Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ރޮނާލްޑޯގެ ދެ ލަނޑާއެކު މޮޅުވެ އަލް ނަޞްރުން ލީގު ރޭހުގައި ކުރިއަށް

އަންގާރަ ދުވަހުގެ ރޭ އަލް އަދަލާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަޞްރު މޮޅުވީ 5-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2023 | ބުދަ 06:39
އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާާލްޑޯ އުފާ ފާޅު ކުރަނީ

އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާާލްޑޯ އުފާ ފާޅު ކުރަނީ

ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުން މޮޅުވެ އަލް ނަޞްރުން ސައުދީ ޕްރޯ ލީގުގެ އެއް ވަނައިގައި އޮތް އަލް އިއްތިހާދުގެ ފުލުގައި ވިއްދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ އަލް އަދަލާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަޞްރު މޮޅުވީ 5-0 އިންނެވެ. މެޗުގައި އަލް ނަޞްރުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ރޮނާލްޑޯ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 55 ވަނަ މިނެޓުގައި ޖެހީ ޓަލިސްކާ އެވެ. އަލް ނަޞްރުގެ ތިން ވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖެހީ ރޮނާލްޑޯ އެވެ. އޭގެ ފަހުން 78 ވަނަ މިނެޓުގައި ޓަލިސްކާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަލް ނަޞްރުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ އައިމަން ޔަހުޔާ އެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު އަލް ނަޞްރަށް ބަދަލުވެ ރޮނާލްޑޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރަށް ކުޅެދިން ނުވަ މެޗުން 11 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ޖުމުލަ އެ ޓީމަށް 11 މެޗު ކުޅެދީފަ އެވެ. މޮޅާއެކު އަލް ނަޞްރު ދެ ވަނައިގައި އޮތީ ކުޅުނު 22 މެޗުން 52 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އަލް އިއްތިހާދު އޮތީ 53 ޕޮއިންޓާއެކު އެވެ.

ސައުދީ ޕްރޯ ލީގުއައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު