Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ޕާޓީ

ކޯލިޝަން ހެދުމަށް ޤާސިމްގެ ދައުވަތު ޕީޕީއެމްއާއި އެމްއެންޕީއަށް

ފަސް ފަރާތަކަށް ގާސިމް ވަނީ ކޯލިޝަންގެ ދައުވަތު ފޮނުއްވައިފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 3 އެޕްރީލު 2023 | ހޯމަ 15:20
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް އާއި އެމްއެންޕީއަށް ދައުވަތު ދީފިއެވެ.

ޖޭޕީގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ފަރާތުން ޕީޕީއެމްއާއި އެމްއެންޕީ ހިމެނޭހެން ޖުމްލަ ފަސް ފަރާތަކަށް ވަނީ ކޯލިޝަންގެ ދައުވަތު ފޮނުއްވައިފައެވެ.

ގާސިމްގެ ފަރާތުން ކޯލިޝަންގެ ދައުވަތު ޕީޕީއެމާއި އެމްއެންޕީގެ އިތުރުން އެމްއާރުއެމްއަށާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް ވަނީ ފޮނުއްވައިފައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް ދޭން އެޕާޓީގެ ކައުންސިލުގެ އިއްތިފާގުން ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމައި، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މަރޗް މަހުގެ މަހުގެ 16 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހަމަވިއިރު، ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅުއްވާފައި ވަނީ ގާސިމް އެކަންޏެވެ.

ގާސިމަކީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް ދެ އިންތިޚާބުންވެސް ވަނީ ގާސީމް އާ ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންފައެވެ.

ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައުވަތު ދެއްވާފައިވަނިކޮށެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް

01 އެޕްރީލު 2017
ރިޝްވަތު ދިންކަމަށް އިއުތިރާފްވި މެމްބަރުގެ މައްސަލަ ނުބެލޭ، ޤާސިމްގެ ތަހުގީގަކީ ސިޔާސީ ކަމެއް:ޑރ ޖަމީލް
30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު