Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު ނެރެފި

1 އެޕްރީލު 2023 | ހޮނިހިރު 02:08

ދަރިވަރުން، ބެލެނިވެރިއެއްގެ ހުއްދަ ނެތި ރޭގަނޑު 10:00ގެ ފަހުން ބޭރުގައި އުޅުން މަނާވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އެޕްރީލު 2023 | ހޮނިހިރު 02:08
ދަރިވަރުންތަކެއް

ދަރިވަރުންތަކެއް

ދިވެހި ރާއްޖޭގެ ތައުލީމާބެހޭ ގާނޫނުގެ ދަށުން، "ސްކޫލް ދަރިވަރުންގެ އާންމު ގަވާއިދު" އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައި، އާއްމުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި؛ ސްކޫލްތަކަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށްދީ، އެ ދަރިވަރުންނަކީ މުޖުތަމައު ގަބޫލުކުރާ، އަޚުލާގެއްގެ ބަޔަކަށް ހެދުމުގެ ޒިންމާއާ ހަވާލުވެފައިވާ ތަނެކެވެ. އެހެންކަމުން ސްކޫލްތަކުގައި ދަރިވަރުން އުޅޭއިރު އެކުދިން އަމަލުކުރާނެ ގަވާއިދެއް އޮތުމާއި، ސްކޫލުން ބޭރުގައި ދަރިވަރުންގެ އުޅުން ބައްޓަންކުރާނެ މިންގަނޑުތަކެއް ކަނޑައެޅިފައި އޮތުން މުހިންމުކަމަށް އެމިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ސްކޫލް ކުދިންގެ އާއްމު ގަވާއިދެއް އެކުލަވާލާފައި ވަނީ ހުރިހާ ދަރިވަރުންގެ އަމަލުކުރާނެ މިންގަނޑެއް އެގެން އޮތުމަށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވާގޮތުގައި؛ މި ގަވާއިދަކީ އިސްލާމްދީންދެކެ ލޯބިވާ، ގައުމަށް ތެދުވެރި، ތިމާއަށާއި އަނެކުންނަށް އިހުތިރާމުކުރާ ދަރިވަރުން މުޖުތަމައަށް ނެރުމަށާއި, ރަނގަޅު އަޚުލާގާއި ސުލޫކު ހުރި ދިވެހި ރައްޔިތެއް ބިނާކުރުމަށް އެކުލަވައިލި ގަވާއިދެއްކަމަށެވެ. އެހެންކަމުން އެ ގަވާއިދު ތަންފީޒު ކުރެވޭނެކަން ސްކޫލްތަކުގެ ޕްރިންސިޕަލުން ކަށަވަރު ކުރަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

އެ ގަވާއިދުގައި ދަރިވަރުން ސްކޫލަށް ގެންދަންޖެހޭ ތަކެއްޗާއި، ޔުނިީފޯމާއި ހެދުން އެޅުމުގެ މިންގަނޑާއި، ސްކޫލުން ބޭރު ހަރަކާތްތަކުގައި ބައިވެރިވުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ އިތުރުން، ކިޔަވާ ކުދިންނަށް މަނާ ކަންކަންވެސް ވަނީ ހިމަނާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެ ގަވާއިދުގައި ބުނެފައިވާގޮތުގައި، ތައުލީމުގެ ބޭނުމަށް ހިންގޭ ތަމްރީންތައް ފިޔަވައި، 16 އަހަރުން ދަށުގެ ކުދިން އެއްވެސް ވަޒީފާއެއް އަދާކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި ބެލެނިވެރިއެއްގެ ހުއްދަ ނެތި ރޭގަނޑު 10:00ގެ ފަހުން ބޭރުގައި އުޅުންވެސް މަނާވާނެއެވެ.

މި ގަވާއިދާ ޚިލާފުވާ ދަރިވަރުންނާމެދު "ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީ"އާ އެއްގޮތަށް އަމަލުކުރަމުން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް