Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުޓްބޯޅަ

168 މިލިއަން ރުފިޔާ، އެފްއޭއެމް ހަފުސް، ކުލަބުތައް ގަދަ ނިދީގައި

ކުލަބުތަކުން މިހާރު ތިބީ އެފްއޭއެމުން ފައިސާ ނުދެންޏާ އެއްކަމެއް ވެސް ނުކުރަން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 30 މާރިޗު 2023 | ބުރާސްފަތި 08:12
(ކ-ވ) އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް، ރައީސް ބައްސާމް އަދި ޔޫތު މިނިސްޓަރު މަހްލޫފް

(ކ-ވ) އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް، ރައީސް ބައްސާމް އަދި ޔޫތު މިނިސްޓަރު މަހްލޫފް

ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ 8 ކުލަބަށް ކޮންމެ އަހަރަކު ވެސް ތިން މިލިއަން ރުފިޔާ ދިނުމަށް 2016 ވަނަ އަހަރު ނިންމި އެވެ. މިއާއެކު މި ފައިސާ އަށް އެކަނި ކުލަބުތަކުން ބަރޯސާވާން ފެށި އެވެ. އެއިރު ވެސް މިކަމާމެދު ކަތި ނަޒަރަކުން ގިނަ ބަޔަކު ދެކެން ފެށި އެވެ. ސަބަބަކީ ދިވެހި ގިނަ ކުލަބުތަކަކީ އެއްވެސް ރޭވުންތެރިކަމެއްނެތް ބައެއް ކަން މާޒީން ފެންނަން އޮތުމެވެ.

ފުޓްބޯޅަ ނޫން ކުޅިވަރުގެ ޝަކުވާތަކާ ވެސް އެކު، އައު ސަރުކާރު މި ފައިސާ ދިނުން ހުއްޓާލި އެވެ. އެއްގޮތަކުން އެއީ ރަނގަޅު ނިންމުމެކެވެ. ސަބަބަކީ ކުލަބުތަކަށް ފައިސާ ދެމުން އައީ މޮނިޓަރިން ނިޒާމެއްނެތި ކަމަށްވުމެވެ. އަނެއް ކަމަކީ މި ފައިސާ އަށް އެކަނި ކުލަބުތަކުން ބަރޯސާވުމެވެ. އެކަމަކު "ތިން މިލިއަން ނުލިބެންޏާ ކުލަބު ނުހިންގޭނެ" ކަމަށް މެނޭޖްމަންޓުތަކުން ބޮޑާހާކަން ފެށުމުން ހުރިހާ ކުލަބަކަށް ހަރަދުކުރަން އެފްއޭއެމުން ފެށި އެވެ.

ކުރިމަތީގައި އެއިރު އޮތް އެފްއޭއެމްގެ އިންތިހާބުގެ ދުންފިނިގަނޑުގެ ތެރެއިން 2019 ވަނަ އަހަރު ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ ދޭން އެފްއޭއެމުން ކުއްލި ގޮތަކަށް އިއުލާނުކުރި އެވެ. އަދި މި ފައިސާ ރަނގަޅުގޮތުގައި ހޭދަކުރުވުމަށް އަހަރުން އަހަރަށް ގަވާއިދުތަކެއް ވެސް ހެދި އެވެ. އޭގެ ތެރޭގައި ކޮންމެ ކުލަބެއްގައި އޮފީހެއް ހުރުމާއި މަގާމުތަކުގައި ފުލްޓައިމް މީހުން ތިބުމާއި ޔޫތު ޓީމުތަކާއި އެކަޑަމީތައް ހިންގުން ވެސް ހިމަނާފައިވެ އެވެ. ނަމަވެސް ގިނަ ކުލަބުތަކުން މި ކަންކަން ފުރިހަމަކޮށްފައިނުވެ އެވެ. އަދި ބައެއް ކުލަބުތަކުން މިކަންކަން ކޮށްފައިވަނީ "ނަމެއްގަ" އެވެ. މިއިން ކަމަކަށް އަމަލުނުކުރާކަން އެނގޭއިރު ދެ ފަރާތް ސޮއިކުރި ގަވާއިދު ބާއްވާފައި އެފްއޭއެމުން ދިޔައީ ފައިސާ ދޫކުރަމުންނެވެ.

ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާގެ މަގުން ފުރަތަމަ ޑިވިޝަނަށް އެކަނި ވެސް އެއީ އަހަރަކު 24 މިލިއަން ރުފިޔާ އެވެ. ދެ ވަނަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް ބައި މިލިއަން ރުފިޔާގެ މަގުން 10 ކުލަބަށް އެއީ 5 މިލިއަން ރުފިޔާ އެވެ. ތިން ވަނަ ޑިވިޝަނަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް އެފްއޭއެމުން ފޯރުކޮށްދެ އެވެ. މި ފައިސާގެ އިތުރުން ގިނަ ކުލަބުތަކަށް ބޭނުންވާ އެންމެ އަސާސީ ކަންކަމަށް ވެސް ފައިސާ ހޯދަނީ އެފްއޭއެމުންނެވެ. މިހެންވެ އަހަރަކު ގާތްގަނޑަކަށް 40 މިލިއަނަށްވުރެ ގިނަ ރުފިޔާ އެފްއޭއެމުގެ ބަޖެޓުން ކުލަބުތަކަށް ހަރަދުކުރަންޖެހެ އެވެ.

އެފްއޭއެމުގައި 23 މިލިއަން ރުފިޔާގެ ދަރަންޏެއް 2016 ވަނަ އަހަރު އޮތެވެ. އެއިދާރާގެ އެ އަހަރުގެ ބަޖެޓަކީ 59 މިލިއަން ރުފިޔާ އެވެ. މި ބަޖެޓްގައި އިސްކަދޭން ނިންމީ ދަރަނި އަދާކުރުމަށެވެ. ނަމަވެސް ކުލަބުތަކަށްދޭ މާލީ އެހީ ހިމަނައިގެން މިދިޔަ އަހަރުގެ ބަޖެޓް 80 މިލިއަނަށް އޭގެ ކުރިން ބަޖެޓް 100 މިލިއަނަށްވެސް އެރި އެވެ. އަދަދު ކިތަންމެ ބޮޑަސް އެފްއޭއެމް ހަރުދަނާ ކުރުމަށް މި ފައިސާ ހޭދަކުރުމުގެ ބަދަލުގައި މިހާރު ޖެހިފައިވަނީ ކުލަބުތަކަށް ބަހާށެވެ. މި ގޮތުން ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަށް އެކަނި މި އަހަރުގެ ނިޔަކަށް 168 މިލިއަން ރުފިޔާ ދީ ނިމޭނެ އެވެ.

ކުލަބުތަކަށް ދޭ މި ފައިސާ އެފްއޭއެމުން ހޯދަން ޖެހެނީ އެކުވެރި ގައުމުތަކާއި ފީފާ އާއި އޭއެފްސީ މެދުވެރިކޮށެވެ. ސަލާން ޖަހައިގެންނެވެ. އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ މުޅި ދުނިޔެ ވަށައި ދަތުރުކުރައްވާ ބޭފުޅެއްގެ ގޮތުގައި ލޭބަލް ކުރެވުނީ މި ފައިސާ ހޯއްދަވަން ކުރި ދަތުރުތަކުންނެވެ. އެކަމަކު އޭނާ މަސައްކަތްކުރެއްވީ ކޮންމެ ގޮތެއް ހަދާފައި ވެސް ކުލަބުތަކަށްވީ ވައުދު ފުއްދެވުމަށެވެ. އޭގެ ފައިދާ ވެސް ކުރި އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ކުލަބުތަކުން ޕްރެކްޓިސް ނުފަށައި ތިބީ އެފްއޭއެމުން މިދިޔަ އަހަރު ދޭން ޖެހޭ ފައިސާ ނުދީގެންނެވެ. މިސްމެނޭޖް ކުރެވިގެންނާއި ތަފާތު ގިނަ ސަބަބުތަކާހުރެ ހަގީގަތުގައި އެފްއޭއެމް މިވަގުތު އޮތީ މާލީ އަނދަވަޅެއްގަ އެވެ. ބައްސާމް ވިދާޅުވާ ފަދައިން "އެފްއޭއެމަށް ދަތިވުމުން ކުލަބުތަކަށް ވަރަށް ދަތި ދުވަސްތައް އަންނާނެ،" އެވެ. އެކަމަކު މުޅިއަކުން އެއީ އެކަންވާންޖެހޭނެ ގޮތެއްނޫނެވެ. ކޮންމެ ކުލަބަކީ އެފްއޭއެމުން ހިންގާ ކުލަބަކަށް ވެގެންނުވާނެ އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެގައުމެއްގެ އެފްއޭއިން ހަރަދުކޮށްގެން ކުލަބުތަކެއް ނުހިންގާނެ އެވެ. ރާއްޖޭގެ އެފްއޭއިން ވެސް "ކެރިގެން،" މިކަން ބަދަލުކުރަންޖެހެ އެވެ. ނިކަން ވިސްނައި ބަލާށެވެ.

2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް 15 މިލިއަން ރުފިޔާ ލިބުނެވެ. 2022 ވަނަ އަހަރުގެ ފައިސާ އާއި މި އަހަރު ދޭނެ ތިން މިލިއަން ރުފިޔާއާއެކު ކޮންމެ ކުލަބަކަށް ޖުމުލަ 21 މިލިއަން ރުފިޔާ ލިބޭނެ އެވެ. މި ފައިސާއިން ކުރީ ކީއްހެއްޔެވެ؟ ވީ އިހުމާލޭ ބުނަން ޖާގަ ބޮޑުކޮށް އެބައޮތެވެ.

ގިނަ ކުލަބުތަކުގައި އޮފީހެއްހާ ހިސާބު ވެސް ނެތެވެ. އޮފީހެއް ހުރި ކުލަބެއްގައި ވިއްޔާ (މާޒިޔާ ފިޔަވައި) ހުރީ ނަމެއްގަ އެވެ. އެފްއޭއެމުގެ އިދާރާއިން ކުލަބުތައް ބޭރުކުރި ފަހުން ކުލަބުތަކުގެ އެޑްމިނިސްޓްރޭޝަން އޮތީ ކުރިއަށްވުރެ ވެސް ދޯދިޔާކޮށެވެ. ފުޓްބޯޅަ ސީޒަން ފަށަން ހަފުތާކަށްވީއިރު ބައެއް ކުލަބުތަކުގައި ކޯޗުންނެއްނެތެވެ. ކުޅުންތެރިން ވެސް ހަމަނުވެ އެވެ. އެކަޑަމީ ހިންގަނީ ކޮންމެވެސް ބަޔަކަށް އައުޓްސޯސްކޮށްގެންނެވެ. ކުޅުންތެރިންނަށް ތިބީ މުސާރަ ނުދެވި އެވެ. މާޒިޔާ ފިޔަވައި އެހެން ބަޔަކު ސްޕޮންސާއެއް ހޯދަން ވެސް ނޫޅެނީ އެވެ. އެކަމަކު ޔަގީންކަށަވަރު އެނގޭ ކަމަކީ 21 މިލިއަން ރުފިޔާ ހަލާސްކުރެވޭ ވަރުގެ ކަމެއް ކުލަބުތަކުން ނުކުރާކަމެވެ. އެވަރުގެ ޓީމެއް ތައްޔާރުކުރިނަމަ އެކަން ކުރި ބަޔަކަށް އޮތީ ވަރަށް ތަރުތީބުން ކަންކަން މެނޭޖްކޮށް ނަމޫނާ ދައްކަމުންދާ މާޒިޔާ އެކަންޏެވެ.

ހުރިހާ ފައިސާއެއް ކުލަބުތަކަށް "ހުސްކޮށްލާއިރު" އެފްއޭއެމް ހިންގުމަށާއި، މުވައްޒަފުންގެ މުސާރަ އާއި ރެފްރީންގެ އުޖޫރަ އާއި މަރާމާތާއި ޑިވެލޮޕްމަންޓާއި ގައުމީ ޓީމު ތައްޔާރުކުރުމަށް ވެސް މިހާރު ފައިސާނެތެވެ. މިއަށް ކިޔާނީ އިހުމާލެވެ.

ރާއްޖޭގައި މޮޅަށް ބޯޅަކުޅެ، ކޯޗުކަން ވެސްކޮށް، ކުލަބުތައް ވެސް ހިންގާފައިވާ ތަޖުރިބާކާރު ބުނީ މިއަދު "ކުލަބުތަކަށް ހީވެފައިވަނީ އެމީހުންގެ ހުރިހާ ކަމެއް ކޮށްދޭންޖެހޭ ބަޔަކީ އެފްއޭއެމް،" ކަމަށެވެ.

އެފްއޭއެމުގައި ވެސް މަސައްކަތްކޮށްފައިވާ ތަޖުރިބާކާރަކު މިއަދު ބުނީ "ހުރިހާ ވެސް މައްސަލައަކީ އެފްއޭއެމް ކުލަބުތަކުގެ ދަށުވެފައި އޮތުން،" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އެފްއޭއެމްއަށް ނުފޫޒު ފޯރުވާ އިރު އެކްސްކޯ ހިމޭނުން!

އެފްއޭއެމްއަށް ނުފޫޒު ފޯރުވާ އިރު އެކްސްކޯ ހިމޭނުން!

21 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު