Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކް ކޮލިފައިން 2024

އަންހެން ޓީމަށް ލަނޑެއް! ރާއްޖެ ބައިވެރިނުވި؟

3 އެޕްރީލު 2023 | ހޯމަ 05:35

މުބާރާތަށް ނުދާން ނިންމީ ހަރަދު އަމިއްލައަށް ކުރަންޖެހުމުން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 3 އެޕްރީލު 2023 | ހޯމަ 05:35
ގައުމީ އަންހެން ޓީމު ޕްރެކްޓިހުގައި: މުބާރާތަށް ނުދާނެ

ގައުމީ އަންހެން ޓީމު ޕްރެކްޓިހުގައި: މުބާރާތަށް ނުދާނެ

އެތައް ދުވަހަކު ޕްރެކްޓިސް ކުރުމަށްފަހު އެންމެ ފަހު ވަގުތު އޮލިމްޕިކް ކޮލިފައިންގައި ބައިވެރިނުވާން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.

މިއާއެކު މި މުބާރާތަށް ދާން ތައްޔާރުވި ގައުމީ އަންހެން ޓީމުގެ ޕްރެކްޓިސް ވެސް ވަނީ ހުއްޓާލައިފަ އެވެ. ބުރު ސްޕޯޓްސްގެ ކޯޗު މުހައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން ތައްޔާރުވި އަންހެން ޓީމު މުބާރާތަށް ނުދާން ނިންމީ އަމިއްލަ އަށް ޓިކެޓް ނަގައިގެން ދާން ޖެހުމުންނާއި މިޔަންމާގައި ތިބުމުގެ އެންމެހާ ހަރަދުތައް ކުރަންޖެހޭނީ ކޮންމެ ގައުމަކުން ވެސް އަމިއްލައަށް ކަމުގައި ވުމުންނެވެ. މި ވަގުތަކީ އެފްއޭއެމަށް މާލީ ގޮތުން ދަތި ވަގުތަކަށްވުމުން، އަންހެން ޓީމު މުބާރާތަށް ފޮނުވަން އެފްއޭއެމުން އޮލިމްޕިކް ކޮމިޓީ ފަދަ އިދާރާތަކުގައި ވެސް އެދުނެވެ. ނަމަވެސް މެޗުތައް ކުޅެންޖެހޭ ތާރީހު އައިސް ޖެހުނުއިރު މިއިން އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހުނީ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެފްއޭއެމުން އިސްވެ އެއްވެސް ވާހަކައެއް މިހާތަނަށް ނުދައްކަ އެވެ.

އަންނަ އަހަރު ފްރާންސްގައި ބާއްވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗު އޮތީ މާދަމާ އެވެ. ނަމަވެސް މިޔަންމާގައި ރާއްޖެ އާއި ބަނގްލަދޭޝް އަދި އިރާން ވާދަކުރަން ހަމަޖެހިފައި އޮތް ގްރޫޕުގައި މިވަގުތު އޮތީ އެންމެ ދެ ގައުމެވެ. އެއީ ބަނގްލަދޭޝް ވެސް މުބާރާތް ނުކުޅެން ނިންމުން އިރާނާއި މިޔަންމާ އެވެ. އޭއެފްސީން މިހާރު ޝެޑިއުލްކޮށްފައިވަނީ މި ގްރޫޕުން ދެ ވަނަ ބުރަށް ދާނީ މި ދެ ގައުމު ދެ މެޗު ކުޅެ މޮޅުވާ ގައުމެއްގެ ގޮތުގަ އެވެ.

މި މުބާރާތުގައި ނުކުޅެން ބަނގްލަދޭޝްއިން ނިންމީ ވެސް މާލީ ދަތިކަމުގެ ސަބަބުންނެވެ. އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝޮހާގް ވިދާޅުވީ މުބާރާތަށް ދިއުމަށް ކުޅިވަރާ ބެހޭ ވަޒީރާއި ނެޝަނަލް ސްޕޯޓްސް ކައުންސިލާ ކުރި މަޝްވަރާތައް ކާމިޔާބުނުވި ކަމަށެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް