Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޮބާހު ޖޭޕީން ވަކިވުން

ނުފޫޒްތަކުގެ ދަށުން ޕާޓީގެ އަމިއްލަވަންތަކަން ގެއްލިއްޖެކަމަށް ވިދާޅުވެ ސޮބާހުވެސް ޖޭޕީން ވަކިވެވަޑައިގެންފި

1 އެޕްރީލު 2023 | ހޮނިހިރު 12:34

ޖުމްހޫރީ ޕާޓީގެ އަމިއްލަވަންތަކަން ގެއްލި، ގައުމީ މަސްލަހަތަށް ނޭދެވޭ އަސަރުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 އެޕްރީލު 2023 | ހޮނިހިރު 12:34
ޖުމްހޫރީ ޕާޓީގެ ފޮރިން ރިލޭޝަންސް އެގްޒެކެޓިވް ސޮބާހު ރަޝީދު

ޖުމްހޫރީ ޕާޓީގެ ފޮރިން ރިލޭޝަންސް އެގްޒެކެޓިވް ސޮބާހު ރަޝީދު

ނުފޫޒްތަކުގެ ދަށުން ޕާޓީގެ އަމިއްލަވަންތަ ކަން ގެއްލިއްޖެކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ފޮރިން ރިލޭޝަންސް އެގްޒެކެޓިވް ސޮބާހު ރަޝީދު ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ދަފްތަރުން އުނިކޮށްދެއްވުމަށް އެދި، ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު އަދި ޖުމްހޫރީ ޕާޓިގެ ފޮރިން ރިލޭޝަންސް އެގްޒެކެޓިވް ސޮބާހު ރަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ދައުރުގައި ގެންގުޅުއްވާފައިވާ ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން ދިވެހިރާއްޖެ ވަނީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.

Advertisement - newsAdvertisement

އަދި ރާއްޖޭގެ ތަރައްގީގެ ދުވެލި ބާރުވެފައި އިޖްތިމާއީ ހަމަޖެހުން ގާއިމްކުރެވިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ހާރިޖީ ގޮތުން ގުޅުންތައް ބަދަހިވެ، ދިވެހިރާއްޖޭގެ ދިގު ތާރީހުގައިވެސް ބައިނަލްއަގުވާމީ މައިދާނުގައި ނުލިބޭފަދަ އިތުބާތާއި ޝަރަފުވެރި ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ.

ސޮބާހުގެ ސިޓީގައި އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ ތެރޭގައި މިވަގުތު އޮތް އޮއިވަރުގެ ތެރެއިން ނިންމާ ނިންމުންތަކުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ އަމިއްލަވަންތަކަން ގެއްލި، ގައުމީ މަސްލަހަތަށް ކުރާ ނޭދެވޭ އަސަރު، އަދި ޖުމްހޫރީ ޕާޓީއާއި، ޕާޓީގެ ލީޑަރަށް ސިޔާސީ ގޮތުން ލިބެމުންދާ އިޔާދަނުކުރެވޭފަދަ ގެއްލުން ތަހައްމަލްކުރަން އުނދަގޫ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިސާދު އިއާދަކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތް ދެމެހެއްޓުމަށާއި، އުމްރާނީ ގޮތުންނާއި އިޖްތިމާއީގޮތުން ގައުމު ތަރައްގީކުރުމަށް ކުރެވޭ މަސައްކަތް ދަމަހައްޓައި ފުރިހަމަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދެވަނަ ދައުރަކަށް އިންތިހާބުވުން މުހިންމުކަމަށް ދެކެވޭތީ 2023ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރަން ނިންމާ ކަމަށް ސޮބާހުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހާރިޖީ ދާއިރާގައި ގައުމަށް ހިދުމަތް ކުރުމަށް ޕާޓީގެ ފަރާތުން ފަހިކޮށްދެއްވި ފުރުސަތަށް ޖުމްހޫރީ ޕާޓީއަށާއި ޕާޓީގެ ލީޑަރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިވަގުތު ޕާޓީގެ މައްޗަށް ވެރިވެފައިވާ ނުފޫޒްތަކުގެ ދަށުން ނިންމާ ނިންމުންތަކުގެ ސަބަބުން ޕާޓީގެ އަމިއްލަވަންތަކަން ގެއްލި ގައުމީ މަސްލަހަތާއި ފުށުއަރާކަމަށް ގަބޫލުކުރެވޭތީ ޖުމްހޫރީ ޕާޓީން ވަކިވުމަށް ނިންމާ ނަން ދަފްތަރުން އުނިކޮށްދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް