Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރިޖުގެ މަސައްކަތް

ބުރިޖުގެ މަސައްކަތް ބާރަށް އެބަދޭ، އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ހުޅުވާނެ: މުއިއްޒު

5 ޖުލައި 2017 | ބުދަ 13:20

ބުރިޖަކީ ރައްޔިތުންނަށްވީ އެންމެ ބޮޑު ވައުދު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 5 ޖުލައި 2017 | ބުދަ 13:20
ބުރިޖްގެ އެއް ތަނބުގެ މަސައްކަތް

ބުރިޖްގެ އެއް ތަނބުގެ މަސައްކަތް

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތްތައް ތަވާލުގައި ބުނެފައިވާ ތާރީހަށް ވުރެ އަވަހަށް ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރިޖް ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ނޫސްވެރިންނަށް ދައުވަތުދީގެން ބްރިޖަށް ގެންގޮސް އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހު މައުލޫމާތުތައް ދީފަ އެވެ. އަދި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވަނީ އެތަނަށް ވަޑައިގެން ބުރިޖްގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށް ކިޔާ ދެއްވުމަށް ނޫސްވެރިންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވި ގޮތުގައި ބުރިޖްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ކޮންމެ ހަފްތާއެކު އެއްފަހަރު ހައުސިން މިނިސްޓްރީން ސާފުކުރެ އެވެ. މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގަދަވެ ވިއްސާރަ ކުރިނަމަވެސް މަސައްކަތް މަޑު ނުޖެހި ކުރިއަށްދާނެ ގޮތަށް ބުރިޖުގެ މަސައްކަތް ކުރާ ކުންފުނިން މަސައްކަތްތައް ރާވާފައިވާ ކަމަށެވެ.

"ސެޕްޓެމްބަރު މަހަށް ބުރިޖު ހުޅުވިގެންދާނެ އަޅުގަނޑުމެން އަދިވެސް އުއްމީދު ކުރަނީ އޭގެ ދެ މަސްދުވަސް ކުރިއަށް، ޖުލައި މަހުގެ 26 އަށް ނިންމޭނެ ކަމަށް، އެތާރީހަށް ނިންމޭނެ ގޮތަކަށް މި ފެންނަނީ" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބުރިޖުގެ ހުރިހާ ތަނބެއްގެ ކޮންކްރީޓް މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. ބުރިޖުގެ މަސައްކަތް ކުރުމަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިނިސްޓަރު ވިދާޅުވީ ފައިސާގެ ދަތި ކަމެއްވެސް ނެތް ކަމަށާއި ކަނޑައަޅާފައިވާ ތާވާލާ އެއްގޮތައް ފައިސާ ދޫކަމުންދާ ކަމަށެވެ. އަދި އެހެންމެ ކޮލެޓީވެސް ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުރިޖުގައި ދަތުރު ކުރާ މީހުންގެ އަތުން ނަގާ ފީތަކާއިމެދު އަދި ވަކި ގޮތަކަށް ނުނިންމާ ކަމަށާއި އެހެން ނަމަވެސް އެކަށީގެންވާ އަގެއް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމިން ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ބުރިޖު ކަމަށާއި އެހެން ކަމުން ރައްޔިތުން އުފާވާނެ އަދި ހިތްހަމަ ޖެހޭނެ ފެންވަރެއްގައި އެ މަސައްކަތް ނިންމަދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ ހުޅުލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ މަގު ހެދުމުގެ މަސައްކަތްވެސް މިހާރު އެޗްޑީސީން އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް