Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސާވިސް ޗާޖު ރުފިޔާ އިން ދިނުން

ޑޮލަރުން ހޯދާ ސާރވިސް ޗާޖު މުވައްޒަފުންނަށް ޑޮލަރުން ނުދޭނަމަ އެއީ ޓެކުން: ގާސިމް

18 ޖޫން 2025 | ބުދަ 21:20

ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން ކަމަށް ގާސިމު ވިދާޅުވި

ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 21:20
މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ކުންފުނީގެ ޗެއަރަމަން ގާސިމް އިބްރާހިމް

މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ކުންފުނީގެ ޗެއަރަމަން ގާސިމް އިބްރާހިމް

ފަތުރުވެރީން އަތުން ޑޮލަރުން ނަގާ ސާވިސްޗާޖު މުވައްޒަފު މީހާ އަށް ލިބިދޭން ޖެހޭނީ ޑޮލަރުން ކަމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މާމިގިނލީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ. "ޑޮލަރުން ނޫން ގޮތަށް މުއައްޒަފު މީހާ ސާވިސް ޗާޖް ލިބިގަތުމަށް އިންކާރު ކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ، މަކަރާއި، ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައި ގަތުން، ކަމަށް ބެލުމުގެ މައްސަލަ އަކަށް ވުމުގެ ފުރުޞަތު" އޮތް ކަމަށެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކް ތަކަށް މާރު ކުރަން ލާޒިމް ކޮށް, ބޭރު ފައިސާ އާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައި ވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން ކަމަށް ގާސިމު ވިދާޅުވިއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރު ކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

"ފަތުރުވެރީން އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެން ކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންނެވެ."

ގާސިމް އިތުރަށް ވިދާޅުވީ، "ޑޮލަރުން ލިބޭ ސާވިސް ޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅު ހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް" އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީވެސް އެތަށް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތިއެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުން ވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރު ކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާ ކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުވައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީއެވެ."

އަދި ބައެއް އެހެން ކުންފުނިތަކުން މި ހާލަތާ ގުޅިގެން މުސާރަ ވެސް ދިވެހި ރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކަމަށް ވިދާޅުވަމުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި މުވައްޒަފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސް ވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުންނެވެ.

ގާސިމް ވިދާޅުވީ، އެހެންފައިސާ އަކުން ދެވޭނީ އެ މުވައްޒަފު މީހާ އެކަމަށް އިއްތިރާޟް އެއް ނެތް ކަމުގައި ވާނަމައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

08 މާރިޗު 2020

ދިރާގުން މުވައްޒަފުންނަށް "މައިންގެ ކޮޓަރިއެއް" ގާއިމުކޮށްފި

08 މާރިޗު 2020
ދިރާގުން މުވައްޒަފުންނަށް "މައިންގެ ކޮޓަރިއެއް" ގާއިމުކޮށްފި
04 ޖެނުއަރީ 2020

ސަރވިސް ޗާޖު ލިސްޓުގެ އެންމެ ކުރީގައި ރަންދެލި

04 ޖެނުއަރީ 2020
ސަރވިސް ޗާޖު ލިސްޓުގެ އެންމެ ކުރީގައި ރަންދެލި
27 ނޮވެމްބަރު 2018

ޔަންމާ ސާރވިސް ކެމްޕެއިން ފަށައިފި

27 ނޮވެމްބަރު 2018
ޔަންމާ ސާރވިސް ކެމްޕެއިން ފަށައިފި
09 ނޮވެމްބަރު 2018

އެމްއޭސީއެލްގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑުދީފި

09 ނޮވެމްބަރު 2018
އެމްއޭސީއެލްގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑުދީފި
07 ނޮވެމްބަރު 2018

މީރާ އިން ފައިސާ ހޯދާ ދެ އުސޫލެއް ލުއިކޮށްފި

07 ނޮވެމްބަރު 2018
މީރާ އިން ފައިސާ ހޯދާ ދެ އުސޫލެއް ލުއިކޮށްފި
06 ފެބުރުއަރީ 2018

ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފި

06 ފެބުރުއަރީ 2018
ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފި
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް