Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުމްރާވެރިންގެ ރައްކާތެރިކަން

އުމްރާވެރިންގެ ރައްކާތެރިކަމަށް ސައުދީ ސަރުކާރުން ހަމަޖައްސަވާފައިވާ އިންތިޒާމްތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި

3 އެޕްރީލު 2023 | ހޯމަ 07:27

ދުއްވާ އުޅަނދުތަކާއި ހިނގާބިގާވެ އުޅޭމީހުން ވަކިކުރުމުގެ އިންތިޒާމު ފުރަތަމަ ރިންގް ރޯޑުގައި ހަމަޖެހިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އެޕްރީލު 2023 | ހޯމަ 07:27
ދިވެހި ހައްޖާޖީން މިނާގައި

ދިވެހި ހައްޖާޖީން މިނާގައި

އުމްރާވެރިންނަށް އުމްރާގެ ފަރުޟު އަދާކުރެވޭނެ މަގު ފަސޭހަކުރުމަށާއި، އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހަމަޖައްސަވާފައިވާ އިންތިޒާމްތަކާ އެއްގޮތަށް ދިވެހި އުމްރާވެރިން އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރާ އުމްރާވެރިންނާއި، އުމްރާގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންޖެހޭ އިރުޝާދުތައް ބަޔާންކޮށް، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު މެދުވެރިކޮށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން 2023 މާރިޗު 22 ވަނަ ދުވަހު މިނިސްޓްރީއަށް ފޮނުވާފައިވާ ސާކިޔުލަރއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ގެފުޅަށް ޒިޔާރަތްކުރާ އެންމެހައި އުމްރާވެރިންނަށް އުމްރާގެ ފަރުޟު އަދާކުރެވޭނެ މަގު ފަސޭހަކުރުމަށާއި، ޢުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ އިންތިޒާމްތަކާ އެއްގޮތަށް އަދި ޙަރަމްފުޅުގެ މައިގަނޑު މަޤްސަދާ ވެސް އެއްގޮތަށް މާތް ﷲ އަށް އަޅުކަންކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ދިވެހި އެންމެހައި އުމްރާވެރިންގެ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާގެ އަޅުކަން އަދާކުރާ އެންމެހައި އުމްރާވެރިން ހަމަޖެހިފައިވާ އުސޫލުގެ ދަށުން "ތަވައްކަލްނާ" އަދި "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓް ހައްދަންޖެހޭ ކަމަށެވެ.

މިނިސްޓްރީން ބުނީ ގެފުޅުގެ ވަށައިގެން ތަވާފުކުރާ ސަރަޙައްދާއި، ފަހުދު ރަސްގެފާނު ދޮރާށިކޮޅާއި، އުމްރާ ދޮރާށިކޮޅާއި، ޢަބްދުލް ޢަޒީޒް ރަސްގެފާނު ދޮރާށިކޮޅާއި، އައްސަލާމް ދޮރާށިކޮޅާއި އަދި މަރުވާ ދޮރާށިކޮޅު އުމްރާކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކަމަށެވެ. ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއާއި، ސައުދީ އަރަބިއްޔާގެ ރިޔާސަތުން ޙަރަމްފުޅު ބޮޑުކުރުމުގެ ތިންވަނަ މަޝްރޫޢުގެ ތެރެއިން އަލަށް ޢިމާރާތް ކުރެވިފައިވާ ތިންވަނަ ފަންގިފިލާއާއި، ޙަރަމްފުޅުގެ ބޭރުގައިވާ މިސްކިތުގެ ޚާއްސަ ސަރަޙައްދުތަކާއި، ޖަބަލުލް ކަޢުބާއާއި، އައްޝުބައިކާގެ މަގުތައް ނަމާދުކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކަމަށެވެ. އަދި ގެފުޅަށް ޒިޔާރަތްކުރާ އާއްމު ފަރާތްތަކަށް ޢަބްދުލް ޢަޒީޒު ރަސްގެފާނު ދޮރާށިކޮޅާއި، އަލްމަރްވާ ދޮރާށިކޮޅުގެ ދެމެދު ޚާއްސަ ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދުއްވާ އުޅަނދުތަކާއި ހިނގާބިގާވެ އުޅޭމީހުން ވަކިކުރުމުގެ އިންތިޒާމު ފުރަތަމަ ރިންގް ރޯޑު ގައި ހަމަޖެހިފައިވާ ކަމާއި، އުމްރާގެ އަޅުކަމުގެ ރޫޙާ ޚިލާފު ކަންކަން ހިނގާނަމަ، ކަމާއިބެހޭ ފަރާތްތަކުން އެ ކަންކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް