Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބްރޭކަށް ފަހު ވެސް އާސެނަލްގެ ފޯމު ކުރިއަށް، އެއް ވަނައިގައި ބޮޑު ލީޑެއް

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-1 އިން ލީޑްސް ޔުނައިޓެޑު ބަލިކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 16:13
އާސެނަލް އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޖީސޫސް އުފާ ފާޅު ކުރަނީ

އާސެނަލް އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޖީސޫސް އުފާ ފާޅު ކުރަނީ

އިންޓަނޭޝަލް ބްރޭކަށް ފަހު ވެސް ކުޅުނު ފުރަތަމަ މެޗުގައި އާސެނަލް އިން އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައި، އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-1 އިން ލީޑްސް ޔުނައިޓެޑު ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އާސެނަލް އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލަށް ލީޑު ނަގައިދިނީ ގަބްރިއެލް ޖީސޫސް އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ފަހަކަށް އައިސް އާސެނަލްގައި މޮޅަށް ކުޅެމުން އަންނަ ގެބްރިއަލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ބެން ވައިޓް އެވެ. އޭގެ އަށް މިނެޓު ފަހުން ޖީސޫސް ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ. އެއީ ލިއަންޑްރޯ ޓްރޮސާޑްގެ އެހީތެރިކަމާއެކު އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ލީޑްސްގެ ހަމައެކަނި ލަނޑު 76 ވަނަ މިނެޓުގައި ޖެހީ ރަސްމަސް ކްރިސްޓެންސަން އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމާވަން ހަ މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގްރެނިޓް ޒާކާ އެވެ.

މެޗުން މޮޅުވެ އާސެނަލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 29 މެޗުން 72 ޕޮއިންޓާއިއެކު އެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ލިބެނީ 64 ޕޮއިންޓެވެ. ލީގުގައި މި ސީޒަންގައި އާސެނަލް ބަލިވެފައި ވަނީ ތިން މެޗުންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު