Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ

ގިނަ ގޯސްތަކެއް ހެދުނު، ނަމަވެސް މޮޅުވެވުމުން އުފާވޭ: އިވާން

ރާއްޖޭގައި ފުޓުބޯޅަ ނުކުޅޭތާ ހަތް މަސް ފަހުން، ކުއްލިއަކަށް އައިސް ދަނޑު މައްޗަށް އަރައި ކުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 06:19
ޗެރިޓީ ޝީލްޑު މެޗުގެ ކުރިން ބޭއްވި ޕްރެސްގައި މާޒިޔާގެ ކޯޗު އިވާން

ޗެރިޓީ ޝީލްޑު މެޗުގެ ކުރިން ބޭއްވި ޕްރެސްގައި މާޒިޔާގެ ކޯޗު އިވާން

އައު ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި މާޒިޔާގެ ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި، ނަމަވެސް އެ މެޗުން މޮޅުވެ ޝީލްޑު ކާމިޔާބު ކުރެވުމުން އުފާވާ ކަމަށް އެ ޓީމުގެ ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.

އީގަލްސްއާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން އިވާން ބުނީ، ފުރަތަމަ ކަމަކަށް މުހިންމުވީ މެޗުން މޮޅުވުން ކަމަށާއި އެކަން ހާސިލް ކުރެވުމުން ޓީމުގެ ކުޅުންތެރިންނަށް މަރުޙަބާ ކިޔާ ކަމަށެވެ. އޭނާ ބުނީ ޖުމުލަކޮށް މެޗުގައި މާޒިޔާގެ ކުޅުންތެރިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. ނަމަވެސް މެޗުގައި ގިނަ ގޯސްތަކެއް ހެދުނުކަން ވެސް އިވާން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އޭނާ ބުނީ އެއީ އާދައިގެ ކަމެއް ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ފުޓުބޯޅަ ނުކުޅޭތާ ހަތް މަސް ދުވަސް ވެފައިވާ ކަމަށާއި، އެހެންކަމުން އެއަށްފަހު އައިސް ދަނޑު މައްޗަށް އަރައި ކުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އިވާން ބުނީ އެ މެޗުގައި މާޒިޔާގެ ހުރިހާ ކުޅުންތެރިން ވެސް އެމީހުންގެ އެންމެ މޮޅު ކުޅުން ދެއްކުމަށް މަސައްކަތް ކުރި ކަމަށެވެ.

މީގެ އިތުރުން އިވާން ބުނީ މެޗުގެ ނަތީޖާއާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ވެސް މާޒިޔާ އަށް އެޓޭކުގައި މާ ރަނގަޅަށް ކުޅެވެންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ މެޗަށްވުމުން އެކިއެކި ކަންކަން ކުރިމަތިވި ކަމަށެވެ. އެކަން ފާހަގަކުރަމުން އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކަށް ނިކުންނައިރު، އެކަން ރަނގަޅު ކުރާނެ ކަމަށެވެ. އިތުރަށް އޭނާ ބުނީ ކުރިއަށް އޮތް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ކުރަމުން އަންނަ މަސައްކަތް ކުރުމުގައި ކުރިއަށް ދާނެ ކަމަށެވެ.

މިއީ މިއަހަރުގެ ފެބްރުވަރީ މަހު މާޒިޔާގެ ކޯޗުކަމާ އިވާން ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. އޭގެ ފަހުން މާޒިޔާ އިން ވަނީ ސައުދީ އަރަބިޔާގައި ކުރި ތަމްރީނު ކޭމްޕުގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. މިއަހަރުގެ ޝީލްޑް ކާމިޔާބު ކުރުމާއެކު މާޒިޔާ އިން ވަނީ ޖުމުލަ ފަސް އަހަރު ޝީލްޑް ކާމިޔާބުކޮށްފަ އެވެ. އެންމެ ގިނައިން ޝީލްޑު ކާމިޔާބުކޮށްފައިވަނީ ވެސް މާޒިޔާ އިންނެވެ. އެ ޓީމުން ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު ޝީލްޑު ކާމިޔާބުކޮށްފަ އެވެ. މާޒިޔާ އަކީ އައު ސީޒަނަށް އެންމެ ފުރަތަމަ ތައްޔާރުވާން ވެސް ފެށި ކުލަބެވެ. އެގޮތުން އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމަށްފަހު، އެހެން ކުލަބު ތަކުގައު ވެސް ތިބި މޮޅެތި ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު