Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފައިދާ ހުރި ހާރުކެއުން

ސިއްހަތަށް ފައިދާ ހުރި ހާރުކެއުން - ގިނައިރު ހަކަތަ ދަމަހައްޓައިދޭ ކެއުމެއް

5 އެޕްރީލު 2023 | ބުދަ 08:38

ގިނަ އަދަދަކަށް ލޮނާއި ހަކުރު އެކުލެވިގެންވާ ކާނާ ހާރުކެއުމުގައި ހިމެނުމަކީ ހަށިގަނޑުން ފެންމަދުވެ ކަރުހިއްކުމަށް މަގުފަހިވެގެންދާ ކަމެއް

މަޚްތޫމް
މަޚްތޫމް | 5 އެޕްރީލު 2023 | ބުދަ 08:38
ހާރުކެއުމުގައި ކާބޯހައިޑްރޭޓްސް އަދި ފައިބަރ އެކުލެވިގެންވާ ކާނާ ހިމެނުމުން މުހިންމު

ހާރުކެއުމުގައި ކާބޯހައިޑްރޭޓްސް އަދި ފައިބަރ އެކުލެވިގެންވާ ކާނާ ހިމެނުމުން މުހިންމު | ނިއުޔޯކް ޓައިމްސް

ރޯދަ ހިފުމުގެ ކުރިން ހާރު ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ހަށިގަނޑަށް ފާއިދާ ހުރި ކަނާ ހާރުކެއުމުގައި ހިމެނުމަކީ ދުވާލު ރޯދައަށް ހުންނަ އިރު ހަށިގަނޑަށް ލިބެން ޖެހޭ ހަކަތަ ފޯރު ކޮށްދިނުމަށް ވަރަށް މުހިންމު ކަމެކެވެ. ވީމާ މި ރިޕޯޓް ޚާއްސަ ކޮށްފައި މިވަނީ ހާރު ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ހިމެނުމުގައި ވިސްނަންޖެހޭ ކަންތައްތަކުގެ މައްޗަށެވެ.

އެންމެ ފުރަތަމަ ވެސް ވިސްނާލަންޖެހޭ ކަމަކީ ހާރު ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ދިޔާ ތަކެތި ބޭނުންކުރުމެވެ. ސަބަބަކީ ސިއްހަތަށް ފައިދާ ހުރި ދިޔާތަކެތި ބޭނުން ކުރުމުން ރޯދަ އަށް ހުންނަ އިރު ހަށިގަނޑުގައި ފެން ދެމެހެއްޓުމަށްޓަކައި އެހީތެރި ވެދެއެވެ. އެގޮތުން ފެން، ކިރު، ފްރެޝް ޖޫސް އަދި ސްމޫތީ ފަދަ ބާވަތެއް ބޭނުން ކޮށްލުން މުހިންމުއެވެ. މީގެ އިތުރުން ފެނުގެ ތެރެއަށް ލުނބޯ ފަނި ނުވަތަ އެޕަލް ސިޑާރ ވިނެގާރ އަޅައި އެ ބޭނުންކުރުމުން ހަޖަމް ކުރުމުގައި އެހީވެދީ މެޓަބޮލިޒަމް ބޫސްޓް ކުރުމަށް އެހީތެރިވެދެއެވެ.

މިއާއެކު، ހާރުކެއުމުގައި ކާބޯހައިޑްރޭޓްސް އަދި ފައިބަރ އެކުލެވިގެންވާ ކާނާ ހިމެނުމުން ރޯދަ އަށް ހުންނަ އިރު ހަށިގަނޑުގައި ހަކަތަ ދަމަހައްޓައިދީ ބަނޑުހައިކަން ކަނޑުވައިދޭން އެހީތެރިވެދެއެވެ. އެގޮތުން ކާބޯހައިޑްރޭޓްސް އަދި ފައިބަރ އެކުލެވިގެން ވާ ބާވަތް ތަކުގެ ތެރޭގައި ހޯލް ގްރެއިން ޕާން، އޯޓްސް، މޭވާ އަދި ތަރުކާރީ ހިމެނެއެވެ. މި ބާވަތްތަކަކީ ހަށިގަނޑަށް ބެނުންވާ ތަފާތު ގިނަ ވިޓަމިންސް އާއި މިނެރަލްސް ހަށިގަނޑަށް ފޯރުކޮށްދޭ ބާވަތްތަކެވެ.

އަދި ހަމަ އެހެންމެ، ޕްރޮޓީންސްް އަކީ ހަށިގަނޑުގެ ޓިޝޫސްތައް އުފައްދާ ތައްޔާރުކުރުމުގައި އެހީ ތެރިވެދޭ އެއް މާއްދާއެވެ. އެހެންކަމުން ހާރުކާއިރު ޕްރޮޓީންސް އެކުލެވިގެންވާ ގިނަ ބާވަތްތައް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެތެރޭގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި، ކުކުުޅު، މަސް، ބިސް، ޗީޒް، ޔޯގަރޓް، ބަދަނުގެ ބާވަތްތައް ހިމެނެއެވެ.

ގިނަ އަދަދަކަށް ލޮނާއި ހަކުރު އެކުލެވިގެންވާ ކާނާ ހާރުކެއުމުގައި ހިމެނުމަކީ ހަށިގަނޑުން ފެންމަދުވެ ކަރުހިއްކުމަށް މަގުފަހިވެގެންދާ ކަމެކެވެ. އެހެންކަމުން އެންމެ އެދެވިގެންވަނީ ހާރުކާއިރު ފޮނި ބުއިންތަކާއި، ކޮފީ، ތައްޔާރީ ކާނާ، ތެލުލި ކާނާ އަދި ލޮނުގަދަ ކާނަ ވީހާވެސް ބޮޑަށް މަދުކޮށްލުމެެވެ. މިފަދަ ކާނާއިން ރޯދައަށް ހުންނަ ވަގުތު އެނާރޖީ ކްރޭޝް ވުމަށް މަގުފަހިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ފާހަގަ ކޮށްލަންޖެހޭ މުހިންމު އެއްކަމަކީ، ހާރުކާއިރު ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން މުހިންމު ވާ ފަދައިން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެއުމާއި ދުރުހެލިވުން ވެސް ވަރަށް މުހިންމު ކަމެވެ. ސަބަބަކީ، މާގިނަ އަދަދަކަށް ކެލޮރީސް ނުވަތަ ސަރުބީ ގިނަ ބާވަތްތައް ކެއުމުގެ ހިމެނުމުން އެކަމުގެ ނަތީޖާއެއްގެ ގޮތުން ގޭސް މައްސަލަ ޖެހުމާއި ކާނާ ހަޖަމްވުމުގެ ދަތިތައް ކުރިމަތިވެ، ރޯދަ އަށް ހުންނަ އިރު ތަފާތު އެކި އުނދަގޫ ތައް ކުރިމަތިވުން އެކަށީގެންވެއެވެ. އެހެންކަމުން ރޯދަމަހު އެންމެ އެދެވިގެންވަނީ އެއްފަހަރާއި ގިނަ ކާތަކެތި ކެއުމުގެ ބަދަލުގައި މަދުމަދުން ހަށިގަނޑަށް ވަގުތު ދެމުން ކެއުމެވެ.

އެހެންކަމުން، ރަނގަޅަށް ބެލެންސް ކުރެވިފައިވާ ސިއްހަތަށް ފައިދާ ހުރި ކެއުމަކަށް ހާރު ކެއުން ހެދުމަކީ ހަށިގަނޑުގައި ހަކަތަ ދަމަހައްޓައިދީ ރޯދަ ހިފައިން ހުރުމުގައި ފަސޭހަތައް ލިބިދޭ ކަމެކެވެ. ވީމާ، ހަށިގަނޑަށް ބޭނުންވާވަރަށް ދިޔާ ތަކެތި ބޭނުން ކޮށް، ކާބޯހައިޑްރޭޓްސް އާއި ފައިބާރ އަދި ޕްރޮޓީންސް ހިމެނޭ ބާވަތްތައް ހާރުކެއުމުގައި ހިމަނައި، ގިނަ އަދަދަކަށް ހަކުރާއި ލޮނު އެކުލެވޭ ކާނަ އާއި ދުރުވުން މުހިންމެވެ.

މިފަދަ ސިއްހަތައް ފައިދާ ހުރި ކާނާ ހިމަނައިގެން ކޮންމެ މީހަކަށް، އެމީހަކަށް އެންމެ އެކަށޭނެހެން ފަރުމާކުރެވިފައިވާ ޑައެޓް އެއް ތައްޔާރުކުރުމުގައި ތަޖްރިބާކާރު ޑޮކްޓަރެއްގެ އެހީ ނުވަތަ ލަފާ ހޯދުން ވަރަށް މުހިންމެވެ.

ރަމަޟާން 1444ރަަމަޟާން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2026

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

20 ފެބުރުއަރީ 2026
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ
19 ފެބުރުއަރީ 2026

ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

19 ފެބުރުއަރީ 2026
ރޯދަ މަހު ދުވާލު ކެއުން: މަގު މަތީގައި ޗުވިންގަމް އެއް ކޭ މީހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި
19 ފެބުރުއަރީ 2026

ސައުދީން ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ

19 ފެބުރުއަރީ 2026
ސައުދީން ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ
18 ފެބުރުއަރީ 2026

ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!

18 ފެބުރުއަރީ 2026
ޣައްޒާގެ މުސްލިމުން ރަމަޟާން މަހާ ކުރިމަތިލި އިރު ނަމާދު ކޮށްލާނެ މިސްކިތެއް ނެތް!
18 ފެބުރުއަރީ 2026

ރަމަޟާން މަހު އަލްއަޤްޞާ އަށް ހުކުރަށް ވަދެވޭނީ 10،000 ފަލަސްޠީނު މީހުންނަށް ކަމަށް އިޒްރޭލުން ބުނެފި

18 ފެބުރުއަރީ 2026
ރަމަޟާން މަހު އަލްއަޤްޞާ އަށް ހުކުރަށް ވަދެވޭނީ 10،000 ފަލަސްޠީނު މީހުންނަށް ކަމަށް އިޒްރޭލުން ބުނެފި
18 ފެބުރުއަރީ 2026

ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި

18 ފެބުރުއަރީ 2026
ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި
18 ފެބުރުއަރީ 2026

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

18 ފެބުރުއަރީ 2026
މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
18 ފެބުރުއަރީ 2026

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

18 ފެބުރުއަރީ 2026
މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!
18 ފެބުރުއަރީ 2026

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

18 ފެބުރުއަރީ 2026
ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ
18 ފެބުރުއަރީ 2026

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ

18 ފެބުރުއަރީ 2026
ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމުގައި ބީއެމްއެލް އިން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް