Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

އެފްއޭއެމް އިން ބޯލް ބޯއީސުންނަށް ދޭން ޖެހޭ ބައި ލައްކައެއްހާ ރުފިޔާ ނުދެވި މައްސަލަ ބޮޑުވެއްޖެ!

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޅަހޮވާ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް މިހާތަނަށް 8000ރ. އަނެއް ބައިކުދިންނަށް 5000ރ. ވެސް ނުދީ އެބަހުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އެޕްރީލު 2023 | ހޯމަ 06:47
އެފްއޭއެމްގައި ބޯޅަ ހޮވުމަށް މަސައްކަތް ކުރި ކުދިން

އެފްއޭއެމްގައި ބޯޅަ ހޮވުމަށް މަސައްކަތް ކުރި ކުދިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގާ މާލީ މައްސަލަތައް ބޮޑުވެފައި ވަނިކޮށް، އަނެއްކާ ވެސް މިވަނީ އެހެން މައްސަލައެއް ފެންމަތިވެފަ އެވެ. ބޯލް ބޯއީސުންނަށް ދޭން ޖެހޭ އެތައް ރުފިޔާ އެއް ނުދޭ ކަމުގެ ޝަކުވާ ބޮޑުވެ، އެ ކުދިން ވަނީ ބޯޅަ ހޮވަން ނުނިކުންނަން ނިންމައިފަ އެވެ.

އެފްއޭއެމުން އިންތިޒާމު ކުރާ މުބާރާތްތަކާއި، މެޗުތަކަށް ބޯލް ބޯއީސުންގެ ގޮތުގައި ހަރަކާތްތެރިވާ ބައެއް ކުދިންނާއި މި މަސައްކަތުގައި އުޅުނު އެފްއޭއެމުގެ އޮފިޝަލުންގެ ފަރާތުން ކަށަވަރުކުރެވިފައިވާ ގޮތުގައި ބޯޅަހޮވަން ދަނޑަށްދާ ކުދިންނަށް 40،000 (ސާޅީސް ހާސް) އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނުދީ އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ނިމުނު ސީޒަނުގައި ދޭންޖެހޭ ފައިސާ އެވެ.

އެފްއޭއެމުގައި ބޯލްބޯއީސްގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްކޮށް އުޅުނު އޮފިޝަލަކު ބުނީ ބޯޅަ ހޮވުމަށް ކުދިން ގެންދަނީ މެޗަކަށް 100 ރުފިޔާގެ ރޭޓުން ފައިސާ ދޭ އުސޫލުން ކަމަށެވެ. އަދި މިއީ 18 އަހަރު ނުފުރޭ ކުދިން ކަމަށްވާތީވެ މިކަން އޮތީ އެ ކުދިންނާއި އެފްއޭއެމާ ދެމެދު އަނގަބަހުން ވާހަކަދެކެވި ދެ ފަރާތުގެ އިތުބާރަކަށް ދޫކޮށްލާފައި ކަމަށެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޅަހޮވާ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް މިހާތަނަށް 8000ރ. އަނެއް ބައިކުދިންނަށް 5000ރ. ވެސް ނުދީ އެބަހުއްޓެވެ. އަދި 4000ރ. އާއި ރ.3000 އާ ދެމެދުގެ އަދަދަކަށް ފައިސާ ދޭންޖެހފައިވާ ކުދިން ވެސް އެބަތިއްބެވެ. ބޯޅަހޮވަން ދަނޑަށް ދިޔަ ބައެއް ކުދިން ބުނީ ދޭން ޖެހޭ ފައިސާގެ އަދަދު މަތިވީ އެކިއެކި މުބާރާތްތަކަށް ދޭން އެއްބަސްވި ފައިސާ ގަވާއިދުން ނުދީ ދިގުދަންމާލުމުންނެވެ. އަދި ފައިސާ ނުދެވުމުގެ ސަބަބުން ބައެއް ކުދިން ވަނީ ބޯލް ބޯއީސްގެ ގޮތުގައި ހަރަކާތްތެރިވުން ހުއްޓާލާފައި ކަމަށެވެ.

މިކަމާ ގުޅިގެން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް ވިދާޅުވީ، ބޯލް ބޯއީސުންނަށް ދޭން ޖެހޭ އެލަވަންސް އަންނަނީ ދެމުން ކަމަށެވެ.

މިސާލެއްގެ ގޮތުގައި ޖަވާ ދެއްކީ ރެފްރީންގެ އެލަވަންސް އެވެ. ޖަވާ ވިދާޅުވީ ރެފްރީންގެ އެލަވަންސް ވެސް ދެނީ މެޗަށް ދިޔައީމަ ނަގުދުކޮށް ނަގާފައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ އެލަވަންސް ވެސް ދެނީ މަސް ދުވަހުން، ދެ މަސް ދުވަހުން ނުވަތަ ހަ މަސް ދުވަހުން ކަމަށެވެ. ނަމަވެސް ބޯލް ބޯއީސުންނަށް ދޭން ޖެހޭ އެލަވަންސްގައި ނުދީހުރި ފައިސާތަކެއް ހުންނާނެ ކަމަށް ވެސް ޖަވާޒް އެއްބަސްވި އެވެ.

އިތުރަށް ޖަވާޒް ވިދާޅުވީ ބޯލް ބޯއީސުންނަށް އެލަވަންސެއް ދޭން ޤާނޫނަކު ނުވަތަ ޤަވާއިދަކު ނޯންނާނެކަމަށެވެ. ނަމަވެސް އެއީ ކުޑަކުދިން ތަކަކަށްވުމުން އެފްއޭއެމުން އެ ކުދިންނަށް އެހީތެރިވާން ބައެއް ފަހަރު ބޫޓު ވެސް ދެމުން އަންނަ ކަމަށެވެ. އަދި އެ ކުދިންގެ މެޗަށް ހާޒިރުވުމުން ދުވާލަކު 100 ރުފިޔާގެ ރޭޓުން ސައިބުއިމަށް ރުފިޔާ ދެމުން އަންނަ ކަމަށެވެ.

އިތުރަށް ޖަވާ ވިދާޅުވީ ބޯލް ބޯއީސް ފައިސާ ނުދީގެން ކަމަށް ޝަކުވާކުރާއިރު އެފްއޭއެމުން ބޯލް ބޯއީސުންނަށް ދޭން ބުނެފައިވާ އެއްޗެއް ނުދީހުރިނަމަ އެއެއްޗެއް ލިބޭނެ ކަމަށެވެ. ބޯލްބޯއީސް އަށް ނުދީހުރީ ކިހާ ފައިސާއެއްތޯ އެހުމުވުން ވިދާޅުވީ މިހާތަނަށް ނުދެވި އޮތް އަދަދެއް "ޖެހޭނީ ސާފުކޮށްލަން،" ކަމަށެވެ.

މިކަމުގެ ތަފްސީލް އިތުރަށް ދެމުން ޖަވާޒް ވިދާޅުވީ ބޯލް ބޯއީސްގެ ގޮތުގައި މަސައްކަތް ކުރަނީ 16 އަހަރުން ދަށުގެ ކުދިން ކަމަށާއި މިހެންވެ އެ ކުދިންގެ ބެލެނިވެރިންގެ އިއުތިރާޒެއް އެކަމުގައި ނޯންނާނެކަމުގެ ޔަގީންކަން އެފްއޭއެމުން ހޯދާފައިވާނެ ކަމަށެވެ.

ނަމަވެސް ބޯލް ބޯއީސްގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ކުދިން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. އެ ކުދިން ބުނީ މިހާތަނަށް އެ ކުދިން ލައްވާ ފޯމެއް ފުރުވާފައިވަނީ އެންމެ ފަހަރަކު ނުވަތަ ދެ ފަހަރު ކަމަށެވެ. އެއީ ސާފް ޗެމްޕިއަންޝިޕާއި، އޭއެފްސީ ކަޕްގެ މެޗުތަކަށް އެކަނި ކަމަށެވެ.

މިފަހުން އެފްއޭއެމްގެ މާލީ މައްސަލަތައް ބޮޑުވެ، ރާއްޖޭގެ ފުޓުބޯޅަ އަށް ވަނީ އެކަމުގެ އަސަރު ވެސް ކޮށްފަ އެވެ. އެ އިދާރާގެ ކަރަންޓު ބިލުތަކަށް ފައިސާ ނުދެއްކި ކަރަންޓު ކަނޑާލައި މައްސަލަ ބޮޑު ވެފައި ވަނިކޮށް، ޔޫތު މިނިސްޓްރީން ވަނީ އެކަމުގެ ޒިންމާ ވެސް ނަގައިފަ އެވެ. މީގެ އިތުރުން އޭޑިކޭ އަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާތަކެއް ނުދެއްކުމުގެ ސަބަބުން އެފްއޭއެމްގެ މައްޗަށް ވަނީ ކޯޓު ޙުކުމެއް ވެސް އައިސްފަ އެވެ. ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް ހަދިޔާ ކުރި ފައިސާ ކުޅުންތެރިންނަށް ނުދީ އޮތް މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

31 މާރިޗު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު