Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްރޮމޯޝަން ހިންގައިގެން ކޮންމެހެން ކުރަން ޖެހޭ ކަނ

ޕްރޮމޯޝަންގެ ފޯރި ގަދަވެ، ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުވަން ވެސް "ޕްރޮމޯޝަން"!

ޚިދުމަތްތަކަށް އަގު ނުދައްކައިގެން ނޫނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާތީ ޕްރޮމޯޝަންތައް ހިންގުމަކީ ކުރިން ކުރަމުން އައި ކަމެއް ނޫން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 12:35
ހުޅުމާލެ

ހުޅުމާލެ

ކުރިން އަޑު އަހަނީ ވިޔަފާރިތަކުން ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ ހޭދަކޮށް، ވިޔަފާރިކުރުމުން އެ ވިޔަފާރިތަކުން ބާއްވާ ޕްރޮމޯޝަންތަކުގައި ބައިވެރިވެވޭ ވާހަކައެވެ. ކުރިން އަޑު އަހަނީ ޕްރޮގްރާމްތަކުގައި ސުވާލުތަކަށް ޖަވާބުދީގެން ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ލިބޭ ވާހަކައެވެ. ރަމަޟާން މަހާއި އަހަރު ފެށުމާއި އެ ނޫނަސް އެކި މުނާސަބަތުތަކާއި ދުވަސްތަކާއި ދިމާކޮށް ޕްރޮމޯޝަންގެ ވާހަކަ އިވެއެވެ.

އެހެންނަމަވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް، ނޫނީ ތިމާ ހޯދާ ޚިދުމަތެއްގެ އަގު ނުދައްކައިގެން ޕްރޮމޯޝަންތައް ހިންގުން މިއީ އާ ކަމެކެވެ. މި އިހަކަށް ދުވަހު ބަރާބަރަށް ކުލި ދައްކާ ފަރާތްތަކަށް އުމްރާ ދަތުރުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އާބަންކޯއިން ވަނީ ފަށާފައެވެ. 'ޕޭ އެންޑް ވިން'ގެ ނަމުގައި ހިންގާ މި ޕްރޮމޯޝަން އަކީ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން މި ޕްރޮމޯޝަންގެ ގުރުއަތު ނަގަން ވަނީ ހަމަޖެހިފައެވެ.

ސޯޝަލް ހައުސިން އަކީ ދެ ފަރާތުން އެއްބަސްވެގެން ކުލި ދައްކާ ގޮތަށް ހޯދާ ޚިދުމަތެކެވެ. އަދި ކުލި ދައްކާ ނިމުމުން ދިރިއުޅޭ ތަން މިލްކުވީއެވެ. ކަން މިހެން އޮތް އިރު މިފަދަ ތަންތަނުގައި ދިރިއުޅޭ މީހުން ބަރާބަރަށް ކުލި ދައްކަމުން ނުދާތީ އެއީ އެފަދަ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން އޮތް ގޮންޖެހުމެކެވެ. ކުލި ނުދައްކައިފި ނަމަ ފިޔަވަޅު އެޅޭނެ ކަމަށް އެއްބަސްވެ ދެ ފަރާތުން އިގުރާރުވި ނަމަވެސް ކުލި ނުދައްކައިގެން އެންމެ ފަހުން މި ޖެހެނީ އެކަން ކުރުވަން ޕްރޮމޯޝަނެއް ބާއްވާށެވެ.

އެކަމަކު މިއީ އާ ސަގާފަތެއްގެ ފެށުން ބާއޭ ހިތަށް އަރައެވެ. އެއީ މި ޕްރޮމޯޝަނާއި އެކު އިވުނު އަނެއް ވާހަކަ އަކީ ސައިކަލުގައި އެއްޗެހި ހަމަ ނަމަ، ވައުޗރ އެއް ދޭ ވާހަކައެވެ. ޓެކްސް ބަރާބަރަށް ދެއްކުމުން ވެސް ޕްރޮމޯޝަންއެކެވެ. ގަވާއިދުން ސައިކަލު ފީ ދެއްކުމުން ވެސް ޕްރޮމޯޝަންއެކެވެ. މިހެން ގޮސް ދެން ކިޔާނެކަމެއް ނެތެވެ. ކުރުން ލާޒިމް ކޮންމެ ކަމެއް ކުރުވޭނީ އިތުރު އެއްޗެއް ލިބޭނެ ކަމުގެ އުންމީދާއި އެކުގައިތޯއެވެ.

ދެން ވެމްކޯ އާއި ޔުޓިލިޓީ ޚިދުމަތްތަކަށް ބަރާބަރަށް ކުލި ދައްކާ ނަމަ އެކަމަށް ވެސް އިނާމެއް ދޭންވީތޯއެވެ؟ މި ދައްކަނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކުރަން ޖެހޭ ކަންކަން ކުރުވަން ޕްރޮމޯޝަނާއި ލަކީޑްރޯގެ އެހީ ހޯދަން ޖެހޭ ވާހަކައެވެ.

އެކަމަކު ގޭގެ ވެރި މީހާ އަށް ގޭގެ ކުލި ބަރާބަރަށް ނުދައްކައިފި ނަމަ އާއްމު އުސޫލުން އެ މީހާ ޖެހޭނީ ގެއިން ނުކުންނާށެވެ. އެކަމަކު ދައުލަތުން ކަމެއް ފޯރުކޮށްދޭ ނަމަ އެކަން އެ މަގުން ނުކުރެވެއެވެ. ދެން ހުރިހާ ކަމަކަށް ވެސް ޕްރޮމޯޝަން ބާއްވަންވީހެއްޔެވެ؟ މަގުމަތީގައި ޓްރެފިކް ޤަވާއިދާއި އެއްގޮތަށް އުޅޭ ނަމަ އެ ބަޔަކަށް ވެސް ހަދިޔާ އެއް ދޭން ވީހެއްޔެވެ؟ ކުށްވެރިވާ ގޮތް ދޫކޮށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އޮތް ހަމައެކަނި މަގަކީ ޕްރޮމޯޝަން ކަމަށް ވީމަ އެއީ އެންމެ ރަނގަޅު ގޮތްތޯއެވެ؟

މަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު