Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާނުގައި ބުރުގާ އެޅުން ލާޒިމުކުރުން

އީރާނުގައި ބުރުގާ އެޅުން ޤާނޫނުން ލާޒިމުކޮށް، ބުރުގާ ނާޅާ މީހުންނާ ކުރިމަތިލާން ގޮވާލައިފި!

4 އެޕްރީލު 2023 | އަންގާރަ 08:35

އީރާނުގެ ޤާނޫނު ބުނާ ގޮތުން ބުރުގާ ނުވަތަ ހިޖާބު އެޅުން ނޫން ގޮތެއް އެ ޤައުމުގެ އަންހެނުންނަށް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 އެޕްރީލު 2023 | އަންގާރަ 08:35
ހިޖާބު އަޅަން ޖެހޭ ކަމަށް ޤަބޫލު ނުކުރާ މީހުންނަށް، ލައިވްއެއްގައި ރައްދު ދެއްވަމުން ރައީސީ ވަނީ، އީރާނުގައި ހިޖާބު އެޅުމަކީ މިހާރު ޤާނޫނާ ގުޅިފައި ވާ ކަމެއް ކަމަށް ވިދާޅުވެފައި

ހިޖާބު އަޅަން ޖެހޭ ކަމަށް ޤަބޫލު ނުކުރާ މީހުންނަށް، ލައިވްއެއްގައި ރައްދު ދެއްވަމުން ރައީސީ ވަނީ، އީރާނުގައި ހިޖާބު އެޅުމަކީ މިހާރު ޤާނޫނާ ގުޅިފައި ވާ ކަމެއް ކަމަށް ވިދާޅުވެފައި

މުސްލިމް އަންހެނާގެ އައުރަކީ ކޮބައިކަން އިސްލާމް ދީނުގައި ސާފުކޮށް ބަޔާންކޮށްދީފައި ވާ އިރުވެސް، ހުޅަނގުގެ ލާދީނީ ފިކުރުގެ ޝިކާރައަކަށްވެ، އިސްލާމީ ހިދާޔަތުގެ މަގުން ކަސިޔާރުވެގެންދާ މީހުން މަދެއް ނޫނެވެ. އިންސާނީ ޙައްޤާއި ޒާތީ މިނިވަންކަމުގެ ނަމުގައި، ދީނީ ވާޖިބުތަކަށް ފުރަގަސްދޭ މީހުންގެ ޢަދަދުވެސް މަދެއް ނޫނެވެ. ގިނަ ފަހަރަށް، ސީދާ މަގުން ކަސިޔާރު ކުރުމުގެ ފަހަތުގައި ނަގާ ކިއަން ތިބެނީ ހުޅަނގުގެ ޣައިރު މުސްލިމުންނެވެ. އަންހެނުންގެ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކައިގެ ތެރެއިން މި ފަހުން އެންމެ ގަދަވެގެން ދިޔަ އެއް އަޑަކީ އީރާނުގައި ބުރުގައި އެޅުމާ ގުޅޭ ގޮތުން ހިނގާދިޔަ ކަންތަކުގެ އަޑެވެ.

އީރާނުގެ ޤާނޫނު ބުނާ ގޮތުން ބުރުގާ ނުވަތަ ހިޖާބު އެޅުން ނޫން ގޮތެއް އެ ޤައުމުގެ އަންހެނުންނަށް ނެތް ކަމަށް، އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ ވިދާޅުވެފައެވެ. ރައީސީ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވާ އިރު، އީރާނުގައި ޝީޢީންގެ އަޣުލަބިއްޔަތު ބޮޑު ސިޓީއެއްގެ ފިހާރައެއްގެ ކައިރީގައި ބުރުގާ ނާޅާ ތިބި އަންހެނުންތަކެއްގެ ގަޔަށް، ފިރިހެނަކު ޔޯގަޓް ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.

އީރާނުގެ ކުރުދީންނަށް ނިސްބަތްވާ، ޢުމުރުން 22 އަހަރުގެ އަންހެނަކު، އޭނާގެ ހަށިގަނޑު ނިވާ ކޮށްފައި ހުރި ގޮތުން އެ ޤައުމުގެ ކަމާ ބެހޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް، ކުށްލި ގޮތަކަށް މަރުވި ހާދިޘާއާ ގުޅިގެން ހޫނުވި މަސްރަޙަށް އަދިވެސް ފިނިކަމެއް ނުލިބެއެވެ. ސެޕްޓެމްބަރު މަހުގެ އެ ހާދިޘާއަށް ފަހު، ގިނަ ޢަދަދެއްގެ އަންހެނުން ދަނީ ބުރުގާ އެޅުމާ ދެކޮޅަށް ތެދުވެ، މުޒާހަރާވެސް ކުރަމުންނެވެ. މުޒާހަރާތައް ކޮށް، މިނިވަންކަމުގެ ނަމުގައި އިސްލާމީ އަޚުލާޤު ވެއްޔާ މޮޑެލަން ހިތްވަރު ދެނީ ލާދީނީ ފިކުރުގެ މީހުން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.

ފިހާރައެއްގެ ތެރޭގައި ބުރުގާ ނާޅާ ތިބި 2 އަންހެނެއްގެ ބޮލަށް ޔޯގަޓް އޮއްސާލާ މަންޒަރު، ސީސީޓީވީ ފުޓޭޖުން ފެނެއެވެ. އެއީ މަންމައަކާއި އޭނާގެ ދަރިފުޅު ކަމަށް މަޢުލޫމާތު ލިބެއެވެ. ހާދިޘާ ހިނގާފައި ވާ ކަމަށް ބެލެވެނީ އީރާނުގެ އިރު އުތުރުގެ ސިޓީއެއް ކަމަށް ވާ ޝަންދީޒްގައެވެ.

ޝަންދީޒްގެ ޝަރުޢީ ދާއިރާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ޔޯގަޓް ޖެހި ފިރިހެން މީހާ ހޯދަން ޢަމުރު ނެރެފައެވެ. އަދި އެ ދެ އަންހެނުން ހޯދަންވެސް ޢަމުރު ނެރެފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ. އެ ދެ އަންހެނުން ހޯދަން ޢަމުރު ނެރެފައި ވަނީ، އީރާނުގައި ހެދުން އެޅުމަށް ކަނޑައަޅާފައިވާ ޤަވައިދުތަކާ ޚިލާފުވުމުގެ ކުށުގައެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި، ޔޯގަޓް ހަމަލާ ދިން ފިރިހެން މީހާއާ ކުރިމަތިލި ފިހާރައިގެ އޯނަރަށް މިހާރު އިންޒާރު ދީފައި ވާނެ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ މަޢުލޫމާތާ ހަވާލާދީ ރޮއިޓަރޒްއިން ރިޕޯރޓް ކޮށްފައި ވާ ގޮތުގައި، އެ ފިހާރަ މިހާރު ހުރީ ބަންދުވެސް ކޮށްފައެވެ. ނަމަވެސް، ވިޔަފާރި ކުރުމުގެ ހުއްދަ، ކަމާ ބެހޭ ފަރާތްތަކުން ބާޠިލު ކޮށްފައި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެމީހާގެ ފަރާތުން، ކޯޓަށް ބަޔާނެއް ދޭން ޖެހޭ ކަމަށްވެސް ޚަބަރު ލިބެއެވެ.

ހައްޔަރު ކުރިއަސް ހެޔޮކަމަށް، އައުރަ ނިވާ ނުކޮށް އީރާނުގެ ވިޔަފާރި މޯލްތަކާއި، ރެސްޓޯރަންޓް އަދި ފިހާރަތަކާއި މަގުތައް މަތީގައި އުޅޭ އަންހެނުން އަދިވެސް އުޅެއެވެ. އީރާނުގައި ހަރަކާތްތެރިވާ ޢަބުރު ބަލަހައްޓާ ފުލުހުންގެ ޢަމުރުތަކަށް، އެފަދަ އަންހެނުން ނުކިޔަމަންތެރިވެ، ގަދަ ދައްކާ މަންޒަރުތައް، ސޯޝަލް މީޑިއާގައިވެސް ދައުރުވެއެވެ.

ހިޖާބު އަޅަން ޖެހޭ ކަމަށް ޤަބޫލު ނުކުރާ މީހުންނަށް، ދަޢުލަތުގެ ޓީވީ މެދުވެރިކުރައްވާ، ލައިވްއެއްގައި ރައްދު ދެއްވަމުން ރައީސީ ވަނީ، އީރާނުގައި ހިޖާބު އެޅުމަކީ މިހާރު ޤާނޫނާ ގުޅިފައި ވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ޖުޑީޝަރީ ޗީފް، ޣުލާމްޙުސައިން މުޙްސިނީ ވަނީ، ބުރުގާ ނާޅާ އާންމު ތަންތަނުގައި އުޅޭ އަންހެނުންނާ މެދު، އެއްވެސް ރަޙުމެއް ނެތި ޝަރިޢަތް ހިންގަވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

1979 ވަނަ އަހަރުގެ އިންޤިލާބަށް ފަހު އީރާނުގައި ތަންފީޒު ކުރަމުންދާ ޤާނޫނަކީ އިސްލާމީ ޝަރީޢާއަށް ފެތޭ ގޮތަށް އެކުލަވާލާފައި އޮންނަ ޤާނޫނެކެވެ. އެގޮތުން އަންހެނުންގެ އިސްތަށިގަނޑު ނިވާ ކުރުމާ، ހަށިގަނޑުގެ ވަނާތައް ފާޅު ނުވާނެ ވަރަށް ދޫކޮށް އަދި ދިގުކޮށް ހުންނަ ހެދުން ލުމަކީ އަންހެނުންނަށް ލާޒިމު ކަމެކެވެ. އެއާ ޚިލާފުވާ މީހުންނަށް އޮތީ އާންމުންގެ ފުރައްސާރައާއި، ޖޫރި މަނާކުރުން ނުވަތަ ހައްޔަރު ކުރުމެވެ.

ބުރުގާއަކީ އީރާނުގެ ޙަޟާރާތީ ބިންގަލުގެ ބައެއް ކަމުގައި ސިފަ ކުރަމުން، އީރާނުގެ ދާޚީލީ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ބުރުގާގެ މައްސަލާގައި އެ ޤައުމުން އެންމެ ތަންފުކެއް ފަހަށް ނުޖެހޭނެ ކަމަށާ، ދޫ ނުދޭނެ ކަމަށެވެ. އަދި ބުރުގާ ނާޅާ އަންހެނުންނާ ކުރިމަތިލުމަށްވެސް ދާޚިލީ ވުޒާރާއިން ގޮވާލާފައި ވާ ކަމަށް، ރޮއިޓަރޒްއިން ވަނީ ރިޕޯރޓް ކޮށްފައެވެ.

މުއުމިނު އަންހެނާ އޭނާގެ އައުރަ ނިވާކުރުމަކީ ވާޖިބެއްކަން ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. މުއުމިނު އަންހެނާގެ މޫނާއި ދެ އަތްތިލަ ނޫން އެހެން ހުރިހާ ތަނެއް ނިވާކޮށް ފޮރުވުމަށް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ. ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުންވެސް އެކަން އޮތީ އެނގި، ސާބިތުވާށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2019

މުއިއްޒުއަށް ފިޔަވަޅު އެޅުން: ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް!

13 ޑިސެމްބަރު 2019
މުއިއްޒުއަށް ފިޔަވަޅު އެޅުން: ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް!
08 ޑިސެމްބަރު 2019

އަންހެނުންނަށް 33 އިންސައްތަ ކަނޑައެޅުން، ފިރިހެނުން ޖެހިލުންވާ ކަމެއް؟!

08 ޑިސެމްބަރު 2019
އަންހެނުންނަށް 33 އިންސައްތަ ކަނޑައެޅުން، ފިރިހެނުން ޖެހިލުންވާ ކަމެއް؟!
17 ނޮވެމްބަރު 2019

މާރުކޭޓު ގޮޅި ކަނޑައެޅުން: ކައުންސިލަރުން އެއް ގަލަކަށް ނޭރި ބޭކާރު ވަގުތުތަކެއް!

17 ނޮވެމްބަރު 2019
މާރުކޭޓު ގޮޅި ކަނޑައެޅުން: ކައުންސިލަރުން އެއް ގަލަކަށް ނޭރި ބޭކާރު ވަގުތުތަކެއް!
17 ޖެނުއަރީ 2018

ފޮއިގޮނޑި އެޅުން: ކިހިނެއް ކުރާ ކަމެއް؟

17 ޖެނުއަރީ 2018
ފޮއިގޮނޑި އެޅުން: ކިހިނެއް ކުރާ ކަމެއް؟
05 އޮކްޓޯބަރު 2017

ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

05 އޮކްޓޯބަރު 2017
ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
12 ޖުލައި 2017

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!
03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
21 ޖޫން 2017

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި
31 ޖެނުއަރީ 2017

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް