Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަފުށިން ބިން ވިއްކަން އުޅުން

އޮޅުވާލައިގެން ތިލަފުށިން ބިމެއް ވިއްކަން އުޅުނު އެޗްޑީސީގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފި

ފައިސާގެ އެއްވެސް މުޢާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓެއް މެދުވެރިކޮށް ނުކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މާރިޗު 2023 | ބުރާސްފަތި 11:50
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އޮޅުވާލައިގެން ތިލަފުށިން ބިމެއް ވިއްކަން އުޅުނު އެޗްޑީސީގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރެޝަންގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަވި ހިސާބުން އެ މައްސަލަ ބެލުމަށް ފަހު، ފިޔަވަޅު އަޅާ މިކަމުގައި ޝާމިލުވާ މުވައްޒަފު 29 މާޗުން ފެށިގެން، އެ ކޯޕަރޭޝަނުން ރަސްމީކޮށް ވަކިކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި އެޗްޑީސީން ބުނީ ބިމެއް އޮޅުވާލައިގެން ވިއްކާފަ ނުވާ ކަމަށާއި، ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއް ކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަންގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށްބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ، އެ މުވައްޒަފު ވަނީ ވަގުތުން ސަސްޕެންޑް ކުރެވިފައި ކަމަށެވެ.

އަދި ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާގެ މުޢާމާލާތެއްކޮށް މި މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާޖަމާކޮށްފައިވާކަން އެ މައްސަލައިގެ ތަހުޤީޤުގައި އެ ކޯރޕަރޭޝަންއަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރެޝަނުގެ ފަރާތުން ފައިސާގެ އެއްވެސް މުޢާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓެއް މެދުވެރިކޮށް ނުކުރާނެ ކަމަށެވެ. މި ކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މި މައްސަލާގައި އެ މުވައްޒަފަށް ބިމެއް ވިއްކުމުގެ ފުރުސަތެއް އެ ކޯރޕަރޭޝަންގެ އުސޫލުތަކުގެ ތެރެއިން ލިބިފަ ނުވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަންގެ ބިންވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި ވަނީ ހަރުދަނާ ދެފުއް ފެންނަ ހަމަހަމަ އުސޫލުތަކަށް ކަމަށާއި، އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިޢުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯރޓަލްގައި ރެޖިސްޓަރ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެކަމާއި އަދި ބިން ވިއްކުމަށް ހުޅުވާނުލާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ވަނީ ބިން ވިއްކަން އުޅުނު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައެވެ. އަދި މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެއެވެ. އަދި، މިގޮތަށް ޤައިރުޤާނޫނީ ގޮތުން، އާންމުކޮށް އިޢުލާން ކުރުމަކާއި ނުލާ އަދި އަމިއްލަ އެކައުންޓް ބޭނުންކޮށް ހިންގޭ މުޢާމާލާތުތަކަށް އާއްމުން ސަމާލުވެ، މިފަދަ އަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް އެ ކޯޕަރޭޝަނަށް އެންގުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި

01 ފެބުރުއަރީ 2017
އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު