Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ

ބާސެލޯނާގެ ކޮރަޕްޝަންގެ މައްސަލަ: ޗެފެރިން ވިދާޅުވަނީ "ވަރަށް ސީރިއަސް ކަމަށް"

3 އެޕްރީލު 2023 | ހޯމަ 19:24

ޗެފެރިން ވިދާޅުވީ މިއީ މިހާތަނަށް ފުޓުބޯޅައިގައި އޭނާ އަށް ފެނުނު އެންމެ ސީރިއަސް މައްސަލަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އެޕްރީލު 2023 | ހޯމަ 19:24
ޔުއެފާގެ ރައީސް ޗެފެރިން

ޔުއެފާގެ ރައީސް ޗެފެރިން

ސްޕެއިންގެ ގަދަ އެއް ބާރު ކަމުގައިވާ ބާސެލޯނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކީ ވަރަށް ސީރިއަސް މައްސަލައެއްް ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ.

ޗެފެރިން މިހެން ވިދާޅުވީ ބާސެލޯނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ޔުއެފާ އިން ތަހުގީގު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ބާސެލޯނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ސްޕެނިޝް ލީގުގެ ރެފްރީސް ކޮމިޓީގެ ކުރީގެ ނައިބު ރައީސަކަށް ހުންނެވި އެންރީކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ވިޔަފާރި ކުންފުންޏަކަށް ފައިސާ ދީފައިވާ މައްސަލަ އެވެ. އެ ތުހުމަތުގައިވާ ގޮތުން ބާސެލޯނާއިން ވަނީ އެ ކުންފުންޏަށް 9 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ޑޮލަރު ދީފަ އެވެ. އެއީ 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގެ މުއްދަތެއްގަ އެވެ. އެ މައްސަލާގައި ބާސެލޯނާގެ ކޯޓެއްގައި މިހާރު ވަނީ އެ ކުލަބާ ދެކޮޅަށް ދައުވާވެސް އުފުލާފަ އެވެ.

ސްލޮވީނިއާގެ މީޑިއާއަކަށް ޗެފެރިން ދެއްވި އިންޓަވިޔުއްގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ބާސެލޯނާގެ މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. ޗެފެރިން ވިދާޅުވީ މިހާރު އެ މައްސަލައިގެ މައުލޫމާތު އޭނާ ހަމައަށް ވެސް އައިސްފައިވާ ކަމަށާއި، ފެންނަން ހުރި މައުލޫމާތަށް ބަލާފައި ވިދާޅުވެވޭނީ "ވަރަށް ސީރިއަސް" ކަމަށެވެ. މީގެ އިތުރުން ޗެފެރިން ވިދާޅުވީ މިއީ މިހާތަނަށް ފުޓުބޯޅައިގައި އޭނާ އަށް ފެނިވަޑައިގެންނެވި އެންމެ ސީރިއަސް މައްސަލަ ކަމަށެވެ. ނަމަވެސް ޗެފެރިން ވިދާޅުވީ އެކަމާ ގުޅިގެން ސީދާ ވަކި އެއްޗެއް ވިދާޅުވާން އުނދަގޫ ކަމަށާއި، އެކަމުގައި ދެ ސަބަބެއް ވެސް އޮތް ކަމަށެވެ. ފުރަތަމަ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެ މައްސަލައާ ހަވާލުވެގެން، ތަހުގީގު ކުރަމުން އަންނަ މިނިވަން ޑިސިޕްލިނަރީ ކޮމެޓީއެއް އޮތުން ކަމަށެވެ. ދެ ވަނަ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއްގައި މިހާތަނަށް ތަފްސީލުކޮށް އޭނާ މުއާމަލާތްކޮށްފައި ނުވާނެތީ އެވެ. އޭނާ ވިދާޅުވީ ސްޕެނިޝް ލީގުގެ ފެންވަރުގައި މި މައްސަލައަކީ ވަގުތު ފާއިތުވެފައިވާ އަދި ވާދަވެރި ނަތީޖާއެއް ނުނެރެވޭނެ ކަމަކަށްވީ ނަމަވެސް، ތަހުގީގު ކުރިއަށް ދަނީ ސްޕެއިންގެ ސިވިލް ޕްރޮސެކިއުޓަރު އޮފީހުގެ ފެންވަރުގައި ކަމަށެވެ.

ޔުއެފާގެ 31 ވަނަ އާޓިކަލްގެ ހަތަރު ވަނަ މާއްދާގައި ބުނާ ޑިސިޕްލިނަރީ ރެގިއުލޭޝަންގެ ދަށުން، ބާސެލޯނާއިން ނެގްރެއިރާއަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ބަލައި ތަހުގީގުކުރުމަށް ޔުއެފާއިން ވަނީ ޚާއްޞަ އިންސްޕެކްޓަރުންތަކަކާ ހަވާލުކޮށްފައެވެ. މިކަމާ ގުޅިގެން ބާސެލޯނާއިން މިހާތަނަށް ރަސްމީ ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ. ނަމަވެސް މި މައްސަލާގައި މީގެ ކުރިން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާއިން މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށާއި، ކުލަބުން އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުންނުވާކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
27 ޖޫން 2017

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

27 ޖޫން 2017
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
26 މެއި 2017

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް