Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިންގެ ތަފާސްހިސާބު

މިދިޔަ މަހު ރަޝިއާއިން އެކަނި 20،000 އަށްވުރެ ގިނަ ފަތުރުވެރިން!

މިއަހަރުގެ މާޗު މަހު ޖުމްލަ 173،514 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 އެޕްރީލު 2023 | ހޯމަ 22:20
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި

މިދިޔަ މާޗު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރޭގައި މިއަހަރުގެ ރާއްޖޭގެ އެއްވަނަ މާކެޓު ކަމަށްވާ ރަޝިއާގެ 20،000 އަށްވުރެ ގިނަ ފަތުރުވެރި ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މާޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު ވަނީ 15.1 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މާޗު މަހު ޖުމްލަ 173،514 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެއީ 20،313 ފަތުރުވެރިންނެވެ. އަދި ދެވަނަ ޤައުމަކަށް އިންޑިއާ އޮތް އިރު އެ ޤައުމުން އައީ 18،099 ފަތުރުވެރިންނެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން 17،261 ފަތުރުވެރިން އައިއިރު ޖަރުމަނުން 14،309 ފަތުރުވެރިން، އިޓަލީން 13،816 ފަތުރުވެރިން، އެމެރިކާއިން 7،880 ފަތުރުުވެރިން، ޗައިނާއިން 7،619 ފަތުރުވެރިން، ފްރާންސުން 6،025 ފަތުރުވެރިން ސްވިޒަލެންޑުން 3،800 ފަތުރުވެރިން އަދި ޗެކް ރިޕަބްލިކުން 2،971 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މާޗު މަހު އެވްރެޖުކޮށް 5،597 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ. އެގޮތުން، އެންމެ ގިނަ ފަތުރުވެރިން އެއް ދުވަހެއްގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 4 މާޗުގައެވެ. އެއީ 7،384 ފަތުރުވެރިންނެވެ. އެންމެ މަދުން އައި ދުވަހުވެސް 4،162 ފަތުރުވެރިން އައި ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މާޗު މަސް ނިމުނު އިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ބައިމިލިއަނަށްވުރެ އިތުރުވެފައެވެ. އެގޮތުން 523،928 ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
10 އެޕްރީލު 2017

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

10 އެޕްރީލު 2017
ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު