Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަސްތަކަށް ޖެހޭ ބަލި

ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ޑރ. ހުސެއިން ރަޝީދު ހަސަން

5 އެޕްރީލު 2023 | ބުދަ 08:09

މިހާރު އެންމެ ބޮޑަށް ގެއްލުންވަމުންދަނީ ރުށްތަކަށް ޖެހޭ ބަލިތަކުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 އެޕްރީލު 2023 | ބުދަ 08:09
ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން

ގަސްތަކަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަސްތަކަށް ޖެހޭ ބަލި ފެތުރުން ހުއްޓުވުން މި ނަމުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ ބަލި ޖެހުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ހުރި ލުނބޯ ގަސްތައް ނެތިގޮސްފައިވާ ކަމަށެވެ. އެއީ މީގެ 20 ނުވަތަ 25 އަހަރު ކުރިން ފެށިގެން ހިނގި ކަމަށް ވެދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއަށް ބަލިތައް އަންނަނީ ބޭރު ޤައުމުތަކުންކަން ފާހަގަކުރައްވާ ޑރ. ހުސައިން ވިދާޅުވީ ރާއްޖެއަށް އެކިކަހަލަ މޭވާ އާއި ތަރުކާރީ ގެންނައިރު އެއާއެކު އެކި ވައްތަރުގެ ބަލިތައް ވެސް ގެނެވޭކަމަށެވެ. އެ ބަލިތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށާއި އެތަކެތި ގެންނަ ގޮތަށް، ނުދޮވެ އާންމުންނަށް ވިއްކާ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. ހުސެއިން ވިދާޅުވީ މިހާރު އެންމެ ބޮޑަށް ގެއްލުންވަމުންދަނީ ރުށްތަކަށް ޖެހޭ ބަލިތަކުން ކަމަށާއި މީހުން ހައްދާ ދަނޑުތަކާއި ގަސްތައް ހަލާކުވެދަނީ މިކަހަލަ ބަލިތައް ޖެހިގެން ކަމަށެވެ.

ސޮލައިޓް ރެސްޓޯރެންޓްގައި މި މަސައްކަތު ބައްދަލުވުމުން އޭޕްރިލް 5 ވަނަ ދުވަހު ފަށާފައިވާއިރު ބައްދަލުވުން ކުރިއަށްދާނީ އޭޕްރިލް 6 ގެ ނިޔަލަށެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ގަސްތަކަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް، މި މައްސަލައަށް ދެމެހެއްޓެނެވި ހައްލެއް ހޯދުމާއި ޕްލާންޓް ޕްރޮޓެކްޝަން އެކްޓާއި އޭގެ ދަށުން ހެދިފައިވާ ޤަވާއިދުތައް މުރާޖާއާކޮށް މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

ގަސްގަހަށް ބަލި ޖައްސާ ޖަރާސީމު 52 ބާވަތެއް ރާއްޖެއިން ފެނިފައިވާއިރު ގަސްގަހަށް ބަލި ޖައްސާ ފަނިފަކުސަގެ 55 ބާވަތެއް ރާއްޖެއިން ފެނިފައިވެއެވެ. ރާއްޖޭގައި ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވުމަށް މިނިސްޓްރީން ވަނީ މާރޗް މަހު އެދިފައެވެ. ބައްޔާމެދު ގަސްވިއްކާ ފަރާތްތަކުންނާއި، ގަސް ގަންނަ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ގަހާއި ގަހުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދާނަމަ، ދަނޑުތަކާއި ދުރުގައި ވަކިތަނެއްގައި ގަސްތައް ބަހައްޓާ، މި ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރު ވަންދެން ބެހެއްޓުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރމިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
17 ސެޕްޓެމްބަރު 2023

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023
ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް