Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ހާލާންޑް ނުލައިވެސް ލިވަޕޫލް އަތުން ސިޓީއަށް ބޮޑު މޮޅެއް!

ސިޓީއާއި އާސެނަލްގެ ފަރަގަކީ ފަސް ޕޮއިންޓް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 1 އެޕްރީލު 2023 | ހޮނިހިރު 14:04
ސިޓީން ނަތީޖާ ހަމަހަމަކުރި ލަނޑަށްފަހު އަލްވާރޭޒް

ސިޓީން ނަތީޖާ ހަމަހަމަކުރި ލަނޑަށްފަހު އަލްވާރޭޒް

މިސީޒަންގައި ޕްރިމިއަރ ލީގުގެ ޓޮޕް ސްކޯރަރ ހާލާންޑް ނުލައިވެސް ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީން ބޮޑު މޮޅެއް ހޯދައިފިއެވެ.

އިނިރޭސި ޕްރިމިއަރ ލީގު އަލުން ފެށި މެޗުގައި ސިޓީން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކުރީ 4-1 ނެވެ. މެޗުގައި ސިޓީން ހަތަރު ލަނޑުވެސް ޖެހީ ލިވަޕޫލުން ފުރަތަމަ ލަނޑުޖަހާ ކުރިހޯދާފައި ވަނިކޮށެވެ. މެޗު ފަށައިގެން 17 ވަނަ މިނިޓްގައި ލިވަޕޫލަށް ކުރިހޯދައިދިނީ ސަލާހުއެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ސިޓީން ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ ހަމަހަމަކޮށްދިނީ ހާލާންޑް ނެތުމުން ބަދަލުގައި ނިކުތް ޒުވާން ފޯވާޑް އަލްވާރޭޒްއެވެ. ހާލާންޑް މެޗު ސްކޮޑްގައި ނުހިމެނީ އަނިޔާގެ ސަބަބުންނެވެ. ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި ސިޓީން ކުރި ހޯދިއެވެ. އެއީ ކެވިން ޑެ ބުރޭނާ ޖެހި ލަނޑުންނެވެ. އޭގެ ހަމިނިޓް ފަހުން ތިންވަނަ ލަނޑު ޖެހީ ގުންޑޮގާންއެވެ. ފަހު ލަނޑު ޖެހީ ގްރީލިޝްއެވެ.

މިމޮޅާއެކު ސިޓީން ވަނީ އެއްވަނައިގައި އޮތް އާސެނަލްއާ ފަސް ޕޮއިންޓަށް ކައިރިކޮށްފައެވެ. އާސެނަލް އެއްވަނަައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާއިއެކުއެވެ. ސިޓީ އޮތީ 28 މެޗުން 64 ޕޮއިންޓާއިއެކުއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު