Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ބަދަލުކުރުން

ރައްޔިތުންނަށް ކާމިޔާބު ވެއްޖެ، މަޖިލިސް ފެއްޓުމުން އެކަން ފެންނާނެ: ރޮޒައިނާ

2 ޖުލައި 2017 | އާދީއްތަ 23:20

ސަރުކާރު ބަދަލުވާން ޖެހޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 2 ޖުލައި 2017 | އާދީއްތަ 23:20
އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރައްޔިތުންނަށް ކާމިޔާބު ވެއްޖެކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުން އެކަން ފެނިގެންދާނެކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ބޮޑުސުވާލު ޕްރޮގްރާމްގައި އާދިއްތަ ދުވަަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ސަރުކާރު ބަދަލުވާން ޖެހޭކަމަށް މިއަދު އެންމެންވެސް ގަބޫލުކުރާކަމަށެވެ.

Advertisement - newsAdvertisement

އަދި މިހާރު ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށާއި، މަޖިލިސް ހުޅުވުމުން އެކަން ވަރަށް ސާފުކޮށް ފެނިގެންދާނެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގައި ތިއްބެވި ބޭފުޅުން އުޅުއްވަނީ، ވަކި ފަރާތަކާއިމެދު ހިތްހަމަ ނުޖެހިގެން ނޫން ކަމަށާ، އެބޭފުޅުން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ދެކެ ހިތްހަމަ ނުޖެހިގެންކަމަށެވެ. އެގޮތުން، މުޅި ދުނިޔެ ގަބޫލުކުރާ ކަންކަމާއި އިދިކޮޅަށް ކަންކަން ހިނގާތަން ބަލަން އެ މެންބަރުންވެސް އަބަދު ނުތިއްބަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން މި ސަރުކާރުން ހިންގައި، ރައީސް ޔާމީން އެކަމަށް އިޢުތިރާފުވެވަޑައިގެން، ފުލުހުންގެ މުއައްސަސާ އޮތީ ކޮރަޕްޓްވެފައިކަމަށް ވިދާޅުވެ، އެ ގެއްލުނު ފައިސާއިން ބައި ރުފިޔާވެސް ދައުލަތަށް ހޯދައި ނުދެވި ވާ މަންޒަރު ފެނި، އެކަން ދިގުލައި ހިނގައްޖެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ ފެންމަތިވުމުގެ ކުރިން ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ރައީސް ޔާމީންގެ ސަމާލުކަމަށް އެކަން ގެންނެވުމުން، ނިޔާޒްއާއި ދިމާލަށް ރައީސް ވިދާޅުވީ، "ނަން އޮފް ޔޮއާރ ބިޒްނަސް" އޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، އެންމެ ފުރަތަމަ ގެއްލުނު 70 މިލިއަނުން ފެށިގެން ގޮސް 3.5 ބިލިއަނާއި ހަމަށް އެމްއެމްޕީއާރުސީން ވައްކަން ކުރިކަން ފަޅާއަރަންދެންވެސް އަދީބު ހުންނެވީ ނައިބު ރައީސަކަށް ކަމަށާއި، ކުރީގެ ނައިބު ރައީސް އަދީބު ގޯސްވާންވާނީ، ފިނިފެންމާ ލޯންޗް ގޮއްވާލި ހިސާބުން ނޫންކަމަށެވެ. އޭގެ ކުރިން އެމައްސަލަތަށް އޮޑިޓަރ ޖެނެރަލް ފެންމަތިކުރުމުން އެ މައްސަތައް ބައްލަވަން ރައީސް ޔަމީން ނޫޅުއްވީ ކީއްވެތޯ ރޮޒެއިނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ކާނަލް ނާޒިމް ފްރޭމް ކުރެވިފައިވާކަމުގެ ހެކިތަށް އެކި ގޮތްގޮތަށް ފެންނަމުންދާއިރު ކާނަލް ނާޒިމްގެ މައްސަލައިގައި ސަރުކާރުން އަދިވެސް ގޮތްދޫނުކޮށް، އެކަން ބަދަލުކުރުމަށް މަސައްކަތް ނުކުރާތީ އެކަމާއި ޕީޕީއެމްގެ ޕީޖީ މެންބަރުން މިއަދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާތަން ފެންނަމުންދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސުން ކަމުގައިވާ ޑރ.ޖަމީލާއި އަދީބުވެސް މަގާމުން ދުރުކުރެވުނީ ގާނޫނު ތަކާއި ޚިލާފަށް ކަމަށާއި އަދި އަޙުމަދު އަދީބު ޖަލަށް ލުމަށްފަހު އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުންވެސް ޕީޕީއެމްގެ މަޖިލިސް މެންބަރުން ތިއްބެވީ ހިތްހަމަ ނުޖެހިފައިކަން ހާމަވާ ކަމަށް ރޮޒައިނާ ވިދަޅުވިއެވެ.

އިންސާނީ ބުއްދި ގަބޫލުނުކުރާ، ހަމައާއި އިންސާފުން ބޭރުން އެތައް ކަމެއް ކުރަމުންދާ ދަނޑިވަޅެއްގައި ރައީސް ޔާމީނާއި ފެއަށް ޖެހިވަޑައިގެން، މެންބަރުންތަކެއް ދުރަށް ވަޑައިގަތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، މުޅި މަޖިލީހުގެ މެޖޯރިޓީ މަންދޫބުން މިއަދު ރައީސް ޔާމީނަކީ ގައުމީ މަސްލަހަތުކަމަށް ގަބޫލު ނުކުރައްވާތީ އުފާކުރައްވާކަމަށެވެ. އަދި ގައުމީ މަސްލަހަތު އިސްކުރަން ވެއްޖެކަމަށް އެބެފުޅުންނަށް ވިސްނިވަޑައިގެންފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައްޔިތުން އެދޭ ބަދަލަކަށް މިގައުމު ބަދަލުވަމުންދާކަމުގެ ހެއްކަކީ 18 ވަނަ ރައްޔިތުންގެ މަޖިލީސް އުފެދިގެން އައިއިރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަމައެކަނި އެމްޑީޕީ އޮތް އޮތުން ބަދަލުވެ، ޕީޕީއެމް އެމްޑީއޭ ފިޔަވާ ދެން ހުރި ހުރިހާ ޕާޓީއެއް މި ސަރުކާރާއި މެދު ހިތްހަމަ ނުޖެހި، އެކައްޗެއް ކިޔައި، ނުކުމެ މަޖިލިހުގެ މެޖޯރިޓީވެސް މި ސަރުކާރަށް ގެއްލޭތަން ފެނުން ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް