Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ-ޓައިވާން

"ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލުކުރަން ޗައިނާ-ޓައިވާނަށް މުހިންމު"

މާގެ މިދަތުރުފުޅަކީ ޗައިނާއާ ޓައިވާނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކުރައްވާފައިވާ ދަތުރުފުޅެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 މާރިޗު 2023 | ބުރާސްފަތި 17:54
ޓައިވާންގެ ކުރީގެ ރައީސް މާ ޔިންގ-ޖޯ

ޓައިވާންގެ ކުރީގެ ރައީސް މާ ޔިންގ-ޖޯ

ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލުކުރަން ޗައިނާއާއި ޓައިވާނަށް މުހިންމުކަމަށް، ޓައިވާންގެ ކުރީގެ ރައީސް މާ ޔިންގ-ޖޯ ވިދާޅުވެއްޖެއެވެ.

މިހަފުތާގެ ހޯމަ ދުވަހު މާ ވަނީ ޗައިނާއަށް ވަޑައިގަންނަވާފައެވެ. މިއީ ކޮމިއުނިސްޓުންނާއެކު ހިނގި ދާޚިލީ ހަނގުރާމަ ނިމުނުއިރު 1949ވަނަ އަހަރު ބަލިވި ރިޕަބްލިކް އޮފް ޗައިނާ ސަރުކާރު، ޓައިވާނަށް ފިލައިގެން ދިޔަފަހުން ޗައިނާއަށް ޒިޔާރަތްކުރި ފުރަތަމަ ޓައިވާންގެ، ކުރީގެ ނުވަތަ މިހާރުގެ ރައީސެވެ.

މާގެ މި ދަތުރުފުޅުގައި ޗައިނާގެ ޓައިވާން އެފެއަރޒް އޮފީހުގެ އިސްވެރިޔާ ސޮންގް ޓާއޯއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލުކުރަން ޗައިނާއާއި ޓައިވާނަށް މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ގުޅުންތަކުގެ ސުލްހަވެރި، އަދި ހަމަޖެހޭ ތަރައްގީ ދެމެހެއްޓުމަކީ "ޓައިވާންގެ މުޖުތަމައުގެ އާންމު މައިގަނޑު ނަޒަރިއްޔާތު" ކަމަށްވެސް މާ ވަނީ ވިދާޅުވެފައެވެ.

ދެ ފަރާތުން ބަދަލުކުރުންތައް ދަމަހައްޓައި، ގުޅިގެން އެއްބާރުލުންދީ، ހަނގުރާމައާއި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެކަމަށް މާ ވިދާޅުވިއެވެ.

ޓައިވާންގެ ރައީސްކަން މާ ކުރައްވާފައި ވަނީ 2008 ވަނަ އަހަރުން 2016 ވަނަ އަހަރަށެވެ.

މާގެ މިދަތުރުފުޅަކީ ޗައިނާއާ ޓައިވާނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކުރައްވާފައިވާ ދަތުރުފުޅެކެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ނަމަވެސް ޓައިވާނުން ދަނީ އެގައުމަކީ މިނިވަން ދައުލަތެއްކަމަށް ވަކާލާތުކުރަމުންނެވެ.

ޓައިވާނުގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ވަނީ މާގެ މިދަތުރުފުޅާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޓައިވާނާއެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން ހޮންޑޫރަސްއާއެކު ޗައިނާއިން ގުޅުން ގާއިމުކުރުމުން، ޓައިވާނާ ހޮންޑޫރަސްއާ ދެމެދު އޮތް ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. މިއާއެކު މިހާރު ޓައިވާނާއެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ އެންމެ 13 ގައުމަކުންނެވެ.

އެހެންކަމުން މިދަނޑިވަޅުގައި މާ ޗައިނާއަށް ދަތުރުކުރައްވާފައި ވަނީ ކޮން ބޭނުމަކުތޯ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ދަނީ ސުވާލު އުފައްދަމުންނެވެ.

ޓައިވާން ސްޓްރެއިޓްގެ ދެފަރާތުގައި ތިބި މީހުންނަކީ ނަސްލީގޮތުން ޗައިނާ މީހުން ކަމަށާއި, ކާބަފައިންނަކީ އެއް ކާބަފައިންތަކެއް ކަމަށްވެސް މާ ވަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ.

ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ނަންޖިންގްގައި 1911 ވަނަ އަހަރު ޗައިނާގެ އެންމެ ފަހުގެ ރަސްގެފާނު ވައްޓާލައި، ޖުމްހޫރިއްޔާއެއް ތައާރަފްކުރި ކަމަށް ބުނެ އުފާފާޅުކުރި ސަން ޔަޓް ސެން މޫސުލީމަށް ޒިޔާރަތްކުރައްވައި ދެއްކެވި ވާހަކަފުޅުގައި މާ ވަނީ، ޓައިވާން ސްޓްރެއިޓްގެ ދެފަރާތުގައި ތިބި މީހުންނަކީ ޗައިނާ މީހުން ކަމަށާއި ދެބައިމީހުންނަކީވެސް ޔާންއާއި ޔެލޯ އެމްޕަޔަރސްގެ ދަރިކޮޅުގެ މީހުންކަމަށް ވިދާޅުވެފައެވެ.

މާގެ ވާހަކަފުޅުގައި އޭނާ ޓައިވާންގެ ރައްޔިތުންނަށްވެސް ނިސްބަތްކޮށްފައި ވަނީ ޗައިނާ ނަސްލުގެ މީހުންގެ ގޮތުގައެވެ. އެހެން ނަމަވެސް ޓައިވާންގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުން، އެމީހުންނަކީ ޗައިނާ މީހުންގެ ގޮތުގައި ނުދެކެއެވެ.

މާގެ މިދަތުރުފުޅަކީ، ޓައިވާންގެ މައި އިދިކޮޅު ޕާޓީ ކުއޮމިންޓަންގް (ކޭއެމްޓީ)ން ޗައިނާއަށް ކުރާ އައުޓްރީޗެކެވެ. ކޭއެމްޓީއަކީ ޓައިވާނާ ޗައިނާއާ ދެމެދު ގާތް ގުޅުމެއް ބާއްވަން ތާއީދުކުރާ، ނަމަވެސް ބެއިޖިންގަށް ތާއީދުކުރާކަމަށް ދެކޮޅުހަދާ ޕާޓީއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު