Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީ

ރާއްޖެ އިޝްތިހާރު ކުރަން އިޓަލީގެ ނޫސްވެރިންގެ ޓީމެއް އަތުވެއްޖެ

31 މާރިޗު 2023 | ހުކުރު 04:30

މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރު ކުރާ ކޮންޓެންޓު 20،233،602 އަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދެވޭނެ ކަމަށް ލަފާ ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 31 މާރިޗު 2023 | ހުކުރު 04:30
އިތަލީން ރާއްޖެ ޒިޔާރަތް ކުރާ މީޑިއާ ޓީމު

އިތަލީން ރާއްޖެ ޒިޔާރަތް ކުރާ މީޑިއާ ޓީމު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަށް އިޓަލީގެ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި މަހުގެ 26 ވަނަ ދުވަހު ރާއްޖެ ޒިޔާރަތް ކުރި މި ޓީމު 2 އޭޕްރިލްގެ ނިޔަލަށް ރާއްޖޭގައި ތިބޭނެއެވެ. މި މުއްދަތުގައި ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި ލަގްޒަރީ ޚިދުމަތްތައް އެ ޓީމުގައި ހިމެނޭ ނޫސްވެރިން ތަޖުރިބާ ކުރާނެއެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ދަތުރަކީ ޓަރކިޝް އެއަލައިންސްއާ ގުޅިގެން ކުރިއަށްގެންދާ ދަތުރެއް ކަމަށެވެ. އެގޮތުން އިޓަލީގެ މީޑިއާ ޓީމުގައި ފަސް ނޫސްވެރިންނާއި އެމްއެމްޕީއާރުސީން އެ ޤައުމަށް ކަނޑައަޅާފައިވާ ޕީއާރު އޯގަނައިޒޭޝަން، ޓޫރިޒަމް ހަބްގެ ރެޕްރެޒެންޓޭޓިވްއެއް ހިމެނޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިއީ އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރެއިން ގެނައި ޓީމެކެވ، މި ޓީމުގެ ނޫސްވެރިން ތިބޭީ ނިކަ އައިލެންޑް ރިސޯޓާއި އަޔާޑާ މޯލްޑިވްސް އަދި ސިޔާމް ވޯލްޑުގައި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ދަތުރުގައި ބައިވެރިވާ ފަރާތްތަކުން ސްޕާ އަދި ވެލްނެސް ޓްރީޓްމަންޓުތަކާއި ދިވެހި ކެއްކުމުގެ ކްލާސްތަކާއި ވޯޓާ ސްޕޯޓްސް އާއި ގަސް އިންދުން ފަދަ ހަރަކާތަތްކުގައި ބައިވެރިވާއިރު މިއުޒިއަމްތަކަށް ވެސް ޒިޔާރަތްކުރުމަށް ވެސް ވަނީ ތާވަލު ކޮށްފައެވެ. އަދި ދަތުރު ނިންމާލުމަށްފަހު އެ ޓޫމުން ރާއްޖެއިން ލިބެން ހުރި ތަފާތު ޚިދުމަތްތަކާއި ތަޖުރިބާތައް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި އާޓިކަލްތަކާއި ޕަބްލިކޭޝަންތަކުގެ ޒަރީއާއިން އިޓަލީގެ ރައްޔިތުންނަށް ފޯރުކޮށްދޭނެއެެވެ. އެގޮތުން މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރު ކުރާ ކޮންޓެންޓު 20،233،602 އަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރަކީ އެމްއެމްޕީއާރުސީން އިޓަލީއަށް ގެންގުޅޭ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް އެ ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި އިތުރަށް މާކެޓްކުރުމަށާއި ބްރޭންޑާ މެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ.

އިޓަލީއަކީ ރާއްޖެއަށް ހަތަރު ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. އެމްއެމްޕީއާރުސީއިން މި އަހަރު އިޓަލީން އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، އޭގެ ތެރޭގައި މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާ ގުޅިގެން ޖޮއިންޓް މާކެޓިންގ ކެންޕޭންތައް ކުރިއަށްގެންދިޔުމާއި އެހެނިހެން ހަރަކާތްތަކާއި ކެމްޕޭންތައް ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް