Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޯލްޑް ބޭންކް

ރާއްޖޭގެ އިގްތިސާދު ދެމެހެއްޓުމަށް އިތުރު ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭ: ވޯލްޑް ބޭންކް

މިއަހަރު ދެކުނު އޭޝިއާގެ ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް 5.6 އިންސައްތައަށް އަރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2023 | ބުދަ 01:48
ވަރލްޑް ބޭންކް

ވަރލްޑް ބޭންކް

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވެ، ފަގީރުންގެ ނިސްބަތް ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ. 

ވޯލްޑް ބޭންކުން މިހެން ބުނީ އަންގާރަ ދުވަހު ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، "އެކްސްޕެންޑިން އޮޕޮޗުނިޓީސް: ޓުވާޑްސް އިންކްލޫސިވް ގްރޯތު"ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން، މިއަހަރު ދެކުނު އޭޝިއާގެ ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް 5.6 އިންސައްތައަށް އަރާނެއެވެ. މިއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އަންދާޒާއަށް ވުރެ ކުޑަ ތަންކޮޅެއް ދަށް މިންވަރެކެވެ. 2021 ވަނަ އަހަރު، ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު 8.2 އިންސައްތައިގައި އިގްތިސާދު އިއާދަވުމަށް ފަހު، 2024 ވަނަ އަހަރު މި ސަރަހައްދުގެ އިގްތިސާދީ ދުވެލި 5.9 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Advertisement - newsAdvertisement

ސަރަހައްދީ ރިޕޯޓާއެކު ނެރުނު އެންމެ ފަހުގެ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ)" ރިޕޯޓުގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމެހެއްޓޭނެ ކަމަށް އަންދާޒާކޮށްފައި ވާއިރު، އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން އަދި އަމިއްލަ ފަރާތްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުން ކަމަށް ވަނީ ބުނެފައެވެ. މި އަހަރު ރާއްޖޭގެ އުފެއްފުންދެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.6 އިންސައްތައިގައެވެ. އެހެން ނަމަވެސް، ބޭރުން ކުރިމަތިވާ ލޮޅުންތަކާއި މާލީ ނިޒާމުގެ ނާޒުކުކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އޭގެ ތެރޭގައި، ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމާއި ނާޒުކު ދުނިޔޭގެ ހާލަތު ހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރު އިންފްލޭޝަން 5.7 އިންސައްތައަށް އުފުލޭނެ ކަމަށް ލަފާކުރެވޭއިރު، އެކަމުގެ މައިގަނޑު ސަބަބަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ރޭޓްތައް ބޮޑުވުން ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ތެލާއި ކާބޯތަކެތީގެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދިން ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އޭގެ އަސަރު އަދިވެސް ގޭބިސީތަކަށް ކުރާނެ ކަމަށާއި ނަމަވެސް، ތެލުގެ އަގު ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭތީ، މެދުރާސްތާގައި އިންފްލޭޝަން 2.5 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހަރަދުކުރަން ރާވާފައިވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި މަތިވާނެ ކަމަށް ވެސް ވަނީ ބަލައިފައެވެ. އެގޮތުން، ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ސަބްސިޑީ ދިނުމާއި ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި ކުރިއަށް އޮތް އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަދި މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް އަދި ދޭ ގޮތް ބަދަލުކުރަން ޖެހެ ކަމަށާއި އިގްތިސާދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ހަރަދުކުރެވޭނެ ނިޒާމެއް ބޭނުންވާކަން ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނީ ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަކީ ރާއްޖޭގެ ކުރިއެރުމުގެ ސިޔާސަތުގެ ވަރަށް ބޮޑު މަގްސަދަކަށް ހެދުމުގެ މުހިންމުކަން ބޮޑު ކަމަށެވެ. އަދި އިގްތިސާދީ ދާއިރާތަކުގެ ބޮޑު ބައެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކުރުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ކަން ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އަދިވެސް އިތުރަށް ފުޅާވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އޮތް ހިތްވަރެއް ކަމަށާއި ނަމަވެސް، މާލީ ނިޒާމަށް ވަރަށް ބޮޑު އިސްލާހީ ބަދަލެއް ބޭނުންވާ ކަމަށެވެ. އެގޮތުން، ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ފެށުމެއް ކަމަށާއި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް މަގު ފަހިކޮށްދޭން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވޯލްޑް ބޭންކް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

18 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު