Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީން އޮތީ މެސީއަށް "އަންލިމިޓެޑް" އެއްބަސްވުމެއް ހުށަހަޅަން ތައްޔާރަށް!

މީޑިއާތަކުގައި ބުނެފައިވަނީ، އިތުރު އެއް އަހަރަށް މެސީ ކުލަބުގައި މަޑުކުރުވަން ޕީއެސްޖީން މަސައްކަތްކުރާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 07:49
ޕީއެސްޖީއަށް ބަދަލުވުމަށްފަހު މެސީ ދައްކާލުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ޕީއެސްޖީއަށް ބަދަލުވުމަށްފަހު މެސީ ދައްކާލުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް "އަންލިމިޓެޑް" އެއްބަސްވުމެއް ހުށަހަޅަންވެސް އެ ކުލަބުން އޮތީ ތައްޔާރަށްކަމަށް، އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާތަކުގައި މިހެން ބުނެފައިވަނީ، މެސީ ހޯދުމުގެ މަސައްކަތް އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއިން ކުރަމުން އަންނަ ވަގުތެއްގައެވެ. އެގޮތުން ބާސެލޯނާއިން އެ މަސައްކަތް ކުރާކަމަށް އެ ކުލަބުގެ ނައިބު ރައީސްވެސް ވަނީ ބުނެފައެވެ. ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުން މިއަހަރުގެ ޖޫން މަހަށް ހަމަވާއިރު، އެ ކުލަބުން ބޭނުންވަނީ އޭނާ މަޑުކުރުވާށެވެ. ނަމަވެސް މިހާތަނަށް އެކަމުގައި މެސީއާއެކު ޕީއެސްޖީއަށް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށްވެސް މީޑިއާތަކުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މީޑިއާތަކުގައި ބުނެފައިވަނީ، އިތުރު އެއް އަހަރަށް މެސީ ކުލަބުގައި މަޑުކުރުވަން ޕީއެސްޖީން މަސައްކަތްކުރާ ކަމަށެވެ. ބާސެލޯނާއިން މެސީ ހޯދުމަށް މަސައްކަތްކުރާއިރު، އޭނާ ބެހެއްްޓުމަށް ޕީއެސްޖީން އެ ކުލަބަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމުގެ ތެރެއިން، މެސީއަށް ލިބޭ މުސާރަ ބޮޑުކޮށްދިނުމަށްވެސް އެ ކުލަބުން އޮތީ އެއްބަސްވާން ތައްޔާރަށް ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

އެ ވާހަކަތައް އެހެން ދެކެވެމުން ދަނިކޮށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނީ، މެސީއާއި ޕީއެސްޖީއާ ދެމެދު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. ގަލްޓިއޭ ބުނީ އެކަމުގައި މެސީއަށް ދައުރެއް އޮންނާނެކަމަށާއި، އަދި ކުލަބަށްވެސް ދައުރެއް އޮންނާނެކަމަށެވެ. އޭނާ ބުނީ މެސީ ވަކި ގޮތެއް ނިންމިނަމަވެސް، ނުވަތަ ކުލަބުން ވަކި ގޮތެއް ނިންމިނަމަވެސް އެއީ އޭނާ ވާހަކަދައްކަންޖެހޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު މެސީ ޕީއެސްޖީގައި ހުރީ އުފަލުން ކަމަށާއި، އެކަން އޭނާއަށް ސާފުވާކަމަށެވެ. ގަލްޓިއޭ ބުނީ އޭނާ ގަބޫލުކުރާގޮތުގައި، ދެ ފަރާތުގެ މަޝްވަރާތަކަށްފަހު އެއްބަސްވުމަކަށް އާދެވި، މެސީ އެ ކުލަބުގައި މަޑުކުރަން ނިންމާނެއެވެ.

ޕީއެސްޖީއަށް ބަދަލުފި ފުރަތަމަ ސީޒަންގައި މެސީއަށް އެކުލަބުގައި މާއެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މި ސީޒަންގައި އޭނާ އަންނަނީ މޮޅަށް ކުޅެމުންނެވެ. މި ސީޒަންގައި ޕީއެސްޖީއަށް ކުޅެދިން 32 މެޗުން މެސީ ވަނީ 18 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު