Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔާން އަލްޝަބްލް

އުފަން ސޫރިޔާގައި ރެފިއުޖީއެއް، ޖަރުމަނުގައި މޭޔަރެއް!

6 އެޕްރީލު 2023 | ބުރާސްފަތި 06:04

ޢުމުރުން 29 އަހަރުގެ ރައްޔާން އަލްޝިބްލް، ސޫރިޔާގެ ދޫކޮށް ރެފިއުޖީއެއްގެ ގޮތުގައި ހިޖުރަ ކުރީ 2015 ވަނަ އަހަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 އެޕްރީލު 2023 | ބުރާސްފަތި 06:04
ޢުމުރުން އެންމެ 21 އަހަރުގައި، ރައްޔާން އަލްޝަބްލް، ރެފިއުޖީއެއްގެ ގޮތުގައި ސޫރިޔާ ދޫކޮށް އެ ޤައުމުން ފޭބީ، ހަނގުރާމައިގެ ތެރޭގައި އަސްކަރިއްޔާއާ ގުޅެން ބޭނުން ނުވާތީ

ޢުމުރުން އެންމެ 21 އަހަރުގައި، ރައްޔާން އަލްޝަބްލް، ރެފިއުޖީއެއްގެ ގޮތުގައި ސޫރިޔާ ދޫކޮށް އެ ޤައުމުން ފޭބީ، ހަނގުރާމައިގެ ތެރޭގައި އަސްކަރިއްޔާއާ ގުޅެން ބޭނުން ނުވާތީ

ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމާ ދެކޮޅަށް އެ ޤައުމުގައި ފެށި މުޒާހަރާތައް، ހަނގުރާމައަކަށް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައަކީ އާ ވާހަކައަކަށް ނުވާނެއެވެ. ސޫރިޔާގައި ދިގުލާ ގޮސްފައިވާ ހަނގުރާމައަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް، އެންމެ ގެއްލުން ބޮޑު ހަނގުރާމައެވެ. އެތައް ސަތޭކަ ހާސް ބައެއްގެ ފުރާނަ ގެއްލި ގޮސްފައި ވާ އިރު، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި، ރެފިއުޖީންނަށް ވިއެވެ.

ޢުމުރުން 29 އަހަރުގެ ރައްޔާން އަލްޝިބްލް، ސޫރިޔާގެ ދޫކޮށް ރެފިއުޖީއެއްގެ ގޮތުގައި ހިޖުރަ ކުރީ 2015 ވަނަ އަހަރުއެވެ. އޭނާ ވަޒަންވެރިވީ ޖަރުމަނުވިލާތުގައެވެ. މިއަދު އެއީ ޖަރުމަނުވުލާތުގެ ރަށްވެއްސެކެވެ. 8 އަހަރު ދުވަހަށް ވުރެވެސް ކުރު މުއްދަތެއްގެ ތެރޭގައި ރައްޔާން މިވަނީ، ޖަރުމަނުގެ ދެކުނުގެ އަށެއްގެ މޭޔަރުކަންވެސް ހޯދާފައެވެ. މިއަދު އޭނާއަކީ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ 1900 އެއްހާ މީހުންގެ މައްޗަށް އެކުލެވޭ އޯސްޓެލްހައިމް އަވަށުގެ މޭޔަރެވެ. ރައްޔާންއަކީ ގްރީން ޕާޓީގެ މެންބަރެއް ނަމަވެސް، މޭޔަރަކު ހޮވުމަށް، އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބުގައި އޭނާ ވާދަ ކުރީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އޯސްޓެލްހައިމް އަވަށުގެ މޭޔަރުކަން ރައްޔާން ކަށަވަރު ކުރީ، ވޯޓު ދިން މީހުންގެ 55.41 ޕަސެންޓް ހޯދައިގެންނެވެ.

މިހާރުވެސް އިދާރީ ދާއިރާގައި މަސައްކަތް ކުރަމުންދާ ރައްޔާން، މޭޔަރު ކަމުގެ ހުވާ ކުރަން ތާވަލު ކޮށްފައި ވަނީ ޖޫން 18 ވަނަ ދުވަހަށެވެ. އެނާގެ މޭޔަރު ކަމުގެ ދައުރަކީ 8 އަހަރު ދުވަހުގެ މުއްދަތަކެވެ. ރައްޔާން ބުނާ ގޮތުގައި އޭނާ ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ.

ސޫރިޔާއަށް އުފަން ރައްޔާންއަކީ އޭނާގެ އަމިއްލަ ފަސްގަނޑުގައި މިއަދު ރެފިއުޖީއެއް ނަމަވެސް، ޖަރުމަނުގެ އަވަށެއްގެ މޭޔަރެއްގެ ގޮތުގައި މިއަދު އޭނާއަށް ތަޢުރީފު އޮހެނީއެވެ.

ޢުމުރުން އެންމެ 21 އަހަރުގައި، ރައްޔާން އަލްޝަބްލް، ރެފިއުޖީއެއްގެ ގޮތުގައި ސޫރިޔާ ދޫކޮށް އެ ޤައުމުން ފޭބީ، ހަނގުރާމައިގެ ތެރޭގައި އަސްކަރިއްޔާއާ ގުޅެން ބޭނުން ނުވާތީއެވެ. 2015 ވަނަ އަހަރަކީ އެތައް ސަތޭކަ ހާސް ރެފިއުޖީންނެއް، ޖަރުމަނުވިލާތަށް ދަތުރު ކުރި އަހަރެކެވެ. އޭގެ ތެރޭގައި ގިނައީ ސޫރިޔާގެ ހަނގުރާމައިން ސަލާމަތްވުމުގެ ބޭނުމުގައި ޖަރުމަނުވިލާތަށް ހިޖުރަ ކުރި މީހުންނެވެ.

މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް، ޖަރުމަނުވިލާތަށް އެތެރެވި ރައްޔާން ވަނީ، ޖަރުމަނު ބަސް ދަސްކޮށް، އިދާރީ ދާއިރާގައި މަސައްކަތް ކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއްވެސް ފުރިހަމަ ކޮށްފައެވެ. ޖަރުމަނުވިލާތުގެ ރަށްވެހިކަން ހޯދުމަށްފަހު، އޭނާ މަސައްކަތް ކުރީ ލޯކަލް ކައުންސިލްގައެވެ.

ސީރިޔާސީރިޔާ ރެފިއުޖީންޖަރުމަނު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
06 ނޮވެމްބަރު 2025

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
06 އޮކްޓޯބަރު 2025

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް
05 އޮކްޓޯބަރު 2025

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި
22 ސެޕްޓެމްބަރު 2025

60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ

22 ސެޕްޓެމްބަރު 2025
60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް