައްކަތްތައް

މަދު މެންބަރުންކޮޅެއް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި ނަމަވެސް މަސައްކަތަށް މަޑު ޖެހުމެއް ނާންނާނެ: މިއުވާން

6 އެޕްރީލު 2023 | ބުރާސްފަތި 08:16

ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 6 އެޕްރީލު 2023 | ބުރާސްފަތި 08:16
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މަދު މެމްބަރުންކޮޅެއް ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަޑު ޖެހުމެއް ނާންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށާއި، މަޖިލީހުގެ އެއްބާރުލުމާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މަޖިލީހުގެ މަދު މެމްބަރުންކޮޅެއް ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މަޑު ޖެހުމެއް ނާންނާނެ ކަމަށާއި، މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށާއި، އެމަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ކެމްޕޭންތަކުގައި ވެސް ބައެއް އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުން ނުފެންނަ ކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރަނީ އެމްޑީޕީގެ މެމްބަރެއް ކަމަށް ވިދާޅުވިއެވެ. މިއުވާން އެ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނަށެވެ.

ސަރުކާރާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ގަރާރުތައް ހުށަހަޅާއިރު ޕީޖީ ގްރޫޕަށް ހުށަހެޅުމަކާއި ނުލާ މަޖިލީހަަށް ހުށަހެޅުމަކީ ދެރަ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އެ މެމްބަރުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވެއެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތް ކުރާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން ކޮމިޓީތަކުން ވަކިކުރުމުގެ ކުރިން މެންބަރުންނާއި ވަކިވަކިން ބައްދަލުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ. އަސްލަމް ވިދާޅުވީ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ނަމަ އެ ގްރޫޕެއްގެ މެމްބަރުން އަމަލުކުރަން ޖެހޭނީ ޕީޖީގެ އެތެރޭގެ އުސޫލުތަކާއި އެއްގޮތަށް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތް ކުރާ މެމްބަރުން ޕީޖީ ގްރޫޕްގެ ނިންމުންތަކާއި އުސޫލުތަކަށް އަމަލު ނުކުރުމަކީ ވަރަށް އުނދަނގޫ ކަމެއް ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި ގިނަ މެމްބަރުން ބޭނުންވަނީ އަވަހަށް ފިޔަވަޅު އަޅަން ކަމަށާއި، ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ މެމްބަރުންނާއި ވާހަކަދައްކާ މެމްބަރުން ފާހަގަކުރާ ކަންކަމަކީ ކޮބާތޯ ބެލުން މުހިންމު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވި ފަހުން އެ ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނިންމާފައިވަނީ '' ފިކުރެއްގެ ދިރުން'' ނަމުގައި ވަކިން މަސައްކަތް ކުރުމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2023

ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން

09 އޮކްޓޯބަރު 2023
ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން
16 ސެޕްޓެމްބަރު 2023

މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟

16 ސެޕްޓެމްބަރު 2023
މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟
16 ސެޕްޓެމްބަރު 2023

އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން

16 ސެޕްޓެމްބަރު 2023
އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން
13 ސެޕްޓެމްބަރު 2023

ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި

13 ސެޕްޓެމްބަރު 2023
ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި
12 ސެޕްޓެމްބަރު 2023

5 އަހަރު ވެގެންދިޔަ އިރު އިންޑިއާ ސިފައިން އަރާ ރާއްޖެ ހިފައިފިތޯ؟

12 ސެޕްޓެމްބަރު 2023
5 އަހަރު ވެގެންދިޔަ އިރު އިންޑިއާ ސިފައިން އަރާ ރާއްޖެ ހިފައިފިތޯ؟
22 ޖޫން 2023

ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް އިދިކޮޅުން ހުރަސްއަޅަނީ

22 ޖޫން 2023
ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް އިދިކޮޅުން ހުރަސްއަޅަނީ
22 ޖޫން 2023

އިސްތިއުފާ ދެއްވައިގެންވެސް މަޖިލީސް ހިނގަންޖެހޭ: ސަރުކާރު

22 ޖޫން 2023
އިސްތިއުފާ ދެއްވައިގެންވެސް މަޖިލީސް ހިނގަންޖެހޭ: ސަރުކާރު
03 ޖޫން 2023

މަޖިލީހުގެ މަސައްކަތްތައް މަޑުޖެހޭތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި

03 ޖޫން 2023
މަޖިލީހުގެ މަސައްކަތްތައް މަޑުޖެހޭތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި
27 މެއި 2023

އާ އުސޫލުގެ ދަށުން 34 މައްސަލަ ހުށަހަޅާފައިވޭ، އެއްވެސް ކުންފުންޏަކަށް ބަދަލު ދީފައެއްނުވާނެ: ސަރުކާރު

27 މެއި 2023
އާ އުސޫލުގެ ދަށުން 34 މައްސަލަ ހުށަހަޅާފައިވޭ، އެއްވެސް ކުންފުންޏަކަށް ބަދަލު ދީފައެއްނުވާނެ: ސަރުކާރު
26 މެއި 2023

ސިއްހީ ދާއިރާގެ މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ސަރުކާރު

26 މެއި 2023
ސިއްހީ ދާއިރާގެ މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް