Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުން މަޖިލީހުގެ މަސައްކަތްތައް

މަޖިލީހުގެ މަސައްކަތްތައް މަޑުޖެހޭތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި

މިއީ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމުގައި ދިމާވާ ހުރަހެއް

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2023 | ހޮނިހިރު 07:43
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް މަޑުޖެހޭ ކަމަށާއި، އެކަމާއި ކަންބޮޑުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިމަހުގެ އެއްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މަސައްކަތާއި ގުޅޭގޮތުން ސަރުކާރުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް މަޖިލީހުގައި މަޑުޖެހޭ ކަމަށެވެ. އެއީ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމުގައި ދިމާވާ ހުރަހެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

އިގްތިސާދާ ގުޅުންހުރި މުހިންމު ބިލްތަކެއް ވެސް މަޑުޖެހިފައިވާކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ އެކަމާއި ގުޅިގެން ވެސް އިގްތިސާދުގެ ވަޒީރު ވެސް ކަންބޮޑުވުންފާޅު ކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބިލްތަކުގެ އިތުރުން، ބައެއް ގާނޫނުތަކަށް އިސްލާހު ހުށަހެޅި، އެމަސައްކަތްތައް ކޮމެޓީގެ މަރުހަލާގައި އެބަހުރި ކަމަށާއި، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ލަސްވެފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްތަކުގެ ފައިދާ ގައުމަށާއި، ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް މިއުވާން ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތައް މަޑުޖެހޭ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީ މިހާރު ވަނީ ދެބަޔަކަށް ބެހިފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެމްބަރުން ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި ނަޝީދު އިސްވެ ހުންނަވާ "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. ދަ ޑިމޮކްރެޓްސް ޕާޓީ އަކީ، އެމްޑީޕީގެ ތެރެއިން، އެ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް ޕާޓީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި "ފިކުރެއްގެ ދިރުން" މިހަރަކާތުގެ ބައިވެރިން އުފައްދަން ނިންމި ޕާޓީއެކެވެ.

މަޖިލިސްރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު