Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމުގެ ދައުވަތު

ގާސިމުގެ ދައުވަތަށް އުމަރު: އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމަށް ޝައުޤެއް ނެތް

އުމަރު ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އެޕްރީލު 2023 | ބުދަ 05:27
އުމަރު ނަސީރު

އުމަރު ނަސީރު

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)ން އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީއިން ސިޔާސީ ޕާޓީތަކަށް ފޮނުވި ދައުވަތަށް އުމަރު ނަސީރު ޖަވާބު ދެއްވައިފިއެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވަނީ އެމްއެންޕީ އާއި ޕީޕީއެމް އަދި ޑރ. މުހައްމަދު މުނައްވަރަށާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން އުމަރު ނަސީރު ވިދާޅުވީ، އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް އެރުމަށް ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

އުމަރު ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

ގާސިމް ފޮނުއްވެވި ދައުވަތާއި ގުޅިގެން ޕީޕީއެމްއިން ބުނެފައިވަނީ އެހެން ބަޔަކު އިސްވެ އޮވެ ހަދާ ކޯލިޝަނެއްގައި ބައިވެރިނުވާނެކަމަށާއި އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ވާދަކުރާނެކަމަށެވެ.

އޭގެ އިތުރުން، އެމްއެންޕީންވެސް ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެޕާޓީން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އެގޮތުން ޖޭޕީން ހުށަހެޅި ފަދައިން އެޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި އެމްއެންޕީން ބައިވެރިވުމަކީ، ޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެދައުވަތު ޤަބޫލުކުރުމަކީ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެއްކަމަށް އެޕާޓީން ބުނެފައި ވެއެވެ.

ގާސިމް އިބްރާހީމްރިޔާސީ އިންތިޚާބު 2023އުމަރު ނަސީރު

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ޕީއެންސީ މެމްބަރުންގެ ތެރޭގައި ޑްރަގް ޑީލަރުން އެބަ ތިބި، ނިޒާމު ގެ ތެރެއަށް ވަދެ އެ މީހުން ތިބީ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި: އުމަރު

20 ނޮވެމްބަރު 2025
ޕީއެންސީ މެމްބަރުންގެ ތެރޭގައި ޑްރަގް ޑީލަރުން އެބަ ތިބި، ނިޒާމު ގެ ތެރެއަށް ވަދެ އެ މީހުން ތިބީ ފަނޑިޔާރުންނަށް ބަސް ބުނެވޭ ހިސާބުގައި: އުމަރު
03 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

03 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!
22 އޯގަސްޓު 2025

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
18 ފެބުރުއަރީ 2025

ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

18 ފެބުރުއަރީ 2025
ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު