Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަރުތަ ޕްރޮގްރާމް

އަރުތަ ޕްރޮގްރާމް ރަސްމީކޮށް ފަށައި އަރުތަ ޖިމް ހުޅުވައިފި

މިނިސްޓަރު ވިދާޅުވީ އެކަމުގެ ތެރެއިން ކުޅުންތެރިންނާ ދިމާވާ ކަމަށާއި، އެހެންކަމުން އަރުތަ ޖިމްގެ ބޭނުމަކީ ޓީމުތަކުން އުޅެމުން އައި ދަތި ޙާލަށް ނިމުމެއް ގެނައުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މާރިޗު 2023 | ހުކުރު 08:50
އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކުރުމުގެ ތެރެއިން

އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކުރުމުގެ ތެރެއިން

ކުޅިވަރުތަކުން ކުޅުންތެރިންނަށް އިތުރު ތަމްރީނުތައް ދިނުމަށް ސަރުކާރުން އެކުލަވާލި "އަރުތަ" ޕްރޮގްރާމް ރަސްމީކޮށް ފަށައި، ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ޤާއިމުކުރި އަރުތަ ޖިމް ރަސްމީކޮށް ހުޅުވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކުރީ އިޓަލީ އަށް ނިސްބަތްވާ އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ އާއި ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ އެކި ކުޅިވަރުތަކުން ގިނަ އެތުލީޓުންނަށް ފުރުސަތު ދީފަ އެވެ. އަދި އެ ފުރުސަތާއެކު އެތުލީޓުން އަންނަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުން ތަމްރީނުތައް ހަދަމުންނެވެ. ޔޫތު މިނިސްޓްރީން ޤާއިމުކޮށްފައިވާ އަރުތަ ޖިމް ހިންގުން ހަވާލުކޮށްފައި ވަނީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)އާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، ރާއްޖޭގެ ޤައުމީ ޓީމުތައް ވަރަށް ދަތި އުނދަގޫ ޙާލެއްގައި ތަމްރީނުތައް ހަދަން ޖިމްތަކުގައި އުޅެން ޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ ތެރެއިން ކުޅުންތެރިންނާ ދިމާވާ ކަމަށާއި، އެހެންކަމުން އަރުތަ ޖިމްގެ ބޭނުމަކީ ޓީމުތަކުން އުޅެމުން އައި ދަތި ޙާލަށް ނިމުމެއް ގެނައުން ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ޖިމް ހިންގުމަށް ބީބީއޭއެމްއާ ހަވާލު ކުރީ، އެ އެސޯސިއޭޝަންގެ ފަރާތުން އެކަމަށް ޚާއްސަ ޚާއްސަ ފަރާތްތައް މެދުވެރިކޮށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ޓްރެއިނިން ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ ދަށުން 23 އެތުލީޓަކުން ރާއްޖެ އިން ބޭރުން ތަމްރީނު ހަދަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އެންމެ ބޮޑު ކުޅިވަރަކީ ފުޓުބޯޅަ ކަމުގައި ވީ ނަމަވެސް، މިހާރު އެހެން ކުޅިވަރުތަކުން ވެސް ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ މުބާރާތްތަކުގައި ވާދަ ކުރާ ދިވެހި ޓީމުތަކަށް ހިތްވަރު ދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަރުތަ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ޕްރޮފެޝަނަލަށް އެތުލީޓުން އުފައްދައި، ބައިނަލްއަޤުވާމީ މުބާރާތްތަކާއި ގޭމްސްތަކުން ރާއްޖެ އަށް މެޑަލް ހޯދުމުގެ މަސައްކަތެވެ. އެގޮތުން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ތައްޔާރުވަމުން އަންނަނީ މިއަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) އަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު