Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ ބިލް ކަރަންޓު ބިލުގައި ހިމެނުން

ކުރީގެ އެއްވެސް ބިލެއް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ: ވެމްކޯ

31 މާރިޗު 2023 | ހުކުރު 07:23

މާލެ ސަރަހައްދުގެ 50 އިންސައްތައަށްވުރެ ގިނަ ގޭބިސީތަކުން ގަވާއިދުން އެ ޚިދުމަތަށް ފައިސާ ނުދައްކާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 31 މާރިޗު 2023 | ހުކުރު 07:23
ވެމްކޯ ކުނި ނެގުން

ވެމްކޯ ކުނި ނެގުން | ރާއްޖެއެމްވީ

ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯގެ ބިލު، ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރޭގައި ހިމަނަން ފެށި ނަމަވެސް ކުރިން ނުދައްކާ ހުރި އެއްވެސް ބިލެއް ސްޓެލްކޯ ބިލުތެރެއަށް ނުލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ސްޓެލްކޯގެ ބިލުގެ ތެރޭގައި އެ ކުންފުނީގެ ކުނީގެ ބިލު ހިމަނަން ނިންމާފައިވަނީ ކުނި އުކާލުމުގެ ޚިދުމަތް ހޯދާ ބައެއް ފަރާތްތަކުން ބިލުތައް ނުދެއްކުމާއި ރަޖިސްޓްރީނުކޮށް ކުނި އުކާލުމުގެ ޚިދުމަތް ހޯދާ މައްސަލަ ބޮޑުވުމުގެ ސަބަބުންނެވެ. އެ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގެ 50 އިންސައްތައަށްވުރެ ގިނަ ގޭބިސީތަކުން ގަވާއިދުން އެ ޚިދުމަތަށް ފައިސާ ނުދައްކައެވެ. މީގެ ސަބަބުން އެ ކުންފުންޏަށް ލިބެންޖެހޭ އާމްދަނީގެ ބޮޑުބައެއް ނުލިބިހުރިކަން ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހުން ފެށިގެން އަންނަ ބަދަލާއެކު ކުނި ބިލަށް ކޮންމެހެން ފައިސާ ދައްކަން ޖެހޭނެއެވެ. އެގޮތުން، ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ 50،000 އަށްވުރެ ގިނަ ގޭބިސީތަކަށް ދެން ކަރަންޓު ބިލާއެކު ކުނި ބިލުވެސް ފޮނުވާނެއެވެ.

މި ބަދަލާއެކު ގިނަ ބަޔަކު އަންނަނީ ކުރިން ނުދައްކާ ހުރި ބިލުތައް ވެސް އައު ބަދަލާއެކު ސްޓެލްކޯގެ ބިލުގައި ހިމެނޭނެތީ ސުވާލު އުފައްދަމުންނެވެ. އެކަމާ ގުޅިގެން "ރާއްޖެ އެމްވީ" އަށް ވެމްކޯގެ ސީނިއާ މާކެޓިން އެންޑް ޕީއާރު އޮފިސަރު މުހައްމަދު މިއުސަމް ރަޝީދު ވިދާޅުވީ ވެމްކޯގެ ބިލާއި ސްޓެލްކޯ ބިލް އެއްކޮށްލަން ނިންމި ނަމަވެސް މިހާރު އެ ކުންފުންޏަށް ނުދައްކާ ހުރި ބިލްތައް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ ކަމަށެވެ. އަދި ކުރިން ނުދައްކާ ހުރި ބިލުތައް ދައްކަން ޖެހޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ މިހާރު އޮންނަ އުސޫލުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކުރިން ވެމްކޯގައި ރަޖިސްޓްރީކޮށްގެން ކުނި އުކާލުމުގެ ޚިދުމަތް ހޯދަމުން އައި ފަރާތްތަކުގެ ތެރެއިން ގަވާއިދުން ބިލު ނުދައްކާ ފަރާތްތަކުން، ނުދައްކާ ހުރި ބިލުތައް "އަވަސްޕޭ" މެދުވެރިކޮށް ދައްކައި، ހަލާސް ކުރަން ޖެހޭނެއެވެ.

ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލަން ނިންމާފައިވާތީ އެ ކުންފުނިން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން މިހާރު އިލްތިމާސްކޮށްފައެވެ. އެގޮތުން އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވަނީ އެދިފައެވެ. އަދި ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރު އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ވެސް އެދިފައެވެ.

މީގެ އިތުރުން ވެމްކޯގެ ޚިދުމަތް ހޯދާ ވިޔަފާރިތަކާއި މުއައްސަސާތަކުން "އިންފޮމޭޝަން އަޕްޑޭޓް ފޯމް" އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ހުށަޅަން ވެމްކޯއިން އެދިފައިވާއިރު، އެ މުއްދަތުގައި މައުލޫމާތު ހުށަނާޅާނަމަ ޚިދުމަތް މެދުކެނޑޭނެ ކަމަަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވެމްކޯއިން ހޮނިހިރު ދުވަހުން ފެށިގެން ސްޓެލްކޯގެ ބިލާ އެއްކުރަން ނިންމާފައިވާއިރު ކުނިގެ ބިލަށް މަހަކަށް ނަގާނީ 150 ރުފިޔާއެވެ. އެއީ ދުވާލަކަށް 4.93 ރުފިޔާގެ ރޭޓުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް