Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމަރަފުށީގެ މަގުހެދުން

ތ.ތިމަރަފުށީގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން %50 މަސައްކަތް ނިމިއްޖެ - އަސްލަމް

އެ މަޝްރޫއުގެ ދަށުން 4000 މީޓަރުގެ މަގު އަޅަން ހަމަޖެހިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 އެޕްރީލު 2023 | އަންގާރަ 07:12
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް

ތ.ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން 50% މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، އާ ކުރައްވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރާއި ރިޔާޒް ކުރައްވާފައިވާ ސުވާލަކީ ތ.ތިމަރަފުށީގެ މަގު ހެދުމުގެ މަޝްރޫޢު ނުނިމި، މަޝްރޫޢު ނިންމަން ޖެހޭ ތާރީހު ދެ ފަހަރަށް ފަހަނަ އަޅާ ގޮސްފައިވާތީ، އަދި މަޝްރޫޢު ނިމުމުގެ ކޮޅުމަތި ނުފެންނާތީ، މަޝްރޫޢު ނިމޭނެ ތާރީހެއް ސާފުކުރުމަށް ކޮށްފައިވާ ސުވާލެކެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން 4000 މީޓަރުގެ މަގު އަޅަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ދިގު މަގަކީ އެއާޕޯޓައި ރަށާއި ދޭތެރޭގައި އަޅާ 1241 މީޓަރުގެ މަގު ކަމަށެވެ. އެ މަގު ހޯމަ ދުވަހު ހުޅުވާފައިވާ ކަމަށާއި އެހެން މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. 10 މޭއި އަށް މި މަސައްކަތް ނިިންމަން އޮތް ނަމަވެސް އެ މުއްދަތަށް މަސައްކަތް ނިމޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެއަށް ވުރެ ދުވަސް އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް އެ މަސައްކަތަށް ދީފައިވާ މުއްދަތު އިތުރުކުރަން އެދިފައި ނުވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކޮންޓަރެކްޓަރ މަސައްކަތަށް ވަގުތު އިތުރުކޮށްދިނުމަށް ނޭދެނީސް އެކަމަށް އިތުރު މުއްދަތެއް ކަނޑައަޅާ އެ ވާހަކަ މިނިސްޓަރު ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެންމެ ލަސްވެގެން މި އަހަރު ނިމެންވާ އިރަށް މި މަސައްކަތް ނިމެންވާނެ ކަމަށާއި އުންމީދަކީ އޮގަސްޓުގެ ނިޔަލަށް އެ މަސައްކަތް ނިމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އަސްލަމްގެ ޖަވާބާއި ގުޅިގެން މެމްބގަރު ރިޔާޒް ވަނީ އެއާޕޯޓާއި ރަށާއި ދެމެދު އޮތް މަގު ހުޅުވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު